‫ތަޢާރަފު‬ ‫ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ‪ 190‬ވަނަ މާއްދާއާއި‪ ،‬ޤާނޫނު‬ ‫ނަންބަރު ‪( 2006/6‬ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން‪ ،‬ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ‪5‬‬ ‫(ފަހެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ‪.‬‬ ‫ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ މަޤްޞަދަކީ އިސްލާމީ ޝަރީޢަތާއި‪ ،‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި‪،‬‬ ‫ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން‪،‬‬ ‫ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި‪ ،‬އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމާއި‪ ،‬އިންސާނީ‬ ‫ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ‪ ،‬ހިތްވަރުދިނުމެވެ‪.‬‬ ‫ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް‬ ‫ކުރިއަރުވާ ދެމެހެއްޓުމަށް މަސައްކަތްކުރާ ސަރަޙައްދީ ޖަމްޢިއްޔާއެއް ކަމުގައިވާ އޭޝީއާ ޕެސިފިކް ފޯރަމް (އޭ‪.‬ޕީ‪.‬އެފް) ގެ މެންބަރެއްގެ‬ ‫ގޮތުން ބައިވެރިވެ ހަރަކާތްތެރިވަމުންދާ މުއައްސަސާއެކެވެ‪ .‬އަދި އ‪.‬ދ‪ .‬ގެ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށް‬ ‫ޖެނީވާގައި ޤާއިމުވެފައިވާ މެކޭނިޒަމްގެ ތެރޭގައި އުފެދިފައިވާ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މުއައްސަސާތަކުގެ ގްލޯބަލް‬ ‫އެލަޔަންސް އޮފް ނެޝަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުޝަންސް (ޖީ‪.‬އޭ‪.‬އެން‪.‬އެޗް‪.‬އާރް‪.‬އައި)ގައި ހިމެނި‪ ”B“ ،‬ސްޓޭޓަސް‬ ‫ލިބިފައިވާ މުއައްސަސާއެއްވެސް މެއެވެ‪.‬‬ ‫‪ 14‬ސެޕްޓެންބަރު ‪ 2005‬ގައި ދިވެހިރާއްޖެއިން ސޮއިކުރި އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި‪ ،‬ރަޙުމްކުޑަ ލާއިންސާނީ އިހާނެތި‬ ‫ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި‪ ،‬އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ ބައިނަލްއަޤްވާމީ‬ ‫މުޢާހަދާގެ ދަށުން އެކުލަވާލާފައިވާ އިޚްތިޔާރީ މުޢާހަދާ‪ ،‬އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް)‬ ‫ގައި ބައިވެރިވެފައިވާ ދައުލަތްތަކުން އެ ދައުލަތެއްގެ ބާރު ހިނގާ ސަރަޙައްދެއްގައި އަނިޔާވެރި‪ ،‬ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ‬ ‫ޢަމަލުތައް ހުއްޓުވުމަށް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން‪.‬ޕީ‪.‬އެމް) އެއް ޤާއިމުކުރުމަށް ލާޒިމުކުރެއެވެ‪ .‬އެގޮތުން‪ ،‬ދިވެހިރާއްޖޭގެ‬ ‫އެން‪.‬ޕީ‪.‬އެމް‪.‬އަކީ ދިވެހިރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަން ކަމުގައި ‪ 2007‬ޑިސެންބަރުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން‬ ‫ހަމަޖައްސަވާފައިވެއެވެ‪ .‬އެގޮތުން‪ 2008 ،‬ވަނަ އަހަރުގެ އެޕްރީލް މަހުގެ ‪ 28‬ވަނަ ދުވަހުން ފެށިގެން މި ކޮމިޝަނުގެ ފަރާތުން އެން‪.‬‬ ‫ޕީ‪.‬އެމް‪.‬ގެ މަސައްކަތް ވަނީ ފަށާފައެވެ‪ .‬މީގެއިތުރުން‪ ،‬ޤާނޫނު ނަންބަރު ‪( 2013/13‬އެންޓި ޓޯޗަރ ޤާނޫނު) ގެ ‪ 44‬ވަނަ މާއްދާގެ‬ ‫(ނ) ގައިވާ ފަދައިން ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމަކީ ހިޔުމަން ރައިޓްސް ކޮމިޝަން ކަމުގައި ކަނޑައަޅާފައިވެއެވެ‪.‬‬ ‫ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު ‪ 2‬ވަނަ އިޞްލާޙުގެ ދަށުން‪ ،‬ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ‪20‬‬ ‫ވަނަ މާއްދާގެ (ތ) ގައި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި މޮނިޓަރކޮށް‪ ،‬އެ މާއްދާގައި ބަޔާންކޮށްފައިވާ‬ ‫ކަންކަމުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ޝާއިޢުކުރުމަށް ހިޔުމަން ރައިޓްސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ވަނީ‬ ‫ހިމަނާފައެވެ‪ .‬އެހެންކަމުން މި ރިޕޯޓަކީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ‪ 20‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ‬ ‫މައްޗަށް އެކުލަވާލާ ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ‪ .‬މި ރިޕޯޓުގައި ހިމަނާފައިވާނީ ‪ 31‬ޖުލައި ‪ 2020‬އިން ‪ 30‬ސެޕްޓެންބަރު ‪2021‬‬ ‫ގެ ނިޔަލަށް ފާހަގަކުރެވުނު ކަންކަމެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪5‬‬

Select target paragraph3