.7ބޯހިޔާވަހިކަން
ޤާނޫނު އަސާސީގެ 23ވަނަ މާއްދާގެ (ށ)ގައި
ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްޤެއްކަމާއި،
ދައުލަތުން އެ ޙައްޤު ރައްޔިތުންނަށް ހޯދައިދިނުމަށް
މަސައްކަތްކުރުމަށް ލާޒިމްކޮށްފައިވެއެވެ.
ކޮންމެ މީހަކަށްވެސް ،އެމީހަކަށާއި އެމީހެއްގެ ޢާއިލާއަށް
އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވާކަމާއި
މީގެ ތެރޭގައި އެކަށީގެންވާ ފެންވަރެއްގެ ދިރިއުޅޭނެތަނަކާއި،
ކެއުމާއި އަންނައުނު ލިބުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި
ދިރިއުޅުމުގެ ފެންވަރު ރަގަޅުކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި
ހުންނަންވާނެކަމާއި މިޙައްޤު ހޯދައިދިނުމުގައި ރުހުމުގެ މައްޗަށް
ބިނާވެފައިވާ ބައިނަލްއަޤްވާމީ އެހީތެރިކަމުގެ މުހިންމު ކަން
ދެނެތިބެ ،މި ޙައްޤު ހޯދައިދިނުމަށް އަޅަންޖެހޭ އެކަށީގެންވާ
ފިޔަވަޅުތައް ޤައުމުތަކުން އަޅަންވާނޭކަމަށް އިޤްތިޞާދީ،
އިޖްތިމާޢީ އަދި ޡަޤާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ
މުޢާހަދާ (އައި.ސީ.އެސް.ސީ.އާރް) ގެ 11ވަނަ މާއްދާގައި
ބަޔާންކޮށްފައިވެއެވެ .ރާއްޖެއިން ވަނީ 19ސެޕްޓެންބަރު
2006ގައި އައި.ސީ.އެސް.ސީ.އާރް ތަސްދީގުކޮށްފައިއެވެ.
148.ސެންޓްރަލައިޒްޑް ނިޒާމެއްގެ ދަށުން ގައުމު ކުރިއަރުވައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް މާލޭގައި ކުރިއަށް ގެންދިއުމުގެ
ސަބަބުން ރާއްޖޭގެ އާބާދީގެ 47%ދިރިއުޅެނީ މާލޭގައިކަމާއި މާލެ ތޮއްޖެހިފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން
ތައްޔާރުކޮށްފައިވާ ހައުސްހޯލްޑް އެންޑް އިންކަމް އެންޑް އެކްޕެންޑިޗަރ ސަރވޭ 2019ފާހަގަކުރެވެއެވެ.
200
149.މާލެއަށް ދިރިއުޅުން ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ ތަޢުލީމު ހާސިލް ކުރުމާއި ،އާމްދަނީ ހޯދުމާއި ވަޒީފާ
އަދާކުރުމަށާއި ޞިއްޙީ ފަރުވާއަށްކަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ޝާއިޢުކޮށްފައިވާ ކޮމްޕްރިހެންސިވް ހައުސިންގ
މާރކެޓް ސްޓަޑީ ފޯ ދި ގްރޭޓަރ މާލެ ރީޖަން ،މި ދިރާސާއިން ފާހަގަކުރެވެއެވެ.
201
150.ހައުސްހޯލްޑް އިންކަމް އެންޑް އެކްޕެންޑިޗަރ ސަރވޭ 2019އިން ދައްކާ ގޮތުން މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ
ފަރާތްތަކުން ބޯހިޔާވަހިކަން ހޯދަނީ ޕްރައިވެޓް ހައުސިނގް މައްޗަށް ބަރޯސާވެގެންކަމާއި ،މާލޭގައި ޕްރައިވެޓް ހައުސިންގް
އަގުބޮޑުކަން ފާހަގަކުރެވިފައިވެއެވެ .އެގޮތުން މާލޭގެ އާބާދީގެ 74%އުޅެނީ ކުއްޔަށް ކަން މިސާރވޭގައި ފާހަގަ ކޮށްފައިވެއެވެ.
202ލިބޭ އާމްދަނީއާ ބަލާފައި ގޭގެއަށް ދައްކަންޖެހޭ ކުލިބޮޑުކަމާއި ގޭބީސީއަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40%ދަނީ ކުލި
ދައްކަން ކަމަށާއި އެހެންކަމުން ޢާއްމު ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާފަށުގައި ނުލިބޭކަން ފާހަގަކުރެވުނެވެ.
203
އެވްރެޖްކޮށް
ލިބޭ އާމްދަނީއާ އަޅާބަލާފައި ސޯޝަލް ހައުސިންގ އަގުބޮޑުކަން ފާހަގަކުރެވުނެވެ.
151.ގޭބީސީތަކުގެ ކުލީގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ .އެގޮތުން މުޅިރާއްޖޭގެ ގޭބީސީތަކަށް ބަލާއިރުމަހު
ކުލީގެ ގޮތުގައި ގޭބީސީތަކުން އެވަރެޖްކޮށް 12،683ރުފިޔާ ޚަރަދުކުރެއެވެ.
204
އަދި މާލެ އާއި އަތޮޅުތަކަށް މިއަދަދު ބަލާލާއިރު،
އެވަރެޖްކޮށް މާލޭގައި ދިރިއުޅޭ ގޭބީސީތަކުން ކުލީގެ ގޮތުގައި މަހަކު 13،494ރުފިޔާ ދައްކާއިރު އަތޮޅު ތެރޭގައި އެވްރެޖް
މަހުކުއްޔަކީ 2،668އެވެ.
205
ގްރޭޓަރ މާލެ ސަރަހައްދުގެ އެއްކޮޓަރީގެ އެޕާޓްމެންޓެއްގެ ކުލީގެ އަގަކީ 9،900ކަމުގައިވާއިރު
މުޅިރާއްޖޭގެ ނިސްބަތުން މިއަދަދު އުޅޭނީ 8،200ރުފިޔާގައެވެ.
206
އަދި މާލެ އޭރިއާގައި 2ކޮޓަރީގެ ތަނެއްގެ އެވްރެޖް ކުއްޔަކީ
14،388ރުފިޔާ ކަމުގައިވާއިރު އަތޮޅުތެރޭގައި މިއަދަދަކީ 2،765ރުފިޔާއެވެ .ކޮޓަރީގެ އަދަދު ގިނަވަމުންދާ ވަރަކަށް ކުލިދަނީ
އަގުބޮޑުވަމުންނެވެ.
207
ގްރޭޓަރ މާލޭ އޭރިއާގެ ގޭބީސީއަކަށް ލިބޭ އެވްރެޖް އާމްދަނީ 25،000އާއި 50،000އާއި ދެމެދުގައި
އުޅޭއިރު އަތޮޅުތަކުގައި އެވްރެޖް އާމްދަނީ އުޅެނީ 15،000އާއި 25،000އާއި ދެމެދުއެވެ.
152.ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގައި ދަތިކަން ހުރިކަން ފާހަގަކުރެވުނެވެ .އަދި ސަރުކާރުން ގިނަ ރަށްރަށުގައި ގެދޮރު
ބިނާކުރުމަށް ބިންދޫކުރުން ހުއްޓާލާފައިވާކަމާއި އެތައް ޢާއިލާއަކުން އެއް ގެއެއްގައި ދިރިއުޅެމުން ދާކަން ފާހަގަކުރެވިފައިވެއެވެ.
208
153.ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ލިބިފައިހުންނަ ފްލެޓްތަކުގައި ދިރިއުޅެނީ ފްލެޓް ލިބުނު ފަރާތުން ނޫންކަމުގައާއި
މިފަދަ ފްލެޓްތައްވަނީ މީޑިއަމް ނޫނީ އަޕަރއެންޑް ހައުސިންގގެ ގޮތުގައި ކުއްޔަށް ދީފައިކަން ފާހަގަކުރެވުނެވެ.
48
209
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ