މާލެ އައުމަށް މަޖުބޫރުވެއެވެ .އަދި މިކަމުގައި ދަތުރުފަތުރާއި ،ހުރުމާއި ،ކެއުމަށް އިތުރު ޚަރަދުތަކެއް ހޭދަވެގެންދެއެވެ.
179
132.މާލޭގެ ރެފަރަލް ހޮސްޕިޓަލާ އަޅާބަލާއިރު ރަށު ހޮސްޕިޓަލްތަކުންނާއި އަތޮޅު ހޮސްޕިޓަލްތަކުން އެކަށީގެންވާ ޞިއްޙީ
ޚިދުމަތްތައް ލިބެން ނެތުމުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ބޭސްފަރުވާގެ ކަންކަމުގައި މާލެ އަންނަންޖެހެއެވެ.
180
133.ދައުލަތުގެ އިޖްތިމާޢީ ޞިއްޙީ ނިޒާމު އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމަށް
ޓިކެޓް ލިބެއެވެ .އެހެންނަމަވެސް ،އަތޮޅުތެރެއިން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން މާލޭގެ ރެފަރަލް
ހޮސްޕިޓަލަށްކުރާ ދަތުރުތަކަށް ޓިކެޓެއް ނުލިބެއެވެ .މިކަމުގެ ސަބަބުން މާލީގޮތުން ތަނަވަސްކަން ނެތް ޢާއިލާތަކަށް އުފުލަންޖެހޭ
ތަކުލީފު ބޮޑުކަން ފާހަގަވެފައިވެއެވެ.
181
134.ސައިކޮލޮޖީ ޚިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ފުޅާކުރެވިފައިވީނަމަސް ،އަމިއްލަ ފަރާތްތަކުގެ
ތެރެއިން އާސަންދަ ބަލައިގަންނަ ތަންތަން އަދިވެސް މަދުކަން ފާހަގަކުރެވެއެވެ.
182
135.ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންއައި
ނަމަވެސް،
އެކަށީގެންވާ ޞިއްޙީ ފަރުވާ،
މީގެ ތެރޭގައި އުފަންވަނިވި ޞިއްޙަތާގުޅޭ ޚިދުމަތްތައް ލިބުމުގައި ގޮންޖެހުންތައް
ބޮޑެވެ .ޚާއްޞަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް މި ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެން ނުހުރެއެވެ .އަތޮޅުތެރޭގެ
ރަށްރަށުގައި ކޮންމެވެސް ވަރަކަށް އަސާސީ ޚިދުމަތްތައް ލިބެންހުރިނަމަވެސް ،ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ،ޞިއްޙީ
ފަރުވާއަށާއި ،ޓެސްޓްތަކަށް ބޭނުންވާ މެޝިންފަދަ ތަކެތީގެ ޚިދުމަތްތައް ލިބެންނެތްކަން ފާހަގަކުރެވިފައިވެއެވެ.
183
136.އުފަންވަނިވި ޞިއްޙަތާ ޢާއިލާ ބިނާކުރުމުގެ މަޢުލޫމާތާއި ވަޞީލަތްތައް ޒުވާނުންނަށް ލިބޭނެ ނިޒާމެއް ޤާއިމުކުރެވިފައިނުވެއެވެ.
ޒުވާން ކުދިންނަށް އުފަންފަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު މުހިއްމުކަމަށް ބެލެނިވެރިން ގަބޫލުކުރިނަމަވެސް ،ޢުމުރާ އެކަށޭނަ
އުފަންވަނިވި ޞިއްޙަތުގެ މަޢުލޫމާތު ސްކޫލްތަކުގައި ފޯރުކޮށްނުދެވެއެވެ.
184
އަދި އުފަންވަނިވި ޞިއްޙަތާގުޅިގެން ލިބެންހުރި
ޚިދުމަތްތަކުގެ މަޢުލޫމާތު އާންމުންނަށް އެނގިފައިވާ މިންވަރު ކުޑަކަން ފާހަގަކުރެވެއެވެ.
185
137.ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް އަތޮޅުތެރެއިން ލިބެން ނެތުމުގެ ސަބަބުން އެ ޚިދުމަތްތައް
ހޯދުމަށް މާލެއަށް ހިޖުރަކުރަންޖެހެއެވެ.
186
2018138.ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފައިވާ ‘މޯލްޑިވްސް ޑެމޮގްރެފިކް ހެލްތް ސަރވޭ’ އިން ދައްކާގޮތުން
15އަހަރާއި 49އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 13%މީހުންވަނީ ޚިތާނު ކުރެވިފައެވެ .އަންހެނުން ހިތާނަކުރެވިފައިވާ
ނިސްބަތް ޒަމާނާއެކު މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ .އެގޮތުން ،އަންހެނުންގެ ތެރެއިން 45އަހަރާއި 49އަހަރާ
ދެމެދުގެ މީހުންގެ ތެރެއިން 38%މީހުން ޚިތާނަ ކުރެވިފައިވާއިރު 15 ،އަހަރާ 19އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން
ޚިތާނުކޮށްފައިވަނީ 1%މީހުންނެވެ .ޚިތާނަކުރެވިފައިވާ އަންހެނުންގެ ތެރެއިން 10%މީހުން ގަބޫލުކުރާ ގޮތުގައި އިސްލާމް
ދީނުގައި އަންހެނުން ޚިތާނަކުރުމަކީ ކުރަންޖެހޭކަމެވެ.
187
ނަފުރަތު ރައްދުވެދާނެކަމުގެ ބިރުގައި އަންހެނުން ޚިތާނުކުރުމުގެ
މައްސަލައާގުޅިގެން އެކަށީގެންވާ ފެންވަރެއްގައި މަޝްވަރާ ނުކުރެވޭކަން ފާހަގަކުރެވެއެވެ.
188
139.ކޯވިޑް19-އާ ގުޅިގެން ކޮމިޝަނުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެއްކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި ،ކޯވިޑް19-
ގެ ލޮކްޑައުންގެ ހާލަތުގައި އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތް ނުލިބުމާއި ،ބަލިވެއިނުމާ ގުޅިގެން ލިބެންޖެހޭ ޚިދުމަތް
ނުލިބުމުގެ ގިނަ މައްސަލަތަކާއި ،ކޯވިޑް19-އާ ގުޅުން ނެތް އެހެނިހެން ބަލިތަކުގައި ޑޮކްޓަރުންނަށް ދެއްކުމާއި ބޭނުންވާ
ޓެސްޓްތައް ހެދުމާއި އަދި ބޭސް ހޯދުމުގައި ޢާންމުންނަށް ދަތިތައް ދިމާވެފައި ވާކަން ފާހަގަކުރެވުނެވެ.
189
ބަލިވެ އިނުމާއި ވިހެއުމާ
ގުޅިގެން ލިބެންޖެހޭ ޚިދުމަތްތައް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ރާއްޖޭގެ ދެ އަތޮޅަކުން މިމުއްދަތުގެ ތެރޭގައި
މަންމަގެ ބަނޑަށް 2ކުދިން ނިޔާވެފައިވާކަމާއި ،އަދި ގައިނަކޮލޮޖިސްޓުގެ ކޮންސަލްޓޭޝަން ކޮންމެހެން ބޭނުންވާ ޙާލަތުގައި
ބައެއް ފަރާތްތަކަށް އެ ޚިދުމަތްތައް ލިބިފައި ނުވާކަން ފާހަގަކުރެވުނެވެ.
190
140.ކޯވިޑް19-ލޮކްޑައުންގެ ދުވަސްވަރުގައި ،އޮންލައިންކޮށް ޚިދުމަތްދޭ ތަންތަނުގެ ނަންބަރުތަކާއި ،އޮންލައިންކޮށް ޑޮކްޓަރަށް
46
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ