64.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު އިޞްލާޙުކުރުމުގެ
މަސައްކަތް ކުރެވިފައިވެއެވެ .ބައެއް މަދަނީ ޖަމްޢިއްޔާތަކުން ޤާނުނަށް ހުށަހަޅަންފެންނަ އިޞްލާޙުތަކުގެ ބިލަށް ކޮމެންޓްކޮށް
ރައްޔިތުންގެ މަޖިލީހާ ޙިއްޞާ ކުރެވިފައިވީނަމަވެސް ޤާނޫނު އިޞްލާޙުކުރުމުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް
ނުގެންދެވޭކަން ފާހަގަކުރެވިފައިވެއެވެ.
76
65.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު،
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ދައުލަތުގެ ބެލުމުގެ ދަށުގައި އަދި ރެޒިޑެންޝަލް ކެއަރ ސެންޓަރުތަކުގައި ތިބޭ
މީހުންގެ ފަރުވާ ނިމުމަށްފަހު ޢާއިލާއިން ޙަވާލުނުވާ ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިން ޒިންމާދާރުކުރުމަށްޓަކައި
ޢަމަލުކުރާނެ އިޖުރާއަތްތަކެއް މި ޤާނޫނުގައި ހިމަނާފައިނުވާތީ އާއި ،ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މައިންބަފައިންނާއި
ބެލެނިވެރިންގެ ޒިންމާތަކާއި އެ ޒިންމާތައް ބަޔާންކޮށް ،އެ ޒިންމާތައް އަދާކުރާކަން މޮނިޓަރކުރެވޭނެ ގޮތެއް ބަޔާންކޮށްފައި ނުވާތީ
މި ކަންކަމާގުޅޭ އުޞޫލުތައް މި ޤާނޫނުގައި ބަޔާންކުރުމަށް ހުށަހަޅާފައިވާނެއެވެ .މީގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި
ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމާއި ،ނަފްސާނީ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރެޒިޑެންޝަލް ކެއަރ ދިނުމަށް ޚާއްޞަ މަރުކަޒެއް ޤާއިމްކުރުމަށް ލާޒިމްކޮށްފައި ނުވާތީ
މިފަދަ މަރުކަޒުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ( 1އެކެއް) އަހަރުތެރޭގައި ޤާއިމްކުރުމަށް އިޞްލާޙު ހުށަހަޅައި ،މި ޤާނޫނު
ރިވިއުކުރުމަށްފަހު ޖުމްލަ 50އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް 25މާރިޗު 2021ގައި ކަމާގުޅުންހުރި އިދާރާތަކާ
ވަނީ ޙިއްޞާކުރެވިފައެވެ.
66.ނުކުޅެދުންތެރިކަންހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން
ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުވަމުންދާ މިންވަރު ބަލައި ،އެ ކަންކަން
ހިންގުމަށްޓަކައި “ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް” ގެ ނަމުގައި ކައުންސިލެއް
އުފައްދައިފައިވެއެވެ .ކައުންސިލް އެކުލެވިގެންވަނީ ތަފާތު ދާއިރާތަކުން އައްޔަންކުރެވޭ 7މެންބަރުންގެ މައްޗަށެވެ .އެއީ
ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރަކާއި ،ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭ އެންމެހައި ސިޔާސަތުތައް
ކަނޑައެޅުމަށް ސަރުކާރުން ކަނޑައަޅައިފައިވާ މިނިސްޓްރީއިން މެމްބަރަކާއި ،ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ
ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި ،ނަފްސާނީ ބަލިތަކާބެހޭ ޑޮކްޓަރުންގެ ތެރެއިން ،އެމީހުން އިންތިޚާބުކުރާ
މެންބަރަކާއި ،ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ ޚިދުމަތްދޭ މަދަނީ
ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަތަކާއި ،ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކާއި،
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރެކެވެ.
77
67.ޢާންމު ގޮތެއްގައި ޑިސެބިލިޓީ ކައުންސިލް ހިނގަމުންދާ ދައުރު ހަމަވުމުގެ ކުރިން ދެންއޮންނަ ދައުރަކަށް މެންބަރުން ޢައްޔަންކުރެވުނު
ނަމަވެސް 2020 ،ވަނަ އަހަރު ޑިސެންބަރު މަހަށް ކައުންސިލުގެ ދައުރު ހަމަވެފައިވީނަމަވެސް 2021ވަނަ އަހަރުގެ ޖޫން މަހާ
ހަމައަށް އައިއިރުވެސް އައު ދައުރަކަށް މެންބަރުން ޢައްޔަން ކުރެވިފައިނުވާކަން ފާހަގަކުރެވިފައިވެއެވެ.
32
78
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ