‫ ‪60.‬ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ‪ 8‬ވަނަ މާއްދާގެ (ހ)ގައި‪ ،‬ދައުލަތުގެ އިދާރާތަކުންނާއި‪ ،‬ޝަރުޢީ‬ ‫ކޯޓުތަކުންނާއި‪ ،‬ރައްޔިތުންގެ މަޖިލީހުންނާއި‪ ،‬އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުން އަދި‬ ‫ބެލެނިވެރިން ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ‪ ،‬އެކުއްޖާގެ މަސްލަޙަތު ހިމާޔަތްކުރުމަށްކަމަށް‬ ‫ބަޔާންކޮށްފައިވެއެވެ‪ .‬އާއިލާއާބެހޭ ޤާނޫނުގެ ‪ 42‬ވަނަ މާއްދާގެ (ހ)ގައި ޙަޟާނަތު ހަވާލުކޮށްފައިވާ މީހާއަކީ‪ ،‬ކުއްޖާގެ‬ ‫މަންމަކަމަށްވާނަމަ‪ ،‬އެ މަންމަ‪ ،‬ކުއްޖާގެ މަޙްރަމަކާ ނޫން ފިރިހެނަކާ ކާވެނިކުރުމަކީ ޙަޟާނަތުގެ ޙައްޤު ގެއްލޭނެ ސަބަބެއްކަމަށް‬ ‫ބަޔާންކޮށްފައިވެއެވެ‪ 69.‬އާއިލާއާބެހޭ ޤާނޫނުގެ އިސްވެދެންނެވި މާއްދާގައި މިފަދައިން ބަޔާންކޮށްފައިވާތީ‪ ،‬ކުއްޖާގެ ލާބައާއި މަންފާއަށް‬ ‫އެންމެ ރަނގަޅު ގޮތަކީ ކުއްޖާގެ މަންމަ ގާތުގައި ހުރުން ކަމުގައިވާ ޙާލަތްތަކުގައިވެސް‪ ،‬ކުއްޖާގެ މަންމައަށް ކުއްޖާގެ ޙަޟާނަތު‬ ‫ގެއްލުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވެއެވެ‪ .‬ކަންމިހެން އޮތުމުގެ ސަބަބުން‪ ،‬ޙަޟާނަތުގެ މުއްދަތުގައި ކުއްޖާގެ މަންމަ‬ ‫އާއިލާއެއް ބިނާކުރަން ބޭނުންވާ ޙާލަތުގައިވެސް‪ ،‬ކުއްޖާގެ ޙަޟާނަތު ގެއްލިދާނެކަމުގެ ބިރުއޮތުމުން‪ ،‬އާއިލާއެއް ބިނާކުރުމުގެ‬ ‫ޙައްޤުން އެފަދަ ފަރާތްތައް މަޙުރޫމްވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ ‪61.‬ނަސަބު ސާބިތުކުރުން (ޑެކްލެރޭޝަން އޮފް ޕެޓަރނިޓީ)އާ ގުޅޭގޮތުން އެވަރެޖްކޮށް ‪ 23‬މައްސަލަ ޝަރުޢީ ކޯޓުތަކަށް ހުށަހެޅެއެވެ‪.‬‬ ‫ކޯޓުތަކުގައި ‘ޑީއެންއޭ’ ގަރީނާގެ ގޮތުގައި ބަލައިގަނެވުނު ނަމަވެސް‪ ،‬ސައިންޓިފިކް ހެކި ބޭނުންކުރުމުގައި ޤާނޫނީގޮތުން ޢަމަލުކުރާ‬ ‫މިންގަނޑުތަކާ ގުޅިގެން‪ ،‬ކުދިންގެ ނަސަބު ސާބިތުކުރުމަށް ‘ޑީއެންއޭ’ ބަލައިނުގަނެވެއެވެ‪.‬‬ ‫‪70‬‬ ‫ ‪62.‬ކައިވެނިކުރުމާއި ޢާއިލާ ބިނާކުރުމުގެ ޙައްޤާއި ގުޅުންހުރި ‪ 7‬މައްސަލަ މި ކޮމިޝަނަށް ހުށައަޅާފައިވެއެވެ‪ .‬ޢާއިލާ ބިނާކުރުމާއި‬ ‫ކައިވެނި ކުރުމުގެ ޙައްޤަށް ބަލާއިރު‪ ،‬ދެފަރާތުގެ ޢާއިލާގެ ސަބަބުން ނުވަތަ ވަލީވެރިޔާގެ ސަބަބުން ނުވަތަ ޝަރުޢީ މަރުޙަލާގައި‬ ‫ޢާއިލާ ބިނާކުރުމަށް ހުރި ދަތިތަކުގެ ސަބަބުން ކޮމިޝަނަށް މައްސަލަ ހުށައެޅެއެވެ‪ .‬ހަމައެހެންމެ‪ ،‬މަންމައާ ބައްޕަ ވަރިވުމުގެ‬ ‫ސަބަބުން ކުއްޖާގެ ޙަޟާނަތާއި ކުއްޖާގެ ބަދަލުވެރިކަން ހޯދުމާމެދު ދެފަރާތުގެ އާއިލާގެ މެދުގައި އުފެދޭ ހިތްހަމަނުޖެހުމުގެ‬ ‫ސަބަބުން އާއިލާ ބިނާކުރުމުގެ ޙައްޤުތަކަށް އަސަރުކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ ‪63.‬ޝަރީއަތް ނިމެންދެން ވާނުވާ ބަންދުގައި ހުރި ފަރާތެއް ބަންދުގައި ހުރިކަމުގައި ވީނަމަވެސް ކައިވެނި ކުރަން އެދޭކަމަށް ބުނާ‬ ‫މައްސަލައަކީ ގުޅިގެން ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވަނީ ‪ 2015‬ވަނައަހަރުން ފެށިގެން ޖަލުގައި ތިބޭ ފަރާތްތައް‬ ‫ކައިވެނި ކުރުމާއި ގުޅޭ ޤަވާޢިދު އެކުލަވާލުމުގެ މަސައްކަތްކުރަމުން ގެންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން‬ ‫މަޢުލޫމާތު ޙިއްސާކޮށްފައިވާކަމެވެ‪.‬‬ ‫އެހެންނަމަވެސް‪ 2015 ،‬އިން ފެށިގެން މިހާތަނަށް ޤަވާޢިދު އެކުލަވާލެވިފައިނުވާކަން‬ ‫ފާހަގަކުރެވެއެވެ‪.‬‬ ‫‪30‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3