5.1.10ކޯ ވި ޑް 19ހާ ލަ ތާ ގު ޅިގެ ން ކޮ މިޝަ ނު ގެ ތަ ހު ޤީޤީ ދާ އި ރާ އި ން ކޮ ށްފައި ވާ
މަ ސަ އް ކަ ތް ތަ އް
5.1.10.1
މައްސަލަ ތަ ޙްޤީޤުކުރުން
ކޯވިޑް -19ހާލަތާ ގުޅިގެން ،ޤައުމުގެ އެކިކަންކަމަށް ގެނެވުނު
ކުއްލި ބަދަލުތަކާއެކު އިންސާނީ ޙައްޤު ގެއްލިގެންކަމަށްބުނެ
2020ވަނަ އަހަރު ޖުމްލަ 119މައްސަލަ ހުށަހަޅާފައިވާއިރު،
އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ އިގްތިޞާދީ
އިޖްތިމާއީ ޙައްޤުތަކާ ގުޅޭގޮތުންނެވެ .މީގެ ތެރެއިން 61
މައްސަލައެއްގެ ތަޙްޤީޤު 2020ވަނަ އަހަރު ތެރޭގައި
ނިންމާފައިވާއިރު ،އޭގެތެރެއިން 34މައްސަލަ ނިންމާފައިވަނީ
މައްސަލަ ޙައްލުވެފައިވާތީއެވެ.ވ
25
•
5.1.10.2ކޮމިޝަ ނުގެ ހިލޭ ގުޅޭ ނަންބަރު 1424މެދުވެރިކޮށް ފޯރުކޮށްދީފައިވާ ޙިދުމަތް
ކޯވިޑް -19ހާލަތާ ގުޅިގެން ،ޤައުމުގެ އެކިކަންކަމަށް ގެނެވުނު ކުއްލި ބަދަލުތަކާއެކު އިންސާނީ ޙައްޤު ެމާލެ ސަރަހައްދު
ފުރަބަންދުކޮށްފައިވާ ހާލަތުގައި ކެއިންބުއިމަށް ދަތިވެގެންނާއި ،ގޭގެ ކުލި ނުދެއްކި މަގުމަތިވުމުގެ ސަބަބުން ނުވަތަ މަގުމަތިވާ
ހާލު މެދުވެރިވެފައިވާ ފަރާތްތަކާއި ،ވަޒީފާ ގެއްލުމުގެ ސަބަބުން އަސާސީ ބޭނުންތައް ފުއްދުމަށް މާލީ ހާލަތު ދަށްވެފައިވާ
ފަރާތްތަކާއި ،ބޭސްފަރުވާއަށާއި އެހެނި��ެން ސަބަބުތަކާހުރެ އަތޮޅުތަކުން މާލެ އައިސް މި މުއްދަތުގައި އެނބުރި ރަށަށް ނުދެވިވާ
ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމަށާއި ،އެނބުރި ރަށަށް ދަތުރުކުރުމަށްޓަކައި ގާއިމްކޮށްފައިވާ އުސޫލުތަކުގެ ތެރެއިން
އެކަން ކުރުމަށް ދަތިވެފައިވާ ހާލަތްތަކާ ގުޅިގެން ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1424އަށް ގުޅާ ހުށަހަޅާފައިވާ
މައްސަލަތަކުގައި ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކާ ގުޅިގެން ދުވަހުން ދުވަހަށް އައިސްފައިވާ މައްސަލަތައް ހައްލުކޮށް،
މައްސަލަތަކުގައި ޢަމަލުކުރަންވީ ގޮތާއި އެ ހާލަތުގައި ގާއިމްކޮށްފައިވާ އެހީތެރިކަން ދިނުމުގެ ހެލްޕްލައިންތަކުގެ މަޢުލޫމާތު
ޢާއްމުންނަށް ހިއްސާކޮށްފައިވެއެވެ.ވ
•
26