‫ލބިދީފައިވުމާއި‪ ،‬މި ޙައްޤު ބޭނުންކުރުމުގައި ޢަމަލުކުރަންވާނެ ގޮތާއި‪ ،‬ޞުލްޙަވެރި އެއްވުމެއްގައި ބައިވެރިވާ ފަރާތްތަކާއި‬ ‫ި‬ ‫އެފަދަ އެއްވުންތައް އިންތިޒާމްކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކާއި އެފަރާތްތަކުގެ ޒިންމާތައް އަދި ދައުލަތުގެ އިދާރާތަކުގެ‬ ‫ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ މަޢުލޫމާތު ހިމަނާފައިވާނެއެވެ‪ .‬މީގެ އިތުރުން‪ ،‬އެ ލީގަލް ބްރީފްގައި‪ ،‬ބައިނަލްއަޤްވާމީ އިންސާނީ‬ ‫ޙައްޤުތަކުގެ ޤާނޫނުތަކާއި އެހެނިހެން ބައެއް ދީމިޤްރާޠީ ޤައުމުތަކުގައި އަސާސީ ޙައްޤެއްގެ ގޮތުގައި މި ޙައްޤު ލިބިދީފައިވާ‬ ‫ގޮތުގެމައްޗަށް ޙުލާޞާގޮތެއްގައި ބަލާލުމާއެކު‪ ،‬އެއްވެ އުޅުމުގެ ޙައްޤު އިތުރަށް ތަފްޞީލުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ޤާނޫނު‬ ‫ނަންބަރު ‪( 1/2013‬ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި‪ 2016 ،‬ވަނަ އަހަރު މި ޤާނޫނަށް‬ ‫ގެނެވުނު އިޞްލާޙުގެ މައްޗަށް ތަފްޞީލު ކޮށްފައިވުމާއެކު‪ ،‬އެ ލީގަލް ބްރީފުގައި ކޯވިޑް‪ 19-‬ފަދަ ޞިއްޙީ ކުއްލި ނުރައްކަލުގެ‬ ‫ޙާލަތްކުގައި އެއްވެ އުޅުމުގެ ޙައްޤު ކަށަވަރުކުރުމުގައި ޢަމަލުކުރަންޖެހޭ ހަމަތަކާ ގުޅޭ މަޢުލޫމާތުވެސް ހިމަނާފައިވާނެއެވެ‪.‬‬ ‫‪308‬‬ ‫މީގެ‬ ‫އިތުރުން ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމަކީ ދިމިޤްރާޠީ ނިޒާމެއްގެ އެންމެ އަސާސީ އެއް ސިފަކަމަށް ވުމާއެކު‪،‬‬ ‫ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރުތަކުގައިވެސް‪ ،‬ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަކީ‪ ،‬ދިވެހިރާއްޖޭގެ‬ ‫ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިންނާއި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ‬ ‫މުއާހަދާގެ ދަށުން ދައުލަތުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަމެއްކަން މި ލީގަލް ބްރީފްގައި ފާހަގަކޮށްފައިވާނެއެވެ‪.‬‬ ‫ ‪203.‬ޔޫ‪.‬އެސް ޑިޕާޓްމަންޓް އޮފް ސްޓޭޓްގެ މޯލްޑިވްސް ހިއުމަން ރައިޓްސް ރިޕޯޓު ‪ 2020‬ގައި ބަޔާންކޮށްފައިވާ ގޮތުގައި‬ ‫ދިވެހިރާއްޖޭގެ ބައެއް ޞިނާޢަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެއްވެއުޅުމުގެ މިނިވަންކަން ވަނީ ހަނިކޮށްފައެވެ‪.‬‬ ‫މީގެ ތެރޭގައި ޞިއްޙީ ދާއިރާގެ މުވައްޒަފުންނާއި‪ ،‬އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި‪ ،‬އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު‬ ‫ޞިނާޢަތުކަމުގައިވާ ޓުއަރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އެއްވެއުޅުމުގެ މިނިވަންކަން ހަނިކޮށްފައިވާކަން‬ ‫ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪309‬‬ ‫ ‪204.‬މުޒާހަރާގެ ކަންކަން ކުރިއަށްގެންދަނީ އެއްވުމުގެ އެންމެހާ ބައިވެރިންގެ އިންސާނީ ޙައްޤަކަށް އުނިކަން ނާންނާނޭ ފަދައިން‬ ‫ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާގޮތްވާ ގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި ކޮމިޝަނުން ‘ޕްރޮޓެސްޓް މޮނިޓަރ’ ކުރުމުގެ‬ ‫މަސައްކަތް ވާނީ ކުރެވިފައެވެ‪.‬‬ ‫އެގޮތުން‪ ،‬ހުޅުމާލޭ ދަނބުގަސްމަގާއި ސައިމާ މަގުގައި އައިލެންޑް އެކްސްޕާޓަށް ނިސްބަތްވާ‬ ‫ބިދޭސީ މަސައްކަތްތެރިން ‪ 2020‬ޖުލައި ‪ 13‬ވަނަ ދުވަހު‪ ،‬އެ މީހުންނަށް ‪ 7‬މަސްދުވަހުގެ މުސާރައާ ޢިނާޔަތްތައް ނުލިބޭކަމަށް‬ ‫ބުނެ ވަނީ މުޒާހަރާކޮށްފައެވެ‪ .‬މި މުޒާހަރާގައި ހަރަކާތްތެރިވި ފުލުހުންނަށް އެކި ވަރުގެ އަނިޔާ ލިބި އާންމުންގެ މުދަލަށް‬ ‫ގެއްލުން ލިބިފައިވާކަމާއި‪ ،‬މި މުޒާހަރާ ކޮންޓްރޯލްކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ޙަރަކާތްތެރި ވެފައިވީނަމަވެސް‪ ،‬ފުލުހުންގެ‬ ‫ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ކޮމިޝަނަށް ފާހަގަކުރެވެއެވެ‪ .‬އަދި މި މައްސަލަ ވަނީ ކޮމިޝަނުން ލޭބަރ‬ ‫ރިލޭޝަންސް އޮތޯރިޓީގެ ސަމާލުކަށް ގެނެސްފައެވެ‪.‬‬ ‫‪310‬‬ ‫ ‪205.‬އެއްވެއުޅުމުގެ ޙައްޤާ ގުޅުންހުރި ‪ 8‬މައްސަލައެއް‪ ،‬ޤާނޫނު ނަންބަރު ‪( 6/2006‬ހިއުމަންރައިޓްސް ކޮމިޝަނުގެ ޤާނޫނު)‬ ‫ޤާނޫނު އަދި ޤާނޫނު ނަންބަރު ‪( 13/2013‬އެންޓި ޓޯޗަރ ޤާނޫނު ‪ )2013‬ގެ ދަށުން ތަޙްޤީޤުކޮށްފައިވެއެވެ‪ .‬އެއްވެއުޅުމުގެ‬ ‫މިނިވަންކަމާގުޅޭގޮތުން ތަޙްޤީޤުކޮށްފައިވާ މައްސަލަތަކަކީ އެއްވުން ރޫޅާލުމުގައި އެކަށީގެންވާ މިންވަރަށްވުރެ ބޮޑަށް ބާރުގެ‬ ‫ބޭނުންކޮށްފައިވާކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަތައް ކަން ފާހަގަކުރެވެއެވެ‪ .‬މައްސަލަތައް ބެލުމުގައި‪ ،‬ކޮމިޝަނަށް ދިމާވި‬ ‫ގޮންޖެހުންތަކުގެ ތެރޭގައި‪ ،‬އެއްވުންތައް ރޫޅާލުމަށް ފުލުހުން ޢަމަލުކުރާ ވަކި އުސޫލެއް ލިޔެވިފައި ނެތުމުން‪ ،‬އެއްވުން‬ ‫ރޫޅާލުމުގައި ފުލުހުން ޢަމަލުކުރާގޮތް ތަޙްޤީޤުކުރަން އުނދަގޫވުމާއި‪ ،‬އެއްވުންތައް ރޫޅާލުމުގައި ފުލުހުން ޢަމަލުކުރާގޮތް ވީޑިއޯ‬ ‫ރިކޯޑްކޮށްފައި ނުހުރުން ހިމެނެއެވެ‪ .‬މި މައްސަލަތައް ބެލުމުގައި‪ ،‬ހާދިސާތައް ހިނގާފައިވާ ސަރަހައްދުތަކަށް ގޮސްގެން މަޢުލޫމާތު‬ ‫އެއްކުރުމާ‪ ،‬ގުޅުންހުރި މުއައްސަސާތަކުން ގުޅުންހުރި ލިޔެކިޔުން ހޯދައިގެން އަދި މައްސަލައާ ގުޅުންހުރި ފަރާތްތައް ކޮމިޝަނަށް‬ ‫ހާޒިރުކޮށްގެން ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާފައިވާނެއެވެ‪.‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪61‬‬

اختر الفقرة المستهدفة3