‫‪ .8‬ތިމާވެށިރައް ާކތެރިކުރުން‬ ‫ޤާނޫނު އަސާސީގެ ‪ 22‬ވަނަ މާއްދާގައި ދިވެހިރާއްޖޭގެ‬ ‫ޤުދުރަތީ ތިމާވެށްޓާއި‪ ،‬ދިރޭތަކެތީގެ މުއްސަނދިކަމާއި‪،‬‬ ‫ޤުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި‬ ‫އަންނާން އޮތް މަންފާއަށްޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ‬ ‫ދައުލަތުގެ އަސާސީ ވާޖިބެއްކަމުގައި ބަޔާންކޮށްފައިވެއެވެ‪.‬‬ ‫އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ކުރެވޭ‬ ‫މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތްކުރެވޭ‪ ،‬ދެމެހެއްޓެނިވި‬ ‫ތަރައްޤީގެ އުސޫލުތަކުގެ މަތީން ކުރެވޭ ކަންތައްތައް ކަމަށް‬ ‫ހެދުމަށާއި‪ ،‬މިފަދަ ހަރަކާތްތަކުގެ ސަބަބުން ތިމާވެށި‬ ‫ތަޣައްޔަރުވިޔަ ނުދިނުމަށާއި‪ ،‬ދިރޭތަކެތީގެ ނަސްލެއް‬ ‫ނެތިގެން ދިޔަނުދިއުމަށާއި‪ ،‬ތިމާވެށި ހަލާކުވެނުދިއުމަށާއި‪،‬‬ ‫ޤުދުރަތީ ވަސީލަތްތައް ބޭކާރުވިޔަ ނުދިނުމަށް ދައުލަތުން‬ ‫ބާރުއަޅާންވާނެކަމަށް ބަޔާންކޮށްފައިވެއެވެ‪.‬‬ ‫ ‪158.‬މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ‪ 2030‬އާއި ‪ 2050‬ދެމެދު ‪ 1.5‬ޑިގްރީ ސެލްސިއަސްއަށް ދުނިޔެ ހޫނު‬ ‫ވެގެންދާނެކަމަށް ލަފާކުރެވިފައިވާއިރު‪،‬‬ ‫‪213‬‬ ‫ދުނިޔެ ހޫނުވުމުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ ރާއްޖެފަދަ ކުދި‬ ‫ޖަޒީރާ ގައުމުތަކަކަށް ކަން ފާހަގަކުރެވެއެވެ‪ .‬މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކަނޑުގެ‬ ‫ލޮނުގަނޑު އުފުލުމާއި ވިއްސާރަކުރާ މިންވަރު އިތުރުވުން ނުވަތަ ދަށްވުމާއި މޫސުން ގޯސްވުމާ ގުޅިގެން ހިނގާ ކާރިސާތައް‬ ‫އިތުރުވެގެންދިޔުން ހިމެނެއެވެ‪ .‬އަދި ‪ 2‬ޑިގްރީ ސެލްސިއަސްއަށް ދުނިޔެ ހޫނުވެއްޖެނަމަ މިފަދަ ކާރިސާތައް އިތުރުވެގެން‬ ‫ދާނެކަމަށް ހޯދުންތަކުން ދައްކައެވެ‪.‬‬ ‫‪214‬‬ ‫ ‪159.‬އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލައިމެޓް ޗޭންޖް (އައި‪.‬ޕީ‪.‬ސީ‪.‬ސީ) އިން އޯގަސްޓް ‪ 2021‬ގައި ޢާންމު ކުރި މޫސުމަށް‬ ‫އަންނަ ބަދަލުތަކާ ބެހޭ ‪ 6‬ވަނަ އެސެސްމެންޓް ރިޕޯޓުގައި ވޭތުވެ ދިޔަ ‪ 2000‬އަހަރުތެރޭގައި އިންސާނުންގެ ޢަމަލުތަކާއި‬ ‫ގުޅިގެން ދުނިޔޭގެ މޫސުން ވަރަށް ބާރުމިނުގައި ވަރަށް ބޮޑުތަން ހޫނުވެގެން ގޮސްފައިވާކަން ފާހަގަކޮށްފައިވެއެވެ‪ .‬އަދި ޖައްވަށް‬ ‫ދޫކުރާ ވިހަގޭހުގެ މިންވަރު އެކަށީގެންވާ މިންވަރަކަށް މަދުކުރެވިއްޖެނަމަ‪ ،‬މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު‬ ‫ކުޑަކުރެވޭނެކަމަށް ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪215‬‬ ‫ ‪160.‬ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިތުރުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ދެމެހެއްޓެނިވި ގޮތްތައް‬ ‫ބޭނުންކުރެވިފައި ނުވާތީ ރާއްޖޭގެ ރަށްތަކުގައި ރަށްގިރުމާ ކުރިމަތިލާން ޖެހިފައިވާކަމާ އަދި މިކަމުގެ ސަބަބުން ބޯހިޔާވަހިކަން‬ ‫ގެއްލިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪216‬‬ ‫ ‪161.‬ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ގުދުރަތީގޮތުން ހެދިފައި ހުންނަ އިކޯ ސިސްޓަމްތައް ހަލާކުކުރުމުގެ‬ ‫ސބަބުން‪ ،‬މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އެތައް ގުނައެއް އިތުރުވެގެންދާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ަ‬ ‫‪217‬އެގޮތުން‪ ،‬ފަހަކަށް އައިސް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ވައިގަދަވެ އަދި ފެންބޮޑުވެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުން‬ ‫ލިބެމުންދާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪218‬‬ ‫ ‪162.‬މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މުރަކަ ފަރުތައް ހަލާކުވަމުންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪219‬‬ ‫މުރަކަ ފަރުތަކަކީ ރަށް‬ ‫ގިރުމާއި ބޮޑެތި ރާޅުތަކުންނާއި ތޫފާނުން ރަށްތައް ސަލާމަތްކޮށްދޭ ގުދުރަތީ ނިޒާމެކެވެ‪ .‬ހަމައެހެންމެ މުރަކަ ފަރުތަކަކީ މަސްވެރިކަމާއި‬ ‫ފަތުރުވެރި ކަމާއިވެސް ގުޅިފައިވާ ތަންތަނެވެ‪.‬‬ ‫‪220‬‬ ‫ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއެކު މުރަކަތަކަށް ބަދަލުއަންނައިރު‪ ،‬ކަނޑުގެ‬ ‫ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މުރަކަ ފަރުތައް ބްލީޗްވާ މިންވަރު އިތުރުވެގެންގޮސް ފަރުތައް ހަލާކުވެގެންދެއެވެ‪ .‬އަދި ‪،1998‬‬ ‫‪ ،2010‬އަދި ‪ 2016‬ވަނަ އަހަރު ހިނގައިދިޔަ ގްލޯބަލް ކޮރަލް ބްލީޗިންގ އިވެންޓްތަކުގައި ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ‬ ‫އިތުރުން އެލް ނީނޯ ފެނޯމެނާގެ ސަބަބުން ފަރުތަކަށްވީ ގެއްލުން އިތުރުވެފައިވެއެވެ‪.‬‬ ‫ފަހަރުމަތިން ބްލީޗްވެ ހަލާކުވެފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪50‬‬ ‫‪221‬‬ ‫ރާއްޖޭގެ މުރަކަ ފަރުތައްވެސް އެކި‬ ‫‪222‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

اختر الفقرة المستهدفة3