‫‪ .7‬ބޯހިޔާވަހިކަން‬ ‫ޤާނޫނު އަސާސީގެ ‪ 23‬ވަނަ މާއްދާގެ (ށ)ގައި‬ ‫ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްޤެއްކަމާއި‪،‬‬ ‫ދައުލަތުން އެ ޙައްޤު ރައްޔިތުންނަށް ހޯދައިދިނުމަށް‬ ‫މަސައްކަތްކުރުމަށް ލާޒިމްކޮށްފައިވެއެވެ‪.‬‬ ‫ކޮންމެ މީހަކަށްވެސް‪ ،‬އެމީހަކަށާއި އެމީހެއްގެ ޢާއިލާއަށް‬ ‫އެކަށީގެންވާ ފެންވަރެއްގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވާކަމާއި‬ ‫މީގެ ތެރޭގައި އެކަށީގެންވާ ފެންވަރެއްގެ ދިރިއުޅޭނެތަނަކާއި‪،‬‬ ‫ކެއުމާއި އަންނައުނު ލިބުމާއި އަދި ދެމެހެއްޓެނިވި ގޮތެއްގައި‬ ‫ދިރިއުޅުމުގެ ފެންވަރު ރަގަޅުކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި‬ ‫ހުންނަންވާނެކަމާއި މިޙައްޤު ހޯދައިދިނުމުގައި ރުހުމުގެ މައްޗަށް‬ ‫ބިނާވެފައިވާ ބައިނަލްއަޤްވާމީ އެހީތެރިކަމުގެ މުހިންމު ކަން‬ ‫ދެނެތިބެ‪ ،‬މި ޙައްޤު ހޯދައިދިނުމަށް އަޅަންޖެހޭ އެކަށީގެންވާ‬ ‫ފިޔަވަޅުތައް ޤައުމުތަކުން އަޅަންވާނޭކަމަށް އިޤްތިޞާދީ‪،‬‬ ‫އިޖްތިމާޢީ އަދި ޡަޤާފީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ‬ ‫މުޢާހަދާ (އައި‪.‬ސީ‪.‬އެސް‪.‬ސީ‪.‬އާރް) ގެ ‪ 11‬ވަނަ މާއްދާގައި‬ ‫ބަޔާންކޮށްފައިވެއެވެ‪ .‬ރާއްޖެއިން ވަނީ ‪ 19‬ސެޕްޓެންބަރު‬ ‫‪ 2006‬ގައި އައި‪.‬ސީ‪.‬އެސް‪.‬ސީ‪.‬އާރް ތަސްދީގުކޮށްފައިއެވެ‪.‬‬ ‫ ‪148.‬ސެންޓްރަލައިޒްޑް ނިޒާމެއްގެ ދަށުން ގައުމު ކުރިއަރުވައި ތަރައްޤީގެ ގިނަ މަޝްރޫޢުތައް މާލޭގައި ކުރިއަށް ގެންދިއުމުގެ‬ ‫ސަބަބުން ރާއްޖޭގެ އާބާދީގެ ‪ 47%‬ދިރިއުޅެނީ މާލޭގައިކަމާއި މާލެ ތޮއްޖެހިފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން‬ ‫ތައްޔާރުކޮށްފައިވާ ހައުސްހޯލްޑް އެންޑް އިންކަމް އެންޑް އެކްޕެންޑިޗަރ ސަރވޭ ‪ 2019‬ފާހަގަކުރެވެއެވެ‪.‬‬ ‫‪200‬‬ ‫ ‪149.‬މާލެއަށް ދިރިއުޅުން ބަދަލުކުރަންޖެހޭ މައިގަނޑު ސަބަބުތަކަކީ ތަޢުލީމު ހާސިލް ކުރުމާއި‪ ،‬އާމްދަނީ ހޯދުމާއި ވަޒީފާ‬ ‫އަދާކުރުމަށާއި ޞިއްޙީ ފަރުވާއަށްކަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ޝާއިޢުކޮށްފައިވާ ކޮމްޕްރިހެންސިވް ހައުސިންގ‬ ‫މާރކެޓް ސްޓަޑީ ފޯ ދި ގްރޭޓަރ މާލެ ރީޖަން‪ ،‬މި ދިރާސާއިން ފާހަގަކުރެވެއެވެ‪.‬‬ ‫‪201‬‬ ‫ ‪150.‬ހައުސްހޯލްޑް އިންކަމް އެންޑް އެކްޕެންޑިޗަރ ސަރވޭ ‪ 2019‬އިން ދައްކާ ގޮތުން މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ‬ ‫ފަރާތްތަކުން ބޯހިޔާވަހިކަން ހޯދަނީ ޕްރައިވެޓް ހައުސިނގް މައްޗަށް ބަރޯސާވެގެންކަމާއި‪ ،‬މާލޭގައި ޕްރައިވެޓް ހައުސިންގް‬ ‫އަގުބޮޑުކަން ފާހަގަކުރެވިފައިވެއެވެ‪ .‬އެގޮތުން މާލޭގެ އާބާދީގެ ‪ 74%‬އުޅެނީ ކުއްޔަށް ކަން މިސާރވޭގައި ފާހަގަ ކޮށްފައިވެއެވެ‪.‬‬ ‫‪202‬ލިބޭ އާމްދަނީއާ ބަލާފައި ގޭގެއަށް ދައްކަންޖެހޭ ކުލިބޮޑުކަމާއި ގޭބީސީއަކަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ ‪ 40%‬ދަނީ ކުލި‬ ‫ދައްކަން ކަމަށާއި އެހެންކަމުން ޢާއްމު ރައްޔިތުންނަށް ބޯހިޔާވަހިކަން އަތްފޯރާފަށުގައި ނުލިބޭކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪203‬‬ ‫އެވްރެޖްކޮށް‬ ‫ލިބޭ އާމްދަނީއާ އަޅާބަލާފައި ސޯޝަލް ހައުސިންގ އަގުބޮޑުކަން ފާހަގަކުރެވުނެވެ‪.‬‬ ‫ ‪151.‬ގޭބީސީތަކުގެ ކުލީގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ‪ .‬އެގޮތުން މުޅިރާއްޖޭގެ ގޭބީސީތަކަށް ބަލާއިރުމަހު‬ ‫ކުލީގެ ގޮތުގައި ގޭބީސީތަކުން އެވަރެޖްކޮށް ‪ 12،683‬ރުފިޔާ ޚަރަދުކުރެއެވެ‪.‬‬ ‫‪204‬‬ ‫އަދި މާލެ އާއި އަތޮޅުތަކަށް މިއަދަދު ބަލާލާއިރު‪،‬‬ ‫އެވަރެޖްކޮށް މާލޭގައި ދިރިއުޅޭ ގޭބީސީތަކުން ކުލީގެ ގޮތުގައި މަހަކު ‪ 13،494‬ރުފިޔާ ދައްކާއިރު އަތޮޅު ތެރޭގައި އެވްރެޖް‬ ‫މަހުކުއްޔަކީ ‪2،668‬އެވެ‪.‬‬ ‫‪205‬‬ ‫ގްރޭޓަރ މާލެ ސަރަހައްދުގެ އެއްކޮޓަރީގެ އެޕާޓްމެންޓެއްގެ ކުލީގެ އަގަކީ ‪ 9،900‬ކަމުގައިވާއިރު‬ ‫މުޅިރާއްޖޭގެ ނިސްބަތުން މިއަދަދު އުޅޭނީ ‪ 8،200‬ރުފިޔާގައެވެ‪.‬‬ ‫‪206‬‬ ‫އަދި މާލެ އޭރިއާގައި ‪ 2‬ކޮޓަރީގެ ތަނެއްގެ އެވްރެޖް ކުއްޔަކީ‬ ‫‪ 14،388‬ރުފިޔާ ކަމުގައިވާއިރު އަތޮޅުތެރޭގައި މިއަދަދަކީ ‪ 2،765‬ރުފިޔާއެވެ‪ .‬ކޮޓަރީގެ އަދަދު ގިނަވަމުންދާ ވަރަކަށް ކުލިދަނީ‬ ‫އަގުބޮޑުވަމުންނެވެ‪.‬‬ ‫‪207‬‬ ‫ގްރޭޓަރ މާލޭ އޭރިއާގެ ގޭބީސީއަކަށް ލިބޭ އެވްރެޖް އާމްދަނީ ‪25،000‬އާއި ‪50،000‬އާއި ދެމެދުގައި‬ ‫އުޅޭއިރު އަތޮޅުތަކުގައި އެވްރެޖް އާމްދަނީ އުޅެނީ ‪15،000‬އާއި ‪25،000‬އާއި ދެމެދުއެވެ‪.‬‬ ‫ ‪152.‬ރަށްރަށުގައި ވެސް ބޯހިޔާވަހިކަމުގައި ދަތިކަން ހުރިކަން ފާހަގަކުރެވުނެވެ‪ .‬އަދި ސަރުކާރުން ގިނަ ރަށްރަށުގައި ގެދޮރު‬ ‫ބިނާކުރުމަށް ބިންދޫކުރުން ހުއްޓާލާފައިވާކަމާއި އެތައް ޢާއިލާއަކުން އެއް ގެއެއްގައި ދިރިއުޅެމުން ދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪208‬‬ ‫ ‪153.‬ސޯޝަލް ހައުސިންގ ސްކީމްގެ ދަށުން ލިބިފައިހުންނަ ފްލެޓްތަކުގައި ދިރިއުޅެނީ ފްލެޓް ލިބުނު ފަރާތުން ނޫންކަމުގައާއި‬ ‫މިފަދަ ފްލެޓްތައްވަނީ މީޑިއަމް ނޫނީ އަޕަރއެންޑް ހައުސިންގގެ ގޮތުގައި ކުއްޔަށް ދީފައިކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪48‬‬ ‫‪209‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

اختر الفقرة المستهدفة3