‫މާލެ އައުމަށް މަޖުބޫރުވެއެވެ‪ .‬އަދި މިކަމުގައި ދަތުރުފަތުރާއި‪ ،‬ހުރުމާއި‪ ،‬ކެއުމަށް އިތުރު ޚަރަދުތަކެއް ހޭދަވެގެންދެއެވެ‪.‬‬ ‫‪179‬‬ ‫ ‪132.‬މާލޭގެ ރެފަރަލް ހޮސްޕިޓަލާ އަޅާބަލާއިރު ރަށު ހޮސްޕިޓަލްތަކުންނާއި އަތޮޅު ހޮސްޕިޓަލްތަކުން އެކަށީގެންވާ ޞިއްޙީ‬ ‫ޚިދުމަތްތައް ލިބެން ނެތުމުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް ބޭސްފަރުވާގެ ކަންކަމުގައި މާލެ އަންނަންޖެހެއެވެ‪.‬‬ ‫‪180‬‬ ‫ ‪133.‬ދައުލަތުގެ އިޖްތިމާޢީ ޞިއްޙީ ނިޒާމު އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ޞިއްޙީ ޚިދުމަތް ހޯދުމަށް ދަތުރުކުރުމަށް‬ ‫ޓިކެޓް ލިބެއެވެ‪ .‬އެހެންނަމަވެސް‪ ،‬އަތޮޅުތެރެއިން ލިބެންނެތް ޞިއްޙީ ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން މާލޭގެ ރެފަރަލް‬ ‫ހޮސްޕިޓަލަށްކުރާ ދަތުރުތަކަށް ޓިކެޓެއް ނުލިބެއެވެ‪ .‬މިކަމުގެ ސަބަބުން މާލީގޮތުން ތަނަވަސްކަން ނެތް ޢާއިލާތަކަށް އުފުލަންޖެހޭ‬ ‫ތަކުލީފު ބޮޑުކަން ފާހަގަވެފައިވެއެވެ‪.‬‬ ‫‪181‬‬ ‫ ‪134.‬ސައިކޮލޮޖީ ޚިދުމަތްތައް ފޯރުކޮށްދޭ އަމިއްލަ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް ފުޅާކުރެވިފައިވީނަމަސް‪ ،‬އަމިއްލަ ފަރާތްތަކުގެ‬ ‫ތެރެއިން އާސަންދަ ބަލައިގަންނަ ތަންތަން އަދިވެސް މަދުކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪182‬‬ ‫ ‪135.‬ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންއައި‬ ‫ނަމަވެސް‪،‬‬ ‫އެކަށީގެންވާ ޞިއްޙީ ފަރުވާ‪،‬‬ ‫މީގެ ތެރޭގައި އުފަންވަނިވި ޞިއްޙަތާގުޅޭ ޚިދުމަތްތައް ލިބުމުގައި ގޮންޖެހުންތައް‬ ‫ބޮޑެވެ‪ .‬ޚާއްޞަކޮށް އަތޮޅުތެރޭގައި ދިރިއުޅޭ މީހުންނަށް މި ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެން ނުހުރެއެވެ‪ .‬އަތޮޅުތެރޭގެ‬ ‫ރަށްރަށުގައި ކޮންމެވެސް ވަރަކަށް އަސާސީ ޚިދުމަތްތައް ލިބެންހުރިނަމަވެސް‪ ،‬ސްޕެޝަލިސްޓް ޑޮކްޓަރުންނާއި‪ ،‬ޞިއްޙީ‬ ‫ފަރުވާއަށާއި‪ ،‬ޓެސްޓްތަކަށް ބޭނުންވާ މެޝިންފަދަ ތަކެތީގެ ޚިދުމަތްތައް ލިބެންނެތްކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪183‬‬ ‫ ‪136.‬އުފަންވަނިވި ޞިއްޙަތާ ޢާއިލާ ބިނާކުރުމުގެ މަޢުލޫމާތާއި ވަޞީލަތްތައް ޒުވާނުންނަށް ލިބޭނެ ނިޒާމެއް ޤާއިމުކުރެވިފައިނުވެއެވެ‪.‬‬ ‫ޒުވާން ކުދިންނަށް އުފަންފަނިވި ޞިއްޙަތާގުޅޭ މަޢުލޫމާތު މުހިއްމުކަމަށް ބެލެނިވެރިން ގަބޫލުކުރިނަމަވެސް‪ ،‬ޢުމުރާ އެކަށޭނަ‬ ‫އުފަންވަނިވި ޞިއްޙަތުގެ މަޢުލޫމާތު ސްކޫލްތަކުގައި ފޯރުކޮށްނުދެވެއެވެ‪.‬‬ ‫‪184‬‬ ‫އަދި އުފަންވަނިވި ޞިއްޙަތާގުޅިގެން ލިބެންހުރި‬ ‫ޚިދުމަތްތަކުގެ މަޢުލޫމާތު އާންމުންނަށް އެނގިފައިވާ މިންވަރު ކުޑަކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪185‬‬ ‫ ‪137.‬ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް އަތޮޅުތެރެއިން ލިބެން ނެތުމުގެ ސަބަބުން އެ ޚިދުމަތްތައް‬ ‫ހޯދުމަށް މާލެއަށް ހިޖުރަކުރަންޖެހެއެވެ‪.‬‬ ‫‪186‬‬ ‫ ‪ 2018138.‬ވަނަ އަހަރު މިނިސްޓްރީ އޮފް ހެލްތުން އާންމުކޮށްފައިވާ ‘މޯލްޑިވްސް ޑެމޮގްރެފިކް ހެލްތް ސަރވޭ’ އިން ދައްކާގޮތުން‬ ‫‪ 15‬އަހަރާއި ‪ 49‬އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން ‪ 13%‬މީހުންވަނީ ޚިތާނު ކުރެވިފައެވެ‪ .‬އަންހެނުން ހިތާނަކުރެވިފައިވާ‬ ‫ނިސްބަތް ޒަމާނާއެކު މަދުވަމުން އަންނަކަން ފާހަގަކުރެވެއެވެ‪ .‬އެގޮތުން‪ ،‬އަންހެނުންގެ ތެރެއިން ‪ 45‬އަހަރާއި ‪ 49‬އަހަރާ‬ ‫ދެމެދުގެ މީހުންގެ ތެރެއިން ‪ 38%‬މީހުން ޚިތާނަ ކުރެވިފައިވާއިރު‪ 15 ،‬އަހަރާ ‪ 19‬އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން‬ ‫ޚިތާނުކޮށްފައިވަނީ ‪ 1%‬މީހުންނެވެ‪ .‬ޚިތާނަކުރެވިފައިވާ އަންހެނުންގެ ތެރެއިން ‪ 10%‬މީހުން ގަބޫލުކުރާ ގޮތުގައި އިސްލާމް‬ ‫ދީނުގައި އަންހެނުން ޚިތާނަކުރުމަކީ ކުރަންޖެހޭކަމެވެ‪.‬‬ ‫‪187‬‬ ‫ނަފުރަތު ރައްދުވެދާނެކަމުގެ ބިރުގައި އަންހެނުން ޚިތާނުކުރުމުގެ‬ ‫މައްސަލައާގުޅިގެން އެކަށީގެންވާ ފެންވަރެއްގައި މަޝްވަރާ ނުކުރެވޭކަން ފާހަގަކުރެވެއެވެ‪.‬‬ ‫‪188‬‬ ‫ ‪139.‬ކޯވިޑް‪19-‬އާ ގުޅިގެން ކޮމިޝަނުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެއްކުރެވުނު މަޢުލޫމާތުތަކުގެ އަލީގައި‪ ،‬ކޯވިޑް‪19-‬‬ ‫ގެ ލޮކްޑައުންގެ ހާލަތުގައި އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތް ނުލިބުމާއި‪ ،‬ބަލިވެއިނުމާ ގުޅިގެން ލިބެންޖެހޭ ޚިދުމަތް‬ ‫ނުލިބުމުގެ ގިނަ މައްސަލަތަކާއި‪ ،‬ކޯވިޑް‪19-‬އާ ގުޅުން ނެތް އެހެނިހެން ބަލިތަކުގައި ޑޮކްޓަރުންނަށް ދެއްކުމާއި ބޭނުންވާ‬ ‫ޓެސްޓްތައް ހެދުމާއި އަދި ބޭސް ހޯދުމުގައި ޢާންމުންނަށް ދަތިތައް ދިމާވެފައި ވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪189‬‬ ‫ބަލިވެ އިނުމާއި ވިހެއުމާ‬ ‫ގުޅިގެން ލިބެންޖެހޭ ޚިދުމަތްތައް ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ރާއްޖޭގެ ދެ އަތޮޅަކުން މިމުއްދަތުގެ ތެރޭގައި‬ ‫މަންމަގެ ބަނޑަށް ‪ 2‬ކުދިން ނިޔާވެފައިވާކަމާއި‪ ،‬އަދި ގައިނަކޮލޮޖިސްޓުގެ ކޮންސަލްޓޭޝަން ކޮންމެހެން ބޭނުންވާ ޙާލަތުގައި‬ ‫ބައެއް ފަރާތްތަކަށް އެ ޚިދުމަތްތައް ލިބިފައި ނުވާކަން ފާހަގަކުރެވުނެވެ‪.‬‬ ‫‪190‬‬ ‫ ‪140.‬ކޯވިޑް‪19-‬ލޮކްޑައުންގެ ދުވަސްވަރުގައި‪ ،‬އޮންލައިންކޮށް ޚިދުމަތްދޭ ތަންތަނުގެ ނަންބަރުތަކާއި‪ ،‬އޮންލައިންކޮށް ޑޮކްޓަރަށް‬ ‫‪46‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

اختر الفقرة المستهدفة3