‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪c‬‬ ‫ފެށުން‬ ‫އިންސާނުންގެ‬ ‫ކަރާމާތްތެރިކަމާއި‬ ‫ހިފެހެއްޓުމުގެ‬ ‫ޤަދަރު‬ ‫މާތްކަން އަންގަވައި‪ ،‬މުޅި އިންސާނިއްޔަތަށް އެކަމުގެ އަގުހުރި‬ ‫ބަސްފުޅުތައް ވަޙީކުރެއްވި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް‬ ‫ޙަމްދާއި ޝުކުރުކުރަމެވެ‪ .‬އަދި އ��ންމެހާ އިންސާނުންނަކީ‬ ‫ހަމަހަމަ ކަމާއެކު ޢަމަލުކުރެވެންޖެހޭ‪ ،‬ޤަދަރުވެރި ކަރާމާތްތެރި‬ ‫ބައެއްކަން އަންގަވައިދެއްވުމުގެ އެންމެ ރިވެތި މިސާލުތަކާއި‬ ‫ޖެހެއެވެ‪.‬‬ ‫ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ‪ .‬އަދި މި‬ ‫ދިވެހި‬ ‫ރިވެތި ނަމޫނާ ދެއްކެވި މި އުއްމަތުގެ މާތް ނަބިއްޔާއަށް‬ ‫ދުޢާގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަމެވެ‪.‬‬ ‫އިންސާނާ‬ ‫ފުރިހަމައަށް‬ ‫ކަރާމާތްތެރިކަމާއެކު‬ ‫ހެދިބޮޑުވެ‬ ‫ތަރައްޤީވުމަށާއި‪،‬‬ ‫ޙައްޤުތައް‬ ‫ދިރިއުޅުމަށްޓަކައި‪،‬‬ ‫ކަށަވަރުވެފައިވުމާއި އެޙައްޤުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި‬ ‫ހިފައި އޭގެ ފައިދާ ލިބުމަކީ އިންސާނާއަށް ކޮންމެހެންވެސް‬ ‫ބޭނުންވާނެ ކަމެކެވެ‪.‬‬ ‫މިނިވަންކަމަކީ‬ ‫އިންސާނީ ޙައްޤުތަކާއި އަސާސީ‬ ‫އަޅުގަނޑުމެންގެ‬ ‫ވިސްނުމަށާއި‬ ‫އުޅުމަށް‬ ‫ހެޔޮ ބަދަލުތައް ގެނައުމަށާއި‪ ،‬ޢަޤީދާ ވަރުގަދަކޮށް‪ ،‬އަމިއްލަ‬ ‫ނަފްސުގެ‬ ‫އިތުބާރު‬ ‫ވަރުގަދަ‬ ‫ކުރުމަށާއި‪،‬‬ ‫ދިރިއުޅުމަށް‬ ‫ބޭނުންވާ އެންމެހާ ކަންކަން ކުރުމުގައި އެހީތެރިވެދޭ މުހިންމު‬ ‫އެއްޗަކަށްވާއިރު‪ ،‬އުނގެނުމުގެ ޙައްޤު ލިބި އޭގެ ބޭނުން‬ ‫ހިފައި އޭގެ މަންފާތައް ލިބިގެން ދިއުމަކީ މުޅި އިންސާނާއަށާއި‬ ‫އިންސާނިއްޔަތަށް ނުހަނު ބޭނުންތެރި ކަމެއްކަމަށާއި‪ ،‬އެއީ‬ ‫ޤައުމެއް ތަރައްޤީވުމުގެ އަސާސީ ބިންގާ ކަމީ އެންމެންވެސް‬ ‫ދަންނަ‬ ‫ޙަޤީޤަތެކެވެ‪.‬‬ ‫އަދި‬ ‫އިންސާނީ‬ ‫ޙައްޤުތަކުގެ‬ ‫ނަޒަރިއްޔާއިން ޢަމަލުކުރެވި‪ ،‬މަދުރަސީ ދައުރުގެ އެންމެހާ‬ ‫ދަރިވަރުންނަށްވެސް ހަމަހަމަ ފުރުޞަތުތަކާއެކު އުނގެނުމުގެ‬ ‫ޙައްޤުން މަޙްރޫމު ނުވާނޭ ގޮތެއްގެ މަތިން އިންތިޒާމްތައް‬ ‫ހަމަޖެހިފައި އޮތުމަކީ‪ ،‬މި ޙައްޤު ލިބިދިނުމުގައި ހުރިހާކުދިން‬ ‫‪08‬‬ ‫ޝާމިލްކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއްކަން ޤަބޫލްކުރަން‬ ‫މުހިންމު‬ ‫މުޖުތަމަޢުގެ‬ ‫ނުކުޅެދުންތެރިކަންހުންނަ‬ ‫ފުރުޞަތު‬ ‫ބައެއްކަމުގައިވާ‬ ‫ކުދިންނަށް‬ ‫ފަހިކޮށްދިނުމުގެ‬ ‫އުނގެނުމުގެ‬ ‫މަޤްޞަދުގައި‪،‬‬ ‫ހިއުމަން‬ ‫ރައިޓްސް ކޮމިޝަނުން (ކޮމިޝަން) ކުރިއަށް ގެންދިޔަ‬ ‫ނޭޝަނަލް‬ ‫އިންކުއަރީ‬ ‫(އިންކުއަރީ)‬ ‫ގެ‬ ‫ފުރަތަމަ‬ ‫މަރުޙަލާގައި އެކިރަށްތަކަށް ޒިޔާރަތްކޮށް‪ ،‬މިފަދަ ކުދިންގެ‬ ‫ޢާއިލާތަކާއި ރަށުގައި ހުރި ސަރުކާރުގެ މުއައްސަސާތަކާއި‬ ‫އަމިއްލަ ޖަމްޢިއްޔާތަކާ ބައްދަލުކޮށް އަދި އެރަށުގެ ހުރިހާ‬ ‫ރައްޔިތުންނަށް ހުޅުވާލައިގެން މިތަޙުޤީޤާ ބެހޭގޮތުން މަޢުލޫމާތު‬ ‫ދެވިފައިވެއެވެ‪ .‬އަދި ލިޔުމުން ކޮމިޝަނަށް ބަޔާން ހުށަހެޅުމުގެ‬ ‫ފުރުޞަތުދީ‪ ،‬އިންކުއަރީގެ އަޑުއެހުންތައް ހުޅުވާލައިގެންނާއި‬ ‫ހުޅުވާނުލައި‬ ‫ކުރިއަށް‬ ‫ގެންދެވުނެވެ‪.‬‬ ‫މީގެ‬ ‫އިތުރުން‪،‬‬ ‫ނުކުޅެދުންތެރިކަންހުންނަ ކުދިންނަށް ލިބިގެންވާ އުނގެނުމުގެ‬ ‫ފުރުޞަތުތައް ދެނެގަނެ‪ ،‬މިހާރު ޢަމަލުކުރަމުންދާ ޤާނޫނުތައް‬ ‫މުރާޖަޢާކޮށް‪ ،‬ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭގޮތުން‬ ‫ދިރާސާ ކުރެވިފައިވެއެވެ‪ 2012 .‬ސެޕްޓެމްބަރުން ފެށިގެން‬ ‫ކުރިއަށް ގެންދިޔަ މި އިންކުއަރީ ފުރިހަމަ ކުރެވިފައިވަނީ‬ ‫ކޮމިޝަންގެ ހީވާގި މުވައްޒަފުންނާއި ކޮމިޝަންގެ ނާއިބު‬ ‫ރައީސާއި މެމްބަރުންނާއި‪ ،‬ސެކްރެޓަރީ ޖެނެރަލް އާއި‪ ،‬އަދި‬ ‫އިންކުއަރީގެ ކޯޑިނޭޓަރ ފާޠިމަތު ނިލްފާގެ ޚިދުމަތްތެރި އަދި‬ ‫އެހާމެ ބުރަ މަސައްކަތުން ކަން ފާހަގަކޮށް‪ ،‬މި އިންކުއަރީގެ‬ ‫ނުއިވި ހުރި އަޑުތައް‬ ‫ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އުނގެނުމުގެ ފުރުޞަތު ލިބިދީފައިވާ މިންވަރު ދެނެގަތުމަށް ހިންގި ނޭޝަނަލް އިންކުއަރީގެ ރިޕޯޓް‬

اختر الفقرة المستهدفة3