5.3.5
މަދަނީ ޖަމްޢިއްޔާތަކުގެ ނެޓްވޯކްގެ ޙަރަކާތްތައް ކުރިއަށް ގެންދިއުން
ނ ޖަމްޢިއްޔާތަކަށް
ކޮމިޝަނުން ޤާއިމުކޮށްފައިވާ މަދަނީ ޖަމްޢިއްޔާތަކުގެ ނެޓްވޯކްގައި ( 36ތިރީސް ހައެއް) ޖަމްޢިއްޔާއެއް ރެޖިސްޓަރ ވެފައިވެއެވެ .މަދަނީ ޖަމްޢިއްޔާތަކުގެ ނެޓްވޯކް އިތުރަށް ފުޅާކުރުމުގެ ގޮތު ް
ދހަ އެކެއް) މަދަނީ
މި ނެޓްވޯކުގައި ފަސޭހައިން ބައިވެރިވުމުގެ އިންތިޒާމް ހަމަޖެހުނުވެ .ގިނަ ޖަމްޢިއްޔާތަކަށް ކޮމިޝަންގެ ނެޓްވޯކްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެގޮތުން( 791 ،ހަތްސަތޭކަ ނުވަ ި
ޖަމްޢިއްޔާއަކަށް މި ނެޓްވޯކުގައި ބައިވެރިވުމަށް އީމެއިލް މެދުވެރިކޮށް ދަޢުވަތު ދެވުނެވެ.
5.3.6
އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމަށް ހޭލުންތެރިކުރުމުގެ ކެމްޕެއިން
މި ކެމްޕެއިނުގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމާމެދު ޢާއްމުން ހޭލުންތެރިކުރުމެވެ .ޚާއްޞަކޮށް ސިޔާސީ ދާއިރާ އާއި ގޮތްނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ
މުހިއްމުކަމާމެދު މަޢުލޫމާތު ފޯރުކޮށްދީ ޢާއްމުން ހޭލުންތެރި ކުރުމެވެ .މި ކެމްޕެއިން ކުރިއަށް ގެންދެވިފައިވަނީ ކޮމިޝަނުގެ މަދަނީ ޖަމްޢިއްޔާތަކުގެ ނެޓްވަރކްގައި ހިމެނޭ މި ދާއިރާއާ ގުޅުންހުރި އެންޖީއޯތަކާ
ގުޅިގެން ބްރޯޑްކާސްޓިންގ މީޑިއާ އާއި މީސްމީޑިއާ މެދުވެރިކޮށެވެ .މިގޮތުން 2ޓީވީ ޕްރޮގްރާމެއްގަޔާއި 1ރޭޑިއޯ ޕްރޮގްރާމްގައި ޢާއްމުންނަށް މަޢުލޫމާތު ދެވުނެވެ .އަދި މީސް މީޑިއާ މެދުވެރިކޮށް އަންހެނުންގެ
ޙައްޤުތަކާއި މިންތީގެ ހަމަހަމަކަމަށް ޢާއްމުން ހޭލުންތެރިކުރުމުގެ ގޮތުން 5މެސެޖެއް ކޮމިޝަނުގެ ފޭސްބުކް ޕޭޖްގައި ޙިއްޞާކުރެވުނެވެ .މިގޮތުން ކުރިއަށް ގެންދެވުނު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި
ސިޔާސީ މައިދާނުގަޔާއި ގޮތްނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދެވުނެވެ.
5.3.7
5.3.10
ވޯޓާސް އެޑިއުކޭޝަން ކެމްޕެއިން
2020ވަނަ އަހަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އަމާޒުކޮށް 2020ޖަނަވަރީ 23އިން ފެށިގެން
މާރިޗު 12ގެ ނިޔަލަށް މީސްމީޑިއާ އަދި ބްރޯޑުކާސްޓިންގ މީޑިއާ މެދުވެރިކޮށް ތަފާތު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެވުނެވެ .މިގޮތުން ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ މުހިންމުކަމާއި ،ވޯޓުލުމުގެ
ޙައްޤާ ގުޅޭ މަޢުލޫމާތާއި ،ވޯޓުލުމުގައި ބައިވެރިވުމުގެ މުހިންމުކަމާއި ،ކޮރަޕްޝަނާއި ނުފޫ ޒުން އެއްކިބާވެ ތިބެ ވޯޓުލުމުގެ މުހިންމުކަމާއި ،އިންތިޚާބުތަކުގައި އަންހެނުން ބައިވެރިވުމުގެ މުހިންމުކަމާ ގުޅޭގޮތުން
މަޢުލޫމާތު ދެވިފައިވެއެވެ .މީސްމީޑިއާ މެދުވެރިކޮށް ޢާއްމުން ހޭލުންތެރިކުރުމަށް ކޮމިޝަނުގެ ފޭސްބުކް ޕޭޖް އަދި ޓްވިޓަރގައި ވޯޓުލުމުގެ ޙައްޤާ ގުޅޭގޮތުން 14މެސެޖެއް ޙިއްޞާ ކުރެވުނެވެ.
5.3.11
ޓީވީ ޕްރޮގްރާމް 'ޙައްޤުގެ ވާހަކަ' ކުރިއަށް ގެންދިއުން
އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވައި ،އެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތާ މުޖުތަމަޢެއް ބިނާކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ދިވެހި ޗެނަލް އާ ގުޅިގެން ''ޙައްޤުގެ ވާހަކަ'' މި ނަމުގައި ޕްރޮގްރާމެއްވަނީ ކުރިއަށް ގެންދެވިފައެވެ.
މި ހަރަކާތުގެ ދަށުން 8ޕްރޮގްރާމެއް މެދުވެރިކޮށް އިންސާނީ ޙައްޤުތަކާއި ގުޅޭ ތަފާތު 8ދާއިރާއަކުން ޢާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދެވުނެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ،ހިއުމަން ރައިޓްސް ކޮމިޝަނާއި ދިވެހި ޗެނަލް ގުޅިގެން ޕެނަލް ޑިސްކަޝަން އެއް ކުރިއަށް ގެންދެވުނެވެ .މި ޕެނަލް ޑިސްކަޝަން މެދުވެރިކޮށް
ޑިމޮކްރެޓިކް ވެށްޓެއްގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި ،ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓައި ގޮތް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން
ވެރިކަން ހިންގުމާއި ،ޙައްޤުތައް ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގެންގުޅުމާއި ،ތަފާތުކުރުމެއްނެތި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ގުޅޭގޮތުން ޢާއްމުންނަށް މަޢުލޫމާތު ފޯރުކޮށްދެވުނެވެ.
5.3.8
މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ހިންގާ އެޑްވޮކަސީ ކެމްޕޭން
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހުރި މައިގަނޑު މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަތުމާއި ،އިންސާނީ ވަގުފާރި ހުއްޓުވުމަށް ޤާނޫނު
ތަންފީޛުކުރާ އިދާރާތަކަށް ބާރު އެޅުމާއި ،އިންސާނީ ޙައްޤުތައް ނިއުޅައިގަނެވޭ ހިނދު އެކަމާ ގުޅިގެން އެހީތެރިކަން ހޯދާނެ ދައުލަތުގެ މުއައްސަސާތަކަށް ބިދޭސީން ހޭލުންތެރިވުމެވެ .އެގޮތުން ސޯޝަލް މީޑިއާ
ޕޯސްޓްތައް ދިވެހި ،ބަންގްލާ ،މަލަޔާލަމް އަދި ނެޕާލީ ބަހުން ތައްޔާރުކޮށް މީސް މީޑިއާގައި ޙިއްޞާކުރެވުނެވެ .އަދި މަސައްކަތްތެރިންގެ ޙައްޤުތަކާއި ،އިންސާނީ ވަގުފާރިއަށް ހޭލުންތެރިކަން އިތުރުކުރުމަށް
ބްރޯޑްކާސްޓިންގ މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ދިނުން ކުރިއަށް ގެންދެވުނެވެ .މި ޙަރަކާތުގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުން ބައިވެރިވިއެވެ.
5.3.9
ހަޔަރ ސެކަންޑަރީގެ ދަރިވަރުން އިންސާނީ ޙައްޤުތަކަށް އަހުލުވެރިކުރުވުން.
ސްކޫލް ކަރިކިއުލަމްގެ ތެރޭގައި އިންސާނީ ޙައްޤުތައް ހިމެނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ،ހަޔަރ ސެކަންޑަރީގެ ދަރިވަރުންނަށް ބާއްވާ އޮރިއެންޓޭޝަން
ސެޝަންތަކުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބޭއްވުނެވެ .މިގޮތުން ސީއެޗްއެސްއީގެ 500ދަރިވަރަކަށް މަޢުލޫމާތު ޙިއްޞާކުރެވުނެވެ.
54
55