5.2.5.9
މި ގަވާއިދު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ،މިގޮތަށް ގަވާއިދު ފާސްކޮށްފައި އޮތުމުގެ ސަބަބުން ޤައިދީންނާއި ،ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި
ތިބޭ މީހުންނާއި ،ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުގެ ތެރެއިން ،ޢާއިލީ ބައްދަލުވުން ،ޢާއިލާއަށް ފޯނުކުރުން ،އެކަހެރި ބައްދަލުވުން،
ކަސްރަތުކޮށް އުޅުމުގެ އިންތިޒާމު ،ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމު ފަދަ އަސާސީ ޙައްޤުތަކުން އެ ފަރާތްތައް މަޙުރޫމުވެގެންދާނެ ކަމުގައި ފާހަގަކޮށް އެ ފަރާތްތަކުގެ އަޙުލާޤީ މިންގަނޑަށް ބަލާ ނުވަތަ
ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ،މި ގަވާއިދުގައި ބަޔާންކުރާ އަސާސީ ޚިދުމަތްތައް ނުހިފެހެއްޓުމަށް ބާރުއަޅާފައިވާނެއެވެ.
5.2.5.7
ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާބެހޭގޮތުން އެޗް.ޕީ.އޭއިން 2020އޮގަސްޓު 31ގައި ޝާއިއުކޮށްފައިވާ އިޢުލާން
މި އިޢުލާނަކީ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން 31އޮގަސްޓް 2020ގައި ޝާއިއުކޮށްފައިވާ އިޢުލާނެކެވެ.
އ ކަމާގުޅޭ
މި އިޢުލާނުގައި އެއްވެސް ފަރާތަކުން ވިޔަފާރީގެ އުޞޫލުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދާ ި
ނ އާމްދަނީ
އެހެން ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ހުއްދަ ނެގުމަށާއި ޤާނޫނު ނަންބަރު ( 18/2014ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރުމަށް ބަޔާންކޮށްފައިވާތީ ،ގޭގައި ތިބެގެ ް
ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ކުރާނެ އަސަރާގުޅޭގޮތުން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ދިރާސާކުރުމަށްފަހު ކޮމިޝަނުން އިޞްލާޙު ހުށަހަޅާފައިވާނެއެވެ.
މި އިޢުލާނާ ގުޅިގެން ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ،ޤާނޫނު ނަންބަރު ( 2014/18ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު ( 7/2012ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)
އަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތައް އިސްތިސްނާވާ ފަދައިން އެކުލަވާލާފައިވާ ގާނޫނުތަކަކަށްވާތީއާއި ،މި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ މިނގަނޑުތަކަކީ މިފަދަ ފަރާތްތަކާ
އެކަށީގެންވާ މިންގަނޑުތަކެއްކަމަށް ޤަބޫލުނުކުރެވޭތީއާއި ،ކޯވިޑް 19-އާގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި މި ޤާނޫނުތަކަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ޢަމަލުކުރުމަށް
ކަނޑައަޅައިފިނިމަ ،ވަރަށް ގިނަ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއްކޮށް ،މި ދަނޑިވަޅުގައި އެފެރާތްތައް އިތުރަށް ނިކަމެތިވެގެންދާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭތީ ،ގޭގައި ކާބޯތަކެތި ތައްޔާރުކޮށް
އާމްދަނީ ހޯދާ ފަރާތްތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯވިޑް 19-އާގުޅިގެން ޚާއްޞަ މިންގަނޑުތަކެއް އެކުލަވާލާ ޢާއްމުކުރުމަށް ބާރުއެޅުމާއި ،އަދި މި
މިނގަޑުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަމެއް ދިނުމަށާއި ކޯވިޑް 19-އާގުޅިގެން WHOއިން ކާބޯތަކެތީގެ ސާފުތާޚިރުކަން ކަށަވަރުކުރުމާގުޅޭގޮތުން އެކުލަވާލާފައިވާ
މިންގަނޑަށާއި ،ކޯވިޑް 19-އާގުޅިގެން WHOއިން ކާބޯތަކެތީގެ ސާފުތާޚިރުކަން ކަށަވަރުކުރުމުގެ މަސްޢޫލިއްޔަތު އުފުލާ ފަރާތްތަކުން އިސްކަންދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކުރުމަށް
ބާރުއަޅާފައިވާނެއެވެ.
5.2.5.8
ބ.އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު 2020
މި އުޞޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއިން އެކުލަވާލާފައިވާ 'ބ .އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު '2019އިޞްލާޙު ކުރުމަށްފަހު އެކުލަވާލާފައިވާ
އުޞޫލެކެވެ.
ބ .އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު '2019އަށް 08ޑިސެންބަރު 2019ގައި ކޮމިޝަނުން ހުށަހެޅި އިޞްލާޙުތައް ހިމަނާފައިވޭތޯ ބެލުމަށް ތައްޔާރުކުރެވުނު ފޮލޯއަޕް ރިވިއު
ކަރުދާސް އެކުލަވާލައި މި އުޞޫލުގައި ހިމަނާފައިނުވާ ކޮމިޝަނުގެ ހުށަހެޅުންތައް ފާހަގަކޮށް އަލުން އުޞޫލު އިޞްލާޙުކުރުމަށް 23ޖަނަވަރީ 2020ގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލަށް
ދަންނަވާފައިވާނެއެވެ .މިގޮތުން މި އުޞޫލުގައި ހިމަނާފައިވާ ގޯއްޗަށްއެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ
ޝަރުތުތަކަށް ރިޢާޔަތްކޮށް އެ ޝަރުތުތަކާ އެއްގޮތްކުރުމަށް ބާރުއަޅާފައިވާނެއެވެ.
48
މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ކުޑަކުދިންގެ ކަރެކްޝަން މަރުކަޒުތަކުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދުގެ ޑްރާފްޓް
ނ ނަންބަރު ( 18/2019ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ
މި ގަވާއިދަކީ ޤާނޫ ު
މލު ކުރަންޖެހޭ ގޮތުގެ ގަވާއިދެވެ.
މަރުކަޒުތަކުގައި ޢަ ަ
ވަނަ މާއްދާގެ (ނ) ދަށުން ބާރު ލިބިގެން މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ކުޑަކުދިންގެ ކަރެކްޝަން
މި ގަވާއިދު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ،ކެއިންބުއިމުގެ އިންތިޒާމު ހަމަޖެއްސުމުގައި ގަވާއިދު ނަންބަރު R-380/2014ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި
ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުމާއި ،ތުއްތު ކުއްޖަކު މަންމައާއެކު ރިހެބިލިޓޭޝަން ސެންޓަރުގައި ބަހައްޓާނަމަ ޢަމަލުކުރަންޖެހޭ ކަންކަމާއި ،ކުޑަކުދިންގެ
ކަރެކްޝަނަލް މަރުކަޒުތަކުގައިދެވޭ ތައުލީމަކީ ،ވީ މިންވަރަކުން ،ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދެވޭ ތަޢުލީމަށް ހެދުމާއި ،ޢާއިލާއަށް ފޯނު ކުރަން ލިބޭ ވަގުތު އިތުރުކުރުމާއި،
ނ ކުރުން މަނާކަންކަމާއި އެކަމަށް ކަނޑައެޅޭ އަދަބުތައް ބަޔާންކުރުމާއި ،ފަރުވާގެ ޕްރޮގްރާމްތައް ނިންމުމަށް
ރ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަޑުތަކާއި ،މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކު ް
މަރުކަޒުގައި މަސައްކަތްކު ާ
މ ގަވާއިދުގައި ބަޔާންކުރުމަށް ބާރުއަޅާފައިވާނެއެވެ.
ގއި މަސައްކަތްކުރާނެ ފަންނީ މަޤާމުތައް ި
ދނެ ގޮތްތަކާއި މަރުކަޒުތަކުގައި ދާއިމީ ގޮތެއް ަ
ފަންނީ މުވައްޒަފުން ހޯ ާ
5.2.5.10މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މޯލް ޑިވްސް ކަރެކްޝަން ސަރވިސް އިން އެކުލަވާލާފައިވާ 'ޢާއްމު އުޞޫލު ނަންބަރު UA-2019/03މަޢުލޫމާތު ހޯދުމާއި،
ހޯދައި ދިނުމުގައި ޢަމަލުކުރާނެ އުޞޫލު'
މި އުޞޫލަކީ ޤާނޫނު ނަންބަރު ( 1/2014މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އާ ގަވާއިދު ނަންބަރު ( R-5/2016މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ ދަށުން މޯލް ޑިވްސް ކަރެކްޝަނަލް
ވ މަޢުލޫމާތު ހޯދުމާއި ހޯދައި ދިނުމުގެ ޢަމަލުކުރާނެ އުޞޫލެވެ.
ސަރވިސްއިން އެކުލަވާލާފައި ާ
މި އުޞޫލުގެދަށުން ޤައިދީންގެ އަތުން ފީއެއް ނަގަމުންދާތީ ،މިއީ ޕެރޯލް ފުރުޞަތަށް އެދި ހުށަހެޅުމުގައި ޤައިދީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރުން އެންމެ އެކަށީގެންވާ އުޞޫލެއްތޯ ކަނޑައެޅުމާއި،
ޤައިދީންއަށް ފަސޭހައިން ޕެރޯލް ފުރުޞަތަށް އެދި ހުށަހެޅުމުގެ ނިޒާމްއެއް ޤާއިމްކުރުމަށް ބާރުއެޅުމުގެގޮތުން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ކޮމިޝަނުން އިޞްލާޙު ހުށަހަޅާފައިވާނެއެވެ .މިގޮތުން
ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި ،މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީން ޕެރޯލް ފުރުޞަތު އެދި ހުށަހެޅުމުން ،އެކަން އަވަސްކުރުމަށް ތިޔަ ސަރވިސްގެ
ނިންމުމުގެ ދަށުން ،ޤަޟިއްޔާގެ ކޮޕީއެއް ހޯދުމަކީ ޤާނޫނު ނަންބަރު ( 14/2013ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުންނާއި ގަވާއިދު ނަންބަރު R-162/2014ޕެރޯލް ގަވާއިދުގެ ދަށުން ޤައިދީނަށް
ލާ ޒިމްކުރާކަމަކަށް ނުވާތީއާއި ،ކޯޓު މެދުވެރިކޮށް ޙުކުމުގެ ތަފްޞީލު ހޯދުމުގައި ލަސްތަކެއްވުމަކީ ދެ މުއައްސަސާ މެދުގައި ވިލަރެސްކުރުމާގުޅޭ މައްސަލައެއް ކަމަށްވާތީ ،މިކަމާގުޅިގެން ޤައިދީންގެ އަތުން ޚަރަދެއް ނުނެގުމާއި،
ޕެރޯލް ފުރުޞަތަށް އެދި ހުށަހެޅުމުމުގައި ،ޕެރޯލް ފުރުޞަތަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން އެއްވެސް އިތުރު ލިޔެކިޔުމެއް ހުށަހަޅަން ޤާނޫނުގެ ދަށުންވެސް އަދި ގަވާއިދުގެ ދަށުންވެސް ޤައިދީއަށް ލާ ޒިމްކޮށްފައިނުވާކަމުގެ
މަޢުލޫމާތު ޤައިދީންނާ ޚިއްޞާކުރުމަށާއި އަދި މި މަޢުލޫމާތު ފެންނަން ހުންނާނެހެން ބެހެއްޓުމަށް ފާހަގަކޮށްފައިވާނެއެވެ.
5.2.5.11
ދ .މީދޫން ގޯތިދޫކުރުމުގެ ގައިޑްލައިން
މި އުޞޫލަކީ ދ .މީދޫއިން ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތް ތަކާއި ޕޮއިންޓް ދިނުމުގެ އުޞޫލު ބަޔާންކޮށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލުން އެކުލަވާލާފައިވާ ގައިޑްލައިނެކެވެ.
މި ގައިޑްލައިން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ،މިފަދަ ގައިޑްލައިންތައް އެކުލަވާލުމުގައި ޤާނޫނުއަސާސީގެ 23ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަން
ކަށަވަރުކޮށްދިނުމުގައި ހަމަހަމަކަން ޤާއިމްކުރުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުވާފަދައިން ގައިޑްލައިންތައް އެކުލަވާލުމަށް އިސްކަންދިނުމާއި ،ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅުމުން މި
ޝަރުޠު ފުރިހަމަ ނުވާ ،މުޖްތަމަޢުގައި އިތުރު ނިކަމެތިކަމެއް ލިބިފައިވާ ފަރާތްތައްކަމުގައިވާ އެކަނިވެރި މައިންނާއި ބަފައިންނަށް ގޯތި ލިބުމުގެ ފުރުޞަތު ހަނިވެގެންދާތީ ،ޤާނޫނުއަސާސީގެ 23ވަނަ މާއްދާގެ (ށ) ގެ
ދަށުން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަން ލިބުމުގެ ޙައްޤު ހަމަހަމަގޮތުގައި ލިބިދުމަށްޓަކައި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ލިބޭ ޕޮއިންޓް އެކަނިވެރި މައިން އަދި ބަފައިންނަށްވެސް ލިބޭނެގޮތަށް ޕޮއިންޓް ދިނުމުގެ އުޞޫލު
އިޞްލާޙުކުރުމަށް ހުށަހަޅާފައިވާނެއެވެ.
49