‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫‪2 .2‬ކުޑަކުދިންގެ ޙައްޤު‬ ‫ކުޑަކުދިން ލައްވާ މަސައްކަތްކުރުވުން މަނާކުރުމާ ގުޅޭގޮތުން ޤާނޫނީ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ކުޑަކުދިންނަށް އަނިޔާ ކޮށްގެން ހިއުމަން ރައިޓްސް ކޮމިޝަންއަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ‬ ‫ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިންސީ އަނިޔާގެ މައްސަލަތަކާއި އިހުމާލުގެ‬ ‫މައްސަލަތައްކަން ފާހަގަކުރެވޭއިރު ދިވެހި ފުލުހުންގެ ހިދުމަތަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ‪.‬‬ ‫އަދި މި މައްސަލަތަކުގެ ތެރެއިން ޖިންސީ އަނިޔާއަށް ގިނައިން ހުށަހެޅިފައިވަނީ އަންހެންކުދިންނެވެ‪ .‬މީގެ އިތުރުން‪ ،‬ސްކޫލްގެ މާހައުލުން‬ ‫ކަންބޮޑުވާ މިންވަރަށް ކުޑަކުދިންނަށް އަނިޔާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓުތައް މީޑިއާގައި ދައުރުވެފައިވެއެވެ‪.‬‬ ‫ހަމައެހެންމެ‪ ،‬ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މި ރިޕޯޓުގެ މުއްދަތުގައި ވެސް އަނިޔާއާއި ކުރިމަތިލާންޖެހިފައިވެއެވެ‪ .‬މި‬ ‫މައްސަލަތަކުގައި އަމަލުކުރަން އޮންނަ ނިޒާމް ހަރުދަނާ ކުރަން އެޅިދާނެ ފިޔަވަޅުތައް ކޮމިޝަނުންވަނީ ކަމާބެހޭ މުއައްސަސާތަކުގެ‬ ‫ސަމާލުކަމަށް ގެނެސްފައެވެ‪.‬‬ ‫ޤާނޫނު ނަންބަރު ‪( 2019/18‬ކުޑަކުދިންގެ އަދުލުގެ ޤާނޫނު) ގައި‪ ،‬ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި‪ ،‬އިންސާނީ‬ ‫ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ކުރެވުނު ޢަމަލަށް ޒިންމާ ނަގައި‪ ،‬ކުއްޖާ ކުރި ޢަމަލުތަކުގެ ބާވަތަށް ބަލައި‪ ،‬މައްސަލަ‬ ‫ޝަރީޢަތަށް ހުށަހެޅުމުގެ ބަދަލުގައި‪ ،‬ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް‪ ،‬ހެޔޮގޮތުގައި މުޖުތަމަޢަށް‬ ‫އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީފައިވެއެވެ‪ .‬ޤާނޫނު ނަންބަރު ‪2019/18‬‬ ‫(ކުޑަކުދިންގެ އަދުލުގެ ޤާނޫނު)އާ އެއްގޮތްވާގޮތުގެމަތިން‪ ،‬ޖުވެނައިލް ޑައިވަރޝަން ނިޒާމުގެދަށުން ޢަމަލުކޮށް ޝަރީއަތްކުރުމުގެ ބަދަލުގައި‬ ‫އެހެނިހެން ގިނަ ފިޔަވަޅުތަކެއް އަޅައިފައިވެއެވެ‪.‬‬ ‫‪1111‬ޤާނޫނު ނަންބަރު ‪( 18/2019‬ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގައި‪ ،‬ޤާނޫނާ ޚިލާފުވާ ކުޑަކުދިންނާމެދު ފިޔަވަޅު އެޅުމުގައި‪،‬‬ ‫އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ކުރެވުނު ޢަމަލަށް ޒިންމާ ނަގައި‪ ،‬ކުއްޖާ ކުރި ޢަމަލުގެ ބާވަތަށް‬ ‫ބަލައި‪ ،‬މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ބަދަލުގައި‪ ،‬ކުއްޖާގެ ޢާއިލާއާއި މުޖުތަމަޢުގެ ބައިވެރިވުމާއެކު ކުއްޖާ އިޞްލާޙުކޮށް‪،‬‬ ‫ހެޔޮގޮތުގައި މުޖުތަމަޢަށް އަނބުރާ ގެނައުމަށްޓަކައި އެޅެންހުރި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް އިސްކަންދީފައިވެއެވެ‪.‬‬ ‫ޤާނޫނު ނަމްބަރު (‪ )18/2019‬ކުޑަކުދިންގެ އަދުލުގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން‪ ،‬ޖުވެނައިލް ޑައިވަރޝަން ނިޒާމުގެދަށުން‬ ‫ޢަމަލުކޮށް ޝަރީޢަތްކުރުމުގެ ބަދަލުގައި އެހެނިހެން ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ‪ .‬ޖުވެނައިލް ކޯޓުގައި ކުރިއަށް ގެންދިޔަ‬ ‫ކުޑަކުއްޖެއްގެ މައްސަލައެއްގައި ހިއުމަން ރައިޓްސް ކޮމިޝަނުން ދީފައިވާ ހުށަހެޅުމާ އެއްގޮތަށް‪ ،‬ކުއްޖާ ބަންދުކޮށްފައިވާ ބަންދު‬ ‫މަރުކަޒަކީ‪ ،‬ކުޑަކުދިން ބަންދުގައި ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށްވާތީ ކުއްޖާގެ ބަންދަށް ލުޔެއްދީ ޝަރުޠުތަކާއެކު‬ ‫އެކުއްޖާ ގޭބަންދަށް ބަދަލުކުރުމަށް ނިންމާފައިވެއެވެ‪.‬‬ ‫‪1212‬ޤާނޫނު ނަންބަރު ‪( 19/2019‬ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) އާއި ‪( 18/2019‬ކުޑަކުދިންގެ ޢަދުލުގެ‬ ‫ޤާނޫނު) ފާސްވެގެން ދިއުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ‪.‬‬ ‫ނަމަވެސް‪ ،‬ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އަދިވެސް ފެންމަތިވަމުންދާއިރު އެކުދިންގެ ރައްކާތެރިކަން ކަށަވަރުނުވާކަން‬ ‫ދޭހަވާ މައްސަލަތައް މުޖްތަމަޢުން ފެންނަމުންދެއެވެ‪ .‬އެގޮތުން މި ރިޕޯޓުގައި ހިމަނާފައިވާނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ‬ ‫މައްސަލަތަކުގެ އިތުރުން ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމާއި ކުޑަކުދިންގެ ޢަދުލުގެ ނިޒާމްގެ ތެރެއިން ފާހަގަކުރެވިފައިވާ‬ ‫މައްސަލަތަކެވެ‪.‬‬ ‫‪16‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬

اختر الفقرة المستهدفة3