‫)މ(‬ ‫އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން‪ ،‬ދިވެހި ރައްޔިތުންނާއި‪ ،‬ރާއްޖޭގައި‬ ‫ދިރިއުޅޭ އެހެނިހެން މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުވައި‪ ،‬އެ‬ ‫ޙައްޤުތަކަށް ޙުރްމަތްތެރިކޮށް ހިތުމުގެ ރޫޙު އާލާކުރުން؛‬ ‫)ފ(‬ ‫އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުން؛‬ ‫)ދ(‬ ‫ކޮމިޝަނަށް‬ ‫އިންސާނީ‬ ‫ޙައްޤުތައް‬ ‫ޙިމާޔަތްކުރުމުގެ‬ ‫ގޮތުން‬ ‫ފެންނަ‬ ‫ޚިޔާލުތަކާއި ހުށަހަޅާ ހުށަހެޅުންތައް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން‬ ‫އާންމުކުރުން؛‬ ‫)ތ(‬ ‫އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި‪ ،‬މަތީގައިވާ ކަންތައްތަކުގެ‬ ‫އިތުރުންވެސް‪ ،‬ކުރަންޖެހޭ ކަންކަން ކުރުން‪.‬‬ ‫ކޮމިޝަނުގެ ބާރުތައް‬ ‫‪.21‬‬ ‫ކޮމިޝަނުގެ‬ ‫މަސްއޫލިއްޔަތުތައް‬ ‫އަދާކުރުމަށްޓަކައި‪،‬‬ ‫އަންނަނިވި‬ ‫ބާރުތައް‬ ‫ކޮމިޝަނަށް ލިބިގެންވެއެވެ‪.‬‬ ‫)ހ(‬ ‫ނ‬ ‫މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާ ީ‬ ‫ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް‪ ،‬ނުވަތަ އެފަދަ ކަމަކަށް‬ ‫އެހީތެރިވެއްޖެ ކަމަށްބުނެ‪ ،‬އެމީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން‬ ‫އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ‪ ،‬ނުވަތަ‬ ‫ކޮމިޝަނަށް އެފަދަކަމެއް ހިނގާކަމަށް‪ ،‬ނުވަތަ ހިނގާފައިވާކަމަށް ގަބޫލު‬ ‫ކުރެވިއްޖެނަމަ‪ ،‬އެ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬މި ބުނެވުނުފަދަ‬ ‫ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި‬ ‫އިހުމާލުވެފައިވާކަމަށް ބުނެ‪ ،‬މީހަކު އަމިއްލައަށް ނުވަތަ އޭނާގެ ފަރާތުން‬ ‫އެހެން މީހަކު ނުވަތަ ޖަމާޢަތަކުން މައްސަލައެއް ހުށަހަޅައިފިނަމަ‪ ،‬އެ‬ ‫މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬މި ޤާނޫނުގެ ދަށުން އަޅަންޖެހޭ‬ ‫ފިޔަވަޅުތައް އެޅުން؛‬ ‫)ށ(‬ ‫އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް‬ ‫ނިގުޅައިގަތުމުގައި‬ ‫ބައިވެރިވެއްޖެކަމަށް‪،‬‬ ‫ނުވަތަ‬ ‫އެފަދަ‬ ‫ކަމަކަށް‬ ‫އެހީތެރިވެއްޖެކަމަށް ކޮމިޝަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ‬ ‫މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް‬ ‫ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް‬ ‫ކޮމިޝަނަށް ފެނިއްޖެނަމަ‪ ،‬އެ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬މި‬ ‫‪11‬‬

Выберите целевой абзац3