‫މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬ބުނެވިދިޔަ ފަދަ ކަމެއް ހުއްޓުވުމަށް‬ ‫ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް‬ ‫ކޮމިޝަނަށް ފެނިއްޖެނަމަ‪ ،‬އެ މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި‪ ،‬މި‬ ‫ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން؛‬ ‫)ނ( ރާއްޖޭގައި ޢަމަލު ކުރެވޭ އެއްވެސް އިދާރީ އުސޫލަކީ‪ ،‬އެއްވެސް މީހަކަށް‬ ‫ލިބިދޭ‬ ‫އިންސާނީ‬ ‫ޙައްޤަކާ‬ ‫ޚިލާފު‬ ‫އުސޫލެއްކަމަށް‬ ‫ބުނެ‬ ‫ހުށަހަޅާ‬ ‫ޝަކުވާތައް ބަލައި‪ ،‬ތަޙްޤީޤު ކުރުމާއި‪ ،‬މިޤާނޫނުގެ ދަށުން އަޅަންޖެހޭ‬ ‫ފިޔަވަޅުތައް އެޅުން؛‬ ‫)ރ(‬ ‫ސަރުކާރުގެ‬ ‫އިދާރާއަކުން‬ ‫އަމިއްލަ‬ ‫ނުވަތަ‬ ‫ފަރާތަކަށް‬ ‫ނިސްބަތްވާ‬ ‫އިދާރާއަކުން ނަމަވެސް‪ ،‬އިންސާނީ ޙައްޤުތަކާ ޚިލާފަށް ކަމެއް ހިންގާ‬ ‫ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި‪ ،‬އެކަމާ ގުޅޭގޮތުން އަޅަން‬ ‫ކޮމިޝަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން އެއިދާރާއަކަށް ލަފާދިނުން؛‬ ‫)ބ(‬ ‫އިންސާނީ ޙައްޤުތަކުގެ ރޫޙު ދިވެހިރާއްޖޭގައި އާލާކުރުމާއި‪ ،‬އެޙައްޤުތައް‬ ‫ރައްކާތެރިކުރުމާއި‪ ،‬ދެމެހެއްޓުމާއި ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން‬ ‫ކުރުން؛‬ ‫)ޅ(‬ ‫ސަރުކާރުން އެކުލަވާލާ ޤާނޫނުތަކާއި ގަވާއިދުތަކާއި‪ ،‬އިދާރީ އުސޫލުތައް‬ ‫އެކުލަވާލުމުގައި‪ ،‬އިންސާނީ ޙައްޤުތަކުގެ ރޫޙު އާލާކުރުމާއި‪ ،‬ޙިމާޔަތް‬ ‫ކުރުމާއި ދެމެހެއްޓުމުގެ ގޮތުން‪ ،‬ދޭންޖެހޭ މަޝްވަރާއާއި ލަފާ ސަރުކާރަށް‬ ‫ދިނުން؛‬ ‫)ކ(‬ ‫ރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކާއި‪ ،‬އިދާރީ އުސޫލުތަކުގެ‬ ‫ތެރޭގައި އިންސާނީ ޙައްޤަކާ ޚިލާފަށް ކަންތައްތަކެއް ހުރިނަމަ އެކަންކަން‬ ‫ފާހަގަކޮށް‪ ،‬ސަރުކާރަށް ހުށަހެޅުން؛‬ ‫)އ(‬ ‫އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އެކިއެކި‬ ‫މުޢާހަދާތަކާއި އެއްބަސްވުންތަކުގައި‪ ،‬ރާއްޖެ ބައިވެރިވުމުގައާއި‪ ،‬އެފަދަ‬ ‫މުޢާހަދާތަކާއި‬ ‫އެއްބަސްވުންތައް‬ ‫ރާއްޖޭން‬ ‫ތަޞްދީޤު‬ ‫ކުރުމުގައި‪،‬‬ ‫ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމާއި‪ ،‬ހުށަހަޅަންޖެހޭ ހުށަހެޅުންތައް‬ ‫ސަރުކާރަށް ހުށަހެޅުން؛‬ ‫)ވ(‬ ‫އަލަށް އެކުލަވާލެވޭ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތައް އެކުލަވާލުމުގައި‬ ‫ޢަމަލީގޮތުން އެހީތެރިވެ‪ ،‬ބައިވެރިވުން؛‬ ‫‪10‬‬

Выберите целевой абзац3