‫ ‪233.‬ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން‪ ،‬ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ދިވެހިރާއްޖެއިން‬ ‫ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގައި ބަޔާންކޮށްފައިވާ ޙައްޤުތައް އަނިޔާލިބޭ ފަރާތަށާއި ދަޢުވާކުރާ ފަރާތަށާއި‬ ‫ދިފާޢީ ވަކީލުންނަށާއި‪ ،‬ޝަރީޢަތްތައް އަނޑުއެހުމަށް ހާޒިރުވާ މީޑިއާގެ ފަރާތްތަކާއި‪ ،‬ޢާންމުންނަށް ޝަރުޢީ މަރުހަލާގައި ލިބިދޭކަން‬ ‫ކަށަވަރުކުރުމުގެ ގޮތުން‪ ،‬ޝަރީޢަތްތައް ކުރިއަށްދާ ގޮތް އޮބްޒަރވްކޮށް އިންސާނީ ޙައްޤުތަކުގެ ނަޒަރުން އިޞްލާޙުކުރަން ފެންނަ‬ ‫ކަންކަން ކޯޓުތަކަށާއި‪ ،‬ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި‪ ،‬އެޓަރނީ ޖެނެރަލްގެ އޮފީހަށާއި‪ ،‬ޑިޕާޓްމަންޓް އޮފް ޖުޑިޝަލް‬ ‫އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުގެ ގޮތުން‪ ،‬ކޯޓު މޮނިޓަރިންގ ޙަރަކާތް ކޮމިޝަނުން ކުރިއަށްގެންދާނެ ގޮތުގެ ކޮންސެޕްޓެއް‬ ‫އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމުގައި ފާހަގަކުރަމެވެ‪.‬‬ ‫‪347‬‬ ‫ ‪234.‬ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ ކަންޓްރީ ރިޕޯޓް އޮން ހިއުމަން ރައިޓްސް ޕްރެކްޓިސަސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި‪،‬‬ ‫މަދަނީ ޖަމްޢިއްޔާތަކުގެ ފަރާތުން މަޢުލޫމާތު ދީފައިވާގޮތުގައި‪ ،‬ޝަރުޢީ ދާއިރާގައި ހުރި މައްސަލަތައް ބެލުމުގައި ޖުޑީޝަލް‬ ‫ސަރވިސް ކޮމިޝަނުން އެދެވޭ ކުރިއެރުންތައް ހޯދާފައިވީނަމަވެސް‪ ،‬ބައެއްފަހަރު މައްސަލަތައް ބެލުމުގައި ދިގު މުއްދަތެއް‬ ‫ހޭދަވާކަމާއި‪ ،‬އެ މައްސަލަތައް ބަލަމުންދާ މުއްދަތުގައި ގާޒީން ބެންޗުގައި ދެމިހުރުމުގެ ފުރުސަތު ދީފައިވާވުމަކީ ވަކިގޮތަކަށް‬ ‫ޝަރީއަތް ކުރިއަށްގެންދިއުމަށް ނުފޫޒު ފޯރުވިދާނެކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪348‬‬ ‫ ‪235.‬ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުންނާއި‪ 349،‬ޢާންމު ރައްޔިތުންނާއި‪ 350،‬ސަރުކާރުގެ އޮފިޝަލުންނާއި‪ ،‬މެޖިސްޓްރޭޓުންނާއި‪،‬‬ ‫ސ‪ 352‬ޝަރުޢީ ނިޒާމުގެ ނަޒާހަތްތެރިކަމާއި‪ ،‬މިނިވަންކަމާއި‪،‬‬ ‫ޤާނޫނީ ވަކީލުންނާއި‪ 351،‬ސިޔާސީ މީހުންނާއި‪ ،‬ރައީސުލްޖުމްހޫރިއްޔާވެ ް‬ ‫ޒިންމާދާރުކުރުވުމާއި‪ ،‬ރައްޔިތުންނަށް ފުރިހަމަގޮތުގައި މި ނިޒާމަށް ވާސިލުވުމާގުޅޭ ކަންބޮޑުވުންތައް ފާޅުކޮށްފައިވާކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪353‬‬ ‫ ‪236.‬ޝަރީޢަތުގައި ހިންގާ މައްސަލަތައް ގިނަފަހަރަށް ދިގުލައިގެންދާކަމާއި‪،‬‬ ‫‪354‬‬ ‫ކްރިމިނަލް ކޯޓުގައި ‪ 2019‬ވަނަ އަހަރުގައި‬ ‫‪ 1،910‬މައްސަލައެއް ބެކްލޮގްވެފައި ހުރިއިރު‪ ،‬މީގެތެރޭގައި ‪ 10‬އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތައްވެސް ހުރިކަން‬ ‫ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪355‬‬ ‫ ‪237.‬ޔޫއެންޑީޕީ މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ ‘ރީސަރޗް އޮން ވިމެންސް އެކްސެސް ޓު ޖަސްޓިސް’ އިން ދައްކާގޮތުގައި‬ ‫އަންހެނުންނަށް ޢަދުލު އިންޞާފު ލިބުމުގައި ހުރި ގޮންޖެހުންތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ފޯރަނީ ހަމައެކަނި އެ‬ ‫އިންޞާފު ހޯދާ އަންހެނުންނަށް އެކަނި ނޫންކަމާއި‪ ،‬މި ކަމުގެ އަސަރު ދަރިންގެ ލާބައާއި މަންފާއަށްވެސް ކުރެއެވެ‪ .‬އިންސާފު‬ ‫ލިބޭނޭ މަގު ފަހިވެފައި ނެތުމާއި‪ ،‬އިޤްތިޞާދީ މިނިވަންކަން ލިބިފައި ނެތުމާއެކު ގިނަ ފަހަރަށް އަންހެނުންނަށް އަނިޔާވެރިވާ‬ ‫ފިރިންގެ ގާތުން ވަރިވާން ޖެހިލުންވެ‪ ،‬އެ ނިކަމެތިކަމުގައި ދިރިއުޅެމުން ގެންދިއުމަށް މަޖުބޫރު ކުރުވާކަން ވަނީ ފާހަގަކޮށްފައެވެ‬ ‫‪356‬‬ ‫ ‪238.‬ޝަރުޢީ ކޯޓުތަކުގައި ޝަރީއަތްތައް ކުރިއަށްދާގޮތް އޮބްޒަރވްކޮށް އިޞްލާޙު ހުށަހަޅާފައިވާނެކަމާއި‪ ،‬ކޮމިޝަނުން ހުށަހަޅާފައިވާ‬ ‫އިޞްލާޙުތައް ތަންފީޛުކުރެވޭ މިންވަރު ދެނެގަތުމުގެ މަސައްކަތް ވަނީ ކުރެވިފައެވެ‪.‬‬ ‫ ‪239.‬ޢަދުލުވެރިކަމާއެކު ޝަރީޢަތް ނުކުރާކަމަށްބުނެ ‪ 7‬މައްސަލައެއް ކޮމިޝަނަށް ހުށައަޅާފައިވެއެވެ‪ .‬ހުށައެޅިފައިވާ މައްސަލަތަކުގެ‬ ‫އަޞްލަކީ ޝަރީޢަތް ލަސްވުންކަމަށް ވީހިނދު‪ ،‬މި މައްސަލައަކީ ދާއިމީ ޙައްލެއް ލިބިގެން މެނުވީ ޙައްލުނުކުރެވޭނެ މައްސަލައެއްކަން‬ ‫ކޮމިޝަނުގެ ތަޙްޤީޤުތަކަށްވަނީ ފާހަގަކުރެވިފައެވެ‪ .‬އަދިހަމަ އެހެންމެ‪ ،‬މިފަދަ މައްސަލައެއްގައި ޝަރީޢަތް ނިމުމަށްފަހު ޙުކުމް‬ ‫ނުކޮށް ލަސްވުމުގެ ސަބަބުން ޙައްޤު ގެއްލިފައިވާކަމަށް ކޮމިޝަނުގެ ތަޙްޤީޤަށްފަހު ވާނީ ނިންމާފައެވެ‪ .‬ޝަރީޢަތް ކުރުމާބެހެޭ‬ ‫ޤަވާޢިދުގައިވާ މުއްދަތުގައި ޝަރީޢަތުގެ ކަންކަން ފުރިހަމަކުރުމަށް ޤާނޫނު ނަންބަރު ‪( 12/2016‬ޖިނާޢީ ޢިޖުރާއަތުގެ ޤާނޫނު)ގައި‬ ‫ވެސް ބަޔާންކޮށްފައިވާ ހިނދު‪ ،‬އެގޮތުގެމަތިން ޝަރީޢަތުގެ މަޖިލިސްތަކުން ނިންމުން ނުނިންމުމުގެ ސަބަބުން އެކަމުގެ ޝަކުވާ‬ ‫ހުށައެޅިގެންދެއެވެ‪ .‬ހަމައެހެންމެ ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގެ ސަބަބަބުން ޙުކުމްކުރާ ފަރާތުގެ ޙައްޤު ގެއްލިފައިވާކަމަށްބުނެ‬ ‫‪1‬މައްސަލަ ހުށައެޅިފައިވެއެވެ‪ .‬މިފަދަ މައްސަލަތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި ކަމާގުޅުންހުރި‬ ‫އިދާރާތަކާއެކު ކޮމިޝަނުން ބޭއްވި ތަފާތު ބައްދަލުވުންތަކުގައި އެކަން ވާނީ ފާހަގަކޮށްފައެވެ‪.‬‬ ‫‪68‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައި��ްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3