ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާތިވެ،
ހެއްކާބެހޭ ބިލު ޤާނޫނަކަށް ވެގެން އަންނައިރު މިހާރު ފަރުމާކުރެވިފައިވާ ގޮތަށް ފާސްކޮށްފިނަމަ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ
ނޫސްވެރިކަމުގެ ޙައްޤަށް އުނިކަން އައުމުގެ ފުރުޞަތު ބޮޑުކަން ފާހަގަކުރެވިފައިވެއެވެ.
221.ހެއްކާބެހޭ ބިލްގެ 136ވަނަ މާއްދާގެ ދަށުން ނޫސްވެރިންގެ މަސްދަރު ހާމަކުރުމަށް ލާޒިމުކުރުމުގެ ބާރު ކޯޓުތަކަށް
ދީފައިވާތީ ،ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަސް ޖަމްޢިއްޔާއަކުން އެކަމާ
ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާން ނެރެފައިވެއެވެ.
325
13222.އަހަރުގެ ކުއްޖަކު ރަހީނުކޮށް ފުރާނަ ގެއްލުވާލާފައިވާ ހާދިސާއާބެހޭ މަޢުލޫމާތު މީޑިއާތަކުގައި ޝާއިޢުކުރުމުގައި ކުއްޖާގެ
ޒާތީ މަޢުލޫމާތާއި ކުއްޖާގެ ފޮޓޯ ޢާއްމުކޮށް މި ހާދިސާއާއި ގުޅޭ ޞައްޙަނޫން މަޢުލޫމާތު ބައެއް މީޑިއާތަކުން ގެނެސްދިންކަން
ފާހަގަކުރެވުނެވެ.
223.މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކުން މިޚަބަރު ޝާއިޢުކުރުމުގައި ޤާނޫނު ނަންބަރު 18/2019
(ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު)ގެ 15ވަނަ މާއްދާގެ (ހ)( ،ށ)( ،ރ) އަދި (ބ) އާއި ޤާނޫނު ނަންބަރު ( 19/2019ކުޑަކުދިންގެ
ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)ގެ 33ވަނަ މާއްދާއާ ޚިލާފުވާކަމަށް ބުނެ ،މިކަން ކުށްވެރިކޮށް ޝާއިޢުކޮށްފައި ހުރި
މަޢުލޫމާތުތައް ނެގުމަށް އަންގައި ،މި މައްސަލައާ ބެހޭގޮތުން އެ ކައުންސިލުން ގޮތެއް ނިންމާނެކަން ބަޔާންކޮށް 22ޖޫންގައި
ނޫސް ބަޔާން ނެރެފައިވާކަން ފާހަގަކުރެވުނެވެ.
326
224.ހަމައެހެންމެ ،ޤަވާޢިދު ނަންބަރު ( R-70/2020ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރިކުރުމުގެ ޢާއްމު ޤަވާޢިދު) ގެ 18
ވަނަ މާއްދާގެ (ށ)ގެ ( )1ގެ ދަށުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާ ޚިލާފަށް ކުޑަކުދިންގެ ޙައްޤުތަކަށް
އުނިކަން ލިބޭފަދަ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް މަޢުލޫމާތު މީޑިއާގައި އާންމުކޮށްފައިވާ މީޑިއާއެއްގެ
މައްޗަށް 2000/-ރ( .ދެހާސް ރުފިޔާ) އިން ޖުރިމާނާ ކޮށްފައިވާކަމާއި ހަމަ އެ އަކުރުގެ ( )2ގެ ދަށުން މީޑިއާތަކަށް ނަސޭހަތް
ދީފައިވާކަމަށް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނޫސް ބަޔާން ނެރެފައިވާކަން ފާހަގަކުރެވުނެވެ.
327
225.މި ބަޔާނުގައި ބަޔާންކުރާ ގޮތަށް މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މީޑިއާތަކާ މެދު
ފިޔަވަޅުއެޅުމުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ،އެފަދަ ފިޔަވަޅެއް އުޅުމުގެ އިޚްތިޞާޞް
ލިބިގެންވަނީ މީޑިއާ ކައުންސިލަށްކަމަށް ބުނެ އެ ކައުންސިލާ މަޝްވަރާނުކޮށް ،މިކަމާ ގުޅޭ އެސެސްމެންޓެއް އެކައުންސިލުން
ހަދަމުންދަނިކޮށް އެފަދަ ފިޔަވަޅެއް އެޅުމުން އެކަން ކުށްވެރިކޮށް ނޫސްބަޔާން ނެރެފައިވާކަން ފާހަގަކުރެވުނެވެ.
328
ހަމައެހެންމެ،
މީޑިއާތަކަށް ފިޔަވަޅު އަޅާފައިވަނީ ކޮން ޚަބަރުތަކަކާ ގުޅިގެންކަން އެނގެން ނެތް ކަމަށާއި މި މަޢުލޫމާތު ސާފުކުރުމަށް ޗައިލްޑް
އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް އެދުމުން އެމަޢުލޫމާތު ހިއްސާކޮށްފައިނުވާކަމާއި އެހެންކަމުން މި ހާދިސާއާ ގުޅިގެން
ހަދާ އެސެސްމެންޓް ހެދުމަށް ދަތިވާކަމަށް ބުނެ މީޑިއާ ކައުންސިލުން ޓްވީޓް ކޮށްފައިވާކަން ފާހަގަކުރެވުނެވެ.
329
226.މި ހާދިސާއާ ގުޅިގެން މީޑިއާތަކުން ކުރިން ޝާއިޢުކޮށްފައިވާ ކުއްޖާގެ ފޮޓޯ އާއި ޒާތީ އަދި ސައްޙަނޫން މަޢުލޫމާތު ހުރި
ޚަބަރުތައް މިހާރު ނަގާފައިވާކަން ފާހަގަކުރެވިފައިވެއެވެ.
227.ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި 1މައްސަލަ ކޮމިޝަނުން އިސްނަގައިގެން ތަޙްޤީޤް ކޮށްފައިވެއެވެ .އެގޮތުން
ތަޙްޤީޤް ކުރެވުނު މައްސަލައިގެ ތެރެއިން ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި،
●މައްސަލާގައި ޙައްޤު ގެއްލިފައިވާ ކަމަށް ބުނާ ފަރާތުން މިމައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ޙިއްސާކޮށްފައިނުވުމާއި،
އަދި ދިވެހިރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ވަގުތެއްގައި ،ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ
ޤަނޫނާއި ،އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ޤަވާޢިދުތަކާ ޚިލާފަށް އެއްވެސް ގައިދުރުކަމެއްނެތި އެއްވެ އުޅުމާއި ،އަދި ޢާއްމުން
އެއްވާ ތަނެއްގެ ހަޑިހުތުރު ބަހުން މުޢާމަލާތުކޮށް ،ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުންނާ ދިމާއަށް ހަޑިހުތުރު
ބަހުން މުޢާމަލާތުކޮށް ޢާއްމު އިޖްތިމާޢީ މިންގަނޑާ ޚިލާފަށް ބަސްމަގު ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވިފައިވާކަން
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
65