‫‪ 28‬ވަނަ މާއްދާގައި ބަޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމާއި‪ 29 ،‬ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ލިބުމާއި ފެތުރުމުގެ‬ ‫މިނިވަންކަމާ އަދި އދ‪ .‬ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ‪ 19‬ވަނަ މާއްދާގެ (‪ )1‬އަދި (‪)2‬‬ ‫ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޙަވާލާދީފައިވާނެއެވެ‪ .‬އަދި ހަމަ އެއާއެކު‪ ،‬ޤާނޫނަކުން‬ ‫ނަފްރަތުގެ ކުށުގެ ގޮތުގައި ޢަމަލުތަކެއް ކަނޑައަޅާއިރު‪ ،‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ‪ 16‬ވަނަ މާއްދާއާއި‬ ‫އ‪.‬ދ‪ .‬ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ‪ 19‬ވަނަ މާއްދާގެ (‪ )3‬އަދި ‪ 20‬ވަނަ މާއްދާގައި‬ ‫ބުނާ ހަމަތަކުގެ މަތިން ޤާނޫނު އެކުލާވާލުމަށްޓަކައި ރިޢާޔަތްކުރަން ޖެހޭނެ ޢަސާސްތަކާއި ހަމަތަކަށް ބިނާކޮށް ލަފާދީފައި ވާނެއެވެ‪.‬‬ ‫ ‪209.‬މީގެ އިތުރުން‪ ،‬މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ‪ 20‬ވަނަ މާއްދާގައި ވަކި ޤައުމެއްގެ ނުވަތަ‬ ‫ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި‪ ،‬ނަފްރަތާއި ފަސާދައަށް ބާރުއެޅުމުގެ‬ ‫ސަބަބުން އެބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ޤާނޫނުން މަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު‪ ،‬މި‬ ‫މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ ތެރެއިން ‘ކެމްޑެން ޕްރިންސިޕަލްސް’ގެ ‪ 12‬ވަނަ ޤާއިދާގައާއި‬ ‫އ‪.‬ދ‪ .‬ގެ ‘ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗް’ ގައި ބުނާ މިންގަނޑުތަކުގައި ނަފްރަތުގެ ޢަމަލެއް‬ ‫ނަފްރަތުގެ ކުށަކަށް ހެދުމުގައި ފުރިހަމަ ވާންޖެހޭ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަމަށް ރިޢާޔަތްކޮށް ލަފާދީފައިވާނެއެވެ‪.‬‬ ‫އަދި ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފްރަތުގެ އަމަލުތައް މަނާކުރުމާ ގުޅޭގޮތުން އ‪.‬ދ‪ .‬އިން އެކުލަވާލާފައިވާ‬ ‫‘ރަބާތް ޕްލޭން އޮފް އެކްޝަން’ ގައި ހިމެނޭ ‘‪ 6‬ޕާޓް ތްރެޝްހޯލްޑް ޓެސްޓް’ އާ އެއްގޮތްވާ ގޮތުގެމަތިން ވަކި ޢަމަލަކީ‬ ‫ނަފްރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެ މިންގަނޑުތައް ބޭނުންކުރުމަށާއި ބައިނަލްއަޤްވާމީ ‘ގުޑް ޕްރެކްޓިސް’ ގައި‬ ‫ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ ‪ 28 ،27‬އަދި ‪ 29‬ވަނަ މާއްދާގައި‬ ‫ކަށަވަރުކޮށްދޭ ޙައްޤުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެމަތިން މިބިލުގެ މާއްދާތައް އިޞްލާޙުކުރުމަށްވެސް ކޮމިޝަނުން‬ ‫ވާނީ ހުށަހަޅާފަ އެވެ‪.‬‬ ‫ ‪ 2013210.‬ވަނަ އަހަރުން ފެށިގެން ‘ވަރލްޑް ޕްރެސް ފްރީޑަމް އިންޑެކްސް’ގައި ރާއްޖޭގެ ރޭންކް ދަށްވަމުންގޮސް ‪ 2018‬ވަނަ‬ ‫އަހަރު ‪ 120‬ވަނައިގައި އޮތުމަށްފަހު ‪ 2019‬އިން ފެށިގެން ކޮންމެ އަހަރަކު މަތިވަމުން ގޮސް ‪ 2021‬ގައި ވޯލްޑް ޕްރެސް‬ ‫ފްރީޑަ��ް އިންޑެކްސްގައި ދިވެހިރާއްޖެގެ ރޭންކް ވަނީ ‪ 72‬އަށް މައްޗަށް އަރާފައެވެ‪.‬‬ ‫‪314‬‬ ‫‪ 14.1‬ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ ޢަމަލުތައް‬ ‫ ‪211.‬ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ އަމަލުތައް ކުރާކަމަށް އެންމެ ގިނައިން ފާހަގަކުރެވޭ ގްރޫޕްތަކުގެ ތެރޭގައި‬ ‫ގޭންގް އަދި ކުށްކުރާ ޖަމާއަތްތަކާއި‪ ،‬ސިޔާސީ ޕާޓީތަކާއި‪ ،‬މަޖްލިސް މެންބަރުންނާއި‪ ،‬ދީނީ ލީޑަރުން އަދި ދީނީ ގްރޫޕްތަކާއި‬ ‫ފުލުހުންނާއި ސަރުކާރުގެ އިސްވެރިން ހިމެނޭކަމަށް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުން “ޗޭސިންގ ޖަސްޓިސް‪:‬‬ ‫ސްޓަޑީ އޮން އިމްޕިއުނިޓީ ފޯ ކްރައިމްސް އަގެއިންސްޓް ޖަރނަލިސްޓްސް”ގެ ނަމުގައި މިއަހަރު އެކުލަވާލާފައިވާ ރިޕޯޓުގައި‬ ‫ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪315‬‬ ‫ ‪212.‬ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ‪ 60%‬ނޫސްވެރިންނަށް އޮންލައިކޮށް ވަޔަލަންސާއި ކުރިމަތިލާން ޖެހިފައިވާއިރު‪38% ،‬‬ ‫ނޫސްވެރިންނަށް އޮފްލައިންކޮށް ވަޔަލަންސާއި ކުރިމަތިލާން ޖެހުނުކަން މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫މާރާމާރީއާއި ޤާނޫނާ ޚިލާފަށް ހައްޔަރުކުރުމާއި‪ ،‬ބިރުދެއްކުމާއި ފުރައްސާރަކުރުން އަދި‬ ‫‪ digital attacks‬ހިމެނޭކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪316‬‬ ‫މީގެތެރޭގައި‬ ‫‪hacking‬އާއި ‪ phishing‬ފަދަ‬ ‫‪317‬‬ ‫ ‪213.‬ސިޔާސީ ކޮރަޕްޝަންގެ ވާހަކަތައް ރިޕޯޓުކުރާ ނޫސްވެރިންނަށް ބިރުދައްކާ އެމީހުންގެ މަސައްކަތަށް ބާރުފޯރުވަން އުޅޭކަން‬ ‫މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪318‬‬ ‫ ‪214.‬އަންހެން ނޫސްވެރިންގެ ތެރެއިން ‪ 29%‬އޮންލައިން ވަޔަލަންސާއި ކުރިމަތިލާން ޖެހިފައިވާއިރު‪ 21% ،‬އަންހެން ނޫސްވެރިން‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬ ‫‪63‬‬

Select target paragraph3