.13އަމިއްލަ މުދަލާއި ޢާއިލާގެ ޒާ ީތ މިނިވަންކަން
ވ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ .އަދި މި
ޤާނޫނު އަސާސީގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައި ާ
ގޮތުގެމަތިން ،ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި ،ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އަނެކުންގެ
311
ކކީ ޒިންމާއެކެވެ.
ގޯތި ގެދޮރާއި ،އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަ ަ
206.ފުލުހުންގެ ޤާނޫނުގެ ދަށުން އެކުލަވާލެވުނު ،ތަޙުޤީގުކުރުމުގެ ޚާއްޞަ އުކުޅު ބޭނުން ކުރުމުގެ ޤަވާޢިދުގެ (ޤަވާޢިދު ނަންބަރު:
)R-116/2021
312
ދަށުން ،ތުހުމަތު ކުރެވޭ މީހުން އުޅޭ ނޫޅޭ ގޮތް ބެލުމަށް ސިއްރުން މޮނިޓަރ ކުރުމާއި ،ގޭގެ އާއި
އުޅަނދުތަކުގައި ކެމެރާއާއި އެހެން ވެސް ވަސީލަތްތައް ބޭނުންކޮށްގެން އެ މީހުން ދައްކާ ވާހަކަ އަޑުއެހުމާއި ބެލުމުގެ އިތުރުން
މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ބެލުމުގެ ބާރާއި ،ކުށް ކުރަނިކޮށް އަތުލައި ގަތުމަށްޓަކައި ސްޓިންގ އޮޕަރޭޝަން ހިންގުމުގެ
ބާރު ވެސް ފުލުހުންނަށްވަނީ ދީފައެވެ .މި ޤަވާޢިދުގެ ދަށުން ،ގޭގެ އާއި އުޅަނދުތަކުގައި ކެމެރާއާއި އެހެން ވަސީލަތްތައް ހަރު
ކުރުމާއި މުވާސަލާތީ ވަސީލަތްތައް އަޑުއެހުމާއި ބެލުން ފަދަ ކަންކަން ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ .އަދި މޮނިޓަރ
ކުރުމާއި އޮޅުވާލައިގެން މުއާމަލާތު ކުރުމާއި ސްޓިންގ އޮޕަރޭޝަން ހިންގޭނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ
އެއަށް ވުރެ މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިގެންނެވެ.
313
207.މުދާ ހޯދައި މުދާ ގެންގުޅުމުގެ ޙައްޤުގެ ދާއިރާއިން 2މައްސަލައެއް ކޮމިޝަނަށް ހުށައެޅިފައިވެއެވެ .އެގޮތުން އަންހެން
ޑްރައިވަރެއްކަމުގައިވާ އާމިނަތު ވަހީދާއަށް ފުރައްސާރަކުރަމުންދާތީއާއި ތަކުރާރުކޮށް އޭނާގެ ކާރަށް
އެކިފަހަރުމަތިން ބަޔަކު
ގެއްލުންދޭ މައްސަލައަކާއި ،އަދި އަމިއްލަ ފަރުދެއްގެ ޒާތީ ލިޔެކިޔ��ންތައް ކައުންސިލް އިދަރާއަކުން ހިފަހައްޓާފައިވާ މައްސަލައެކެވެ.
.14މައުލޫމާތު ހޯދު ާމއި ޚިޔާލު ާފޅުކުރުމުގެ މިނިވަންކަ ާމއި ނޫސްވެރިކަމުގެ މިނިވަންކަން
ޤާނޫނުއަސާސީގެ 27ވަނަ މާއްދާގެ ދަށުން
މިނިވަންކަމާއެކު ފިކުރުކުރުމާއި ،އިސްލާމްދީނުގެ އަޞްލަކާ
ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ
ގޮތްތަކާއި ،ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް
ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ
ލިބިގެންވެއެވެ.
މަދަނީ އަދި ސިޔާސީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ
މުޢާހަދާގެ 19ވަނަ މާއްދާގެ ދަށުން ހަމަ ކޮންމެ މީހަކަށްމެ،
އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ދުށުމުގެ ޙައްޤު
ލިބިގެންވެއެވެ .އަދި އެހެންމީހުންގެ ޙައްޤުތަކަށާއި ޢަބުރަށް
އިހްތިރާމްކުރަންވާނެއެވެ.
208.ޤާނޫނު ނަންބަރު ( 9/2014ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)އަށް އިޞްލާޙު ހުށަހެޅުމުގެ ބިލް އިންސާނީ ޙައްޤުތަކުގެ ނަޒަރުން
ރިވިއުކުރުމަށްފަހު ގެންނަން ފެންނަ އިޞްލާޙުތައް ކޮމިޝަނުން ހުށަހަޅާފައިވާނެއެވެ .މިގޮތުން ނަފްރަތުގެ ޢަމަލުތައް ހުއްޓުވައި،
އެފަދަ ޢަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށްޓަކައި ޤާނޫނު ނަންބަރު ( 9/2014ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު
ގެނައުމުގެ ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް 24ޖޫން 2021ގައި
އިޞްލާޙުތަކެއް ހުށަހަޅާފައިވާނެއެވެ .މިބިލަށް އިޞްލާޙު ހުށަހެޅުމުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގައި ޢަމަލު
ކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ އިތުރުން ،ދިވެހިރާއްޖެ ސޮއިކޮށް ތަސްދީޤުކޮށްފައިވާ މުޢާހަދާތަކާއި އަދި އެ މުޢާހަދާތަކާ
ގުޅިގެން ހަދާފައިވާ އ.ދ .ގެ މިންގަނޑުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ރިޢާޔަތްކޮށްފައިވާނެއެވެ.
އެގޮތުން ،ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި،
62
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ