އިންސާނުންގެ ވަގުފާރީގެ މައްސަލައަކީ ހަމައެކަނި ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ މައްސަލައެއްގެ ގޮތުގައި
ސިފަކޮށް އަދި އަދި މި ނުބައި ޖަރީމާ ހިންގާ ދިވެހިންނާމެދު ފިޔަވަޅު އެޅިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
286
މޯލްޑިވްސް ބިއުރޯ
އޮފް ސްޓެޓިސްޓިކްސް އިން ޝާއިޢުކޮށްފައިވާ އަހަރީ ތަފާސް ހިސާބުތައް ދައްކާގޮތުގައި 2019ވަނަ އަހަރު އިންސާނުންގެ
ވަގުފާރީގެ 3މައްސަލައެއް ކޯޓުތަކަށް ހުށަހެޅިފައިވާކަމާއި 1މައްސަލައެއް ނިމިފައިވެއެވެ.
ވަނީ ބިދެސީއެކެވެ.
287
މި މައްސަލައިގައި ވެސް ޝާމިލް
288
194.ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި 23މައްސަލަ ހުށަހެޅިފައިވެއެވެ .އެގޮތުން ހުށަހެޅިފައިވާ މައްސަލަތަކުން ފާހަގަވާ
ކަންކަތައްތަކުގެ ތެރޭގައި،
●ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުން އަންނަ ރަށެއްގައި 198ބިދޭސީ މުވައްޒަފުންތަކަކަށް ގިނަ ދުވަސްތަކެއް ވަންދެން
މުސާރަ ނުދީ ހިއުމަން ޓްރެފިކިންގ ގެ ޢަމަލު ހިންގާފައިވާ މައްސަލައަކާ ގުޅިގެން މައްސަލާގައި އިހުމާލުވެފައިވާ ފަރާތުގެ
މައްޗަށް ކުރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާކަން
●ހިއުމަން ޓްރެފިކިންގ ޢަމަލު ފާހަގަކުރެވިފައިވާކަން ،އެގޮތުން ބިދޭސީން ރާއްޖެގެނެސް ޕާސްޕޯޓް އަތުލައި ،ވިސާ ނުނަގައި
އޮތުމުން އެފަރާތްތައް މަގުމަތިވެ ބައެއް ފަހަރު ޞިއްޚީ ޚިދުމަތްދޭ ތަންތަނުން ފަރުވާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަމާ
އަދި ބައެއްފަހަރު އެފަރާތްތައް ޑޮކްޓަރަށް ނުގޮސް ތިބުމުގެ ސަބަބުން ޞިއްޚީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން
●ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔެކިޔުމެއް އަތުގައި ނެތުމުގެ ސަބަބުން ޑޮކްޓަރަށް
ދެއްކުމާއި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުން ފަދަ ކަންކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން؛
●ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް އައުމަށް އެހީތެރިވެދިން “އޭޖަންޓުން” އެފަރާތްތަކަށް ވިސާއަކާނުލައި ރާއްޖެއަށް
އައިސް މަސައްކަތްކުރެވޭނެކަމަށް ބުނެ މަޢުލޫމާތު ދޭކަމާއި ،އަދި ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި
އެ ފަރާތްތައް ނިސްބަތްވާ ގައުމުގެ އެމްބ��ސީތަކުން އެ ފަރާތްތަކަށް އެހީތެރިވުމުގައި ފަރުވާކުޑަކުރާކަމުގެ ޝަކުވާ ކުރަމުން
ގެންދާކަން.
●ބިދޭސީ މަސައްކަތްތެރިން ރާއްޖެއަންނަނީ ވަރަށް ބޮޑު ޚަރަދެއްކޮށްފައިކަމަށްވުން ،ދިވެހިރާއްޖެއަށް އައުމަށް އެހީތެރިވެދިން
“އޭޖެންޓުން” ލިބޭނެކަމަށް ބުނާ މުސާރަ ނުލިބުމުން ،ގައުމަށް ފޮނުވުމަށް އިތުރަށް ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް
ކުރަންޖެހޭކަން،
●މަސައްކަތަށް ދިވެހިރާއްޖެއަށް ބިދޭސީ މީހާ ގެންނަ ފަރާތުން ދޭން ބުނާ އުޖޫރަ ނުލިބުމުން ،އެހެން ވަޒީފާތަކަށް ފިލައިގެން
މީހުން ދާކަމާއި އަދި ބައެއް ފަހަރު އެ ފަދަ ފަރާތްތައް މަގުމަތީގައި ސަލާންޖަހައިގެން އުޅެމުންދާކަން.
●ކޯވިޑް19-އާ ގުޅިގެން ވަޒިފާ ގެއްލި އަނބުރާ ގައުމަށް ދިއުމަށް ބޭނުންވި ފަރާތްތަކާ އަދި ބައެއް ކުންފުނިތަކުން ވަޒީފާއިން
ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލި ފަރާތްތަކުގެ ޓިކެޓް އަދި ކޯވިޑް ޓެސްޓް އެ ފަރާތްތަކުގެ އަމިއްލަ ފައިސާއިން ޚަރަދުކޮށްގެން
ކުރަންޖެހުނުކަން.
●ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންގެންދާ ބައެއް ބިދޭސީން ބައިވެރިކުރުވައިގެން ވިޔަފާރި ކުރަމުންގެންދާ ކަމާއި އަދި ބައެއް
ފަހަރު އެފަދަ ފަރާތްތަކަށް ހިއްސާ ދޭގޮތަށް ބިދޭސީ މީހާގެ މުސާރަ ވިޔަފާރިއަށް އިންވެސްޓްކުރުމާ އަދި ފަހުން ބިދޭސީ މީހާގެ
މުސާރަވެސް އަދި ހިއްސާވެސް އެފަރާތްތަކަށް ނުދޭކަން.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
57