ދެއްކުމުގައި ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު ލިބިފައިނުވާކަން ކޮމިޝަނުގެ 1424އަށް އެކި ކަންކަމުގައި ގުޅި ފަރާތްތަކުންވަނީ
ފާހަގަކޮށްފައެވެ.
191
141.ކޯވިޑް 19-ލޮކްޑައުންގެ ހާލަތު މޮނިޓަރކުރުމަށް ،ކޮމިޝަނުން ޢާންމުކުރި ސުވާލުކަރުދާސް މެދުވެރިކޮށް ޢާއްމުން
ފޯރުކޮށްދީފައިވާ މަޢުލޫމާތުންނާއި މަޢުލޫމާތުދިން ރަށްރަށުގެ ކައުންސިލު އިދާރާތަކުން ދިން މަޢުލޫމާތުން ފާހަގަކުރެވިފައިވާ
ގޮތުގައި ،ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ފަރުވާ ،ފިޒިއޮތެރަޕީ ،ރިހެބިލިޓޭޝަންގެ ޚިދުމަތް ހޯދުމުގެ އިންތިޒާމް
ހަމަޖެހިފައިވާކަމަށް 7%މީހުން މަޢުލޫމާތު ދީފައިވާއިރު ،އަތޮޅުގެ އެހެން ރަށަކަށް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރުމުގެ
އިންތިޒާމް ކައުންސިލުން ނުވަތަ ދައުލަތުން ހަމަޖައްސާފައިވާކަމަށް 3%މީހުން ބުނެފައިވާއިރު ،މިފަދަ އެއްވެސް އިންތިޒާމެއް
ހަމަޖެހިފައި ނުވާކަމަށް 16%މީހުން ވަނީ މަޢުލޫމާތު ދީފައެވެ.
192
އަދި ކޮމިޝަނަށް މަޢުލޫމާތު ފޯރުކޮށްދީފައިވާ ފަރާތްތަކުގެ
ތެރެއިން ނަފްސާނީ ޑޮކްޓަރުންނާއި އެ ފަރާތްތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ޚިދުމަތްތައް ހޯދުމުގެ އިންތިޒާމް ދިރިއުޅޭ ރަށުން
ހަމަޖެހިފައިވާކަމަށް 13%މީހުން މަޢުލޫމާތު ދީފައިވާއިރު ،އަތޮޅުގެ އެހެން ރަށަކަށް ޚިދުމަތްތައް ހޯދުމަށް ދަތުރުކުރުމުގެ
އިންތިޒާމް ކައުސިލުން ނުވަތަ ދައުލަތުން ހަމަޖައްސާފައިވާކަމަށް 3%މީހުން ބުނެފައިވާއިރު ،މިފަދަ އެއްވެސް އިންތިޒާމެއް
ހަމަޖެހިފައި ނުވާކަމަށް 15%މީހުން ދެކޭކަމަށް ވަނީ މަޢުލޫމާތު ދީފައެވެ.
193
142.މިނިސްޓްރީ އޮފް ހެލްތުން ޙިއްޞާކޮށްފައިވާ “ނެޝަނަލް ސުއިސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ ފޮރ މޯލްޑިވްސް”،
އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާތުން ރިވިއުކުރުމަށްފަހު ،ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ މައްސަލަތައް ކަމުގައިވާ
ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި މައްސަލަތަކާއި ،ގަނާކުރުމާއި ،އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި އަމިއްލައަށް މަރުވުން
ނުވަތަ މަރުވާން އުޅުމާއި ،ޢާއިލީ މައްސަލަތައް ފަދަ ޢިޖްތިމާއީ މައްސަލަތަކާ ގުޅޭ ތަފާސްހިސާބާއި މަޢުލޫމާތު ކަމާގުޅުންހުރި
އިދާރާތަކުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުން ހޯދައި އެކަންކަމަށް ސްޓްރެޓެޖީގައި ރިޢާޔަތްކޮށްފައި ނުވާތީ އާއި ،މިހާރު
ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ،އުޞޫލުތަކާއި ،އެކްޝަން ޕްލޭންތައް ދިރާސާކޮށް އެނަލައިޒްކޮށްފައި ނުވާތީ ރާއްޖޭގެ ޙާލަތާ ގުޅޭ
ކަންކަމަށް މި ސްޓްރެޓެޖީގައި ރިޢާޔަތްކުރުމަށާއި ،ތަޢުލީމީ މަންހަޖު އިތުރަށް ރިވިއުކޮށް ދަރިވަރުންގެ ނަފްސާނީ ޞިއްޙަތު ނުވަތަ
ނަފްސާނީ ދުޅަހެޔޮކަން މިހާރަށްވުރެ ރަނގަޅުކުރުމަށް ސްކޫލް މާޙައުލުން ކުރެވިދާނެކަންކަން ފާހަގަކުރުމަށް ހުށަހަޅައި ،ޖުމްލަ
27އިޞްލާޙަކާއެކު ކޮމިޝަނުގެ ހުށަހެޅުންތައް މިނިސްޓްރީ އޮފް ހެލްތާ 28ޖަނަވަރީ 2021ގައި ވަނީ ޙިއްޞާކޮށްފައެވެ.
143.ޤާނޫނު ނަންބަރު ( 37/2015ޤާނޫނު ނަންބަރު 17/2011މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް 2ވަނަ އިޞްލާޙު ގެނައުމުގެ
ޤާނޫނު)
194
ގެ 47ވަނަ މައްދާގައި ބަޔާން ކޮށްފައިވާ ބައެއް ޚިދުމަތްދޭ މަރުކަޒުތަކުގެ ތެރެއިން ކުޑަކުދިންނަށް ޙާއްޞަ ޑްރަގް
ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު އެކަށީގެންވާ ގޮތެއްގައި ޤާއިމްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.
195
144.ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެންސްޕާގެ ޑާޓާބޭސްގައި ރެޖިސްޓްރީކުރުމަށް ސައިކޮލޮޖިކަލް އެސެސްމަންޓެއް
ހަދަންޖެހޭއިރު މި އެސެސްމަންޓް ހެދެނީ މާލެއިން އެކަނިކަން ފާހަގަކުރެވިފައިވެއެވެ.
196
145.ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ ތެލަސީމިއާ ހުންނަ މީހުން ގިނަ ޤައުމަކަށްވާއިރު،
ބޭނުންވާ ޞިއްޙީ ފަރުވާ އެންމެ ފުރިހަމައަށް ލިބެން ނުހުރެއެވެ.
197
ތެލެސީމިއާ ހުންނަ ފަރާތްތަކަށް
198
146.ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގައި އެކަށީގެންވާ ފޮރެންސިކް ޚިދުމަތްތަކާއި ،ފޮރެންސިކް ދާއިރާއިން ތަމްރީނުވެފައިވާ
މުވައްޒަފުން ނެތުމަކީ ،ކްރިމިނަލް ތަޙްގީގުތައް ކުރިއަށްގެންދިއުމަށް އެޅިފައިވާ ހުރަސްތަކެކެވެ.
199
147.ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަންމަތީ ދިރިއުޅުމުގެ ޙައްޤާ ގުޅޭގޮތުން 33މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ.
އެގޮތުން ފާހަގަކުރެވިފައިވަނީ ޞިއްޙީ ފަރުވާދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ އެމަރުކަޒެއްގެ
އިދާރީ އޮނިގަނޑު ލިޔެވިފައިވާ ގޮތުގެ ސަބަބުން ނުވަތަ ތަރުތީބުވެފައިވާ ގޮތުން ފަރުވާދިނުމުގައި ލަސްވާ ލަސްވުމުގެ
ސަބަބުން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކެވެ .މިފަދަ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމުގައި ކަމާގުޅުންހުރި އިދާރާތަކުން
އެކަށިގެންވާ އެއްބާރުލުން ކޮމިޝަނަށް އެންމެ އެކަށީގެންވާ މިންވަރަށް ލިބިފައިނުވާކަމާއި ކޯވިޑް 19-ގެ ފުރަބަންދުގެ ހާލާތާ
ގުޅިގެން ޞި��ްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުން އެ ޙިދުމަތް ލިބުމުގައި ގޮންޖެހުންތައް ކުރިމަތިވިކަން ފާހަގަކުރެވިފައިވެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
47