107.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކާ ހަވާލާދީ ޔޫއެސް ސްޓޭޓް ޑިޕާޓްމަންޓްގެ
2018ވަނަ އަހަރުގެ ރިޕޯޓްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ 10%މީހުންނަށް ޖިންސީ އަދި
އެހެނިހެން ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ .އަދި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ 40%-60%މީހުންނަށް މި
ފުރައްސާރައާ ކުރިމަތިލާން ޖެހޭއިރު،
130
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަމާގުޅުންހުރި އިދާރާތަކުން ބޭނުންވާ ޚާއްޞަ
ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ލިބޭކަމަށް ޤަބޫލު ނުކުރެވެއެވެ.
131
108.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކޮށްގެން ޖުމުލަ 5މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ .އަދި މި 5
މައްސަލައިގެ ތަޙުޤީޤު ދަނީ ކުރެވެމުންނެވެ .މައްސަލަ ހުށަހެޅުމުގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު ޖިންސީ އަނިޔާގެ 2
މައްސަލައާއި ޢާއިލާގެ ފަރާތުން އަޅާލުން ނުލިބުމުގެ 2މައްސަލަ ހިމެނެއެވެ .މީގެ އިތުރުން،އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ
ފަރާތަކަށް ބަޔަކު ޖިންސީ ގޯނާ ކުރަމުންދާ މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ކުރިފަހުންވެސް މިކަންތައް ތަކުރާރުވަމުންދާ
މައްސަލައެއް ހިމެނެއެވެ.
4.7ކައިވެނިކުރުމާއި ޢާއި ާލ ބިނާކުރުން
ޤާނޫނުއަސާސީގެ 34ވަނަ މާއްދާގައި ކައިވެނިކުރުމާއި ޢާއިލާ
ހުންނަ މީހުންގެވެސް ކަރާމާތަށް އިޙްތިރާމްކުރުމާއި ،އަމިއްލައަށް
ޤާއިމުކުރުމުގެ ޙައްޤު ޤާނޫނުގައި ކައިވެނިކުރެވޭ ޢުމުރުގެ ކޮންމެ
ކަންތައްތައް ނިންމުމުގެ އިޙްތިޔާރު ލިބިދިނުމާއި ،މިނިވަންކަމާއެކު
މީހަކަށް ލިބިގެންވެއެވެ .އެގޮތުން ޤާނޫނުގައި ކަނޑައަޅައިފައިވާ
ދިރިއުޅުމުގެ ފުރުޞަތު ލިބިދިނުން މައިގަނޑު މަޤްޞަދުގައި ވަނީ
ގޮތުގެ މަތީން ކައިވެނިކުރުމާއި ،ޢާއިލާ ޤާއިމުކުރުމުގެ ޙައްޤު
ބަޔާންކޮށްފައެވެ.
ލިބިގެންވެއެވެ .އަދި ޢާއިލާއަކީ މުޖުތަމަޢުގެ ޠަބީޢީ އަދި އަސާސީ
ބިންގާކަމަށް ވީހިނދު ،ކޮންމެ ޢާއިލާއަކަށްމެ މުޖުތަމަޢާއި ދައުލަތުގެ
ޚާއްޞަ ރައްކާތެރިކަން ލިބިދޭންވާނެކަން ބަޔާންކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމާބެހޭ
މުޢާހަދާގެ 23ވަނަ މާއްދާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް،
ކައިވެނި ކުރުމުގައި ،ޢާއިލާ ބިނާ ކުރުމުގައި ،ދަރިން ބޮޑެތިކުރުމުގައި
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި
އަދި ގުޅުންތައް ބަދަހި ކުރުމުގާ އެއްވެސް ކަހަލަ ތަފާތުކުރުމެއް
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ކައިވެނިކުރުމާއި
އެހެން މީހުންނެކޭ އެއްހަމައެއްގައި މިކަންކަން ކުރެވުމަށްޓަކައި ފައިދާ
ޢާއިލާ ބިނާކުރުމުގެ ޙައްޤުގެ ވާހަކަ ކަނޑައެޅިގެން ބަޔާންކޮށްފައި
ހުރި އެކަށީގެންވާ ފިޔަވަޅުތައް އަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ނުވިނަމަވެސް ،އެހެންމީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން
109.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކައިވެނި ކުރެވޭނެ މަގު ޤާނޫނީ ނިޒާމްގެ ތެރެއިން ކަށަވަރުވެފައިވީނަމަވެސް
ކައިވެނިކުރުމުގައާއި ކައިވެނީގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ،ހުންނަ ނުކުޅެދުންތެރިކަމަށް ރިޢާޔަތްކޮށް
ރައްކާތެރިކަން ކަށަވަރުވެފައިނެތްކަން ފާހަގަކުރެވުނެވެ .އެގޮތުން ،ބެލެނިވެރިން ބޭނުންވެގެން ނުކުޅެދުންތެރިކަންހުންނަ މީހުން
އަވަހަށް ކައިވެނި ކުރާކަން ނުވަތަ ކުރުވާކަމާއި ،މީގެ ސަބަބުން ދިގު ރާސްތާގައި ނުކުޅެދުންތެރިކަން ހުންނަމީހުން އަނިޔާއަށް
ހުށަހެޅޭކަމަށް މަޢުލޫމާތު ލިބުނެވެ .އަދި ބައެއް ހާލަތްތަކުގައި ގަދަކަމުން ކައިވެނިކުރުވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
132
110.ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ކައިވެނިކޮށް ޢާއިލާ ބިނާކުރުމުގެ ގާބިލުކަން ލިބިފައިވާ މީހުން ނޫންކަމަށް މުޖްތަމަޢުއިން
ދެކޭކަން ލިބުނު މަޢުލޫމާތުން ފާހަގަކުރެވުނެވެ.
40
133
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ