86.އޮންލައިންކޮށް ލިބޭ މަޢުލޫމާތުގެ ތެރެއިން ދިވެހި ބަހުން ހުންނަ ލިޔުންތަކާއި ޚަބަރު ،ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް މީގެ ކުރިން ފަހުމްނުވިޔަސް ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ޖޫން 2020ގައި ތައާރަފްކޮށްފައިވާ ތާނަ
މެލޯ އެޕްލިކޭޝަން (ސްކްރީން ރީޑަރ) ބޭނުންކޮށްގެން އޮންލައިން މަޢުލޫމާތު ފަސޭހަކަމާއެކު ލިބިދެއެވެ .އެހެންނަމަވެސް ޕީ.ޑީ.
އެފް ޑޮކިއުމަންޓް ފޯމެޓުގައި ހުންނަ ދިވެހި ލިޔެކިޔުންތައް ކިޔުމަށް ދަތިވެއެވެ.
102
87.ބިލްޑިންގް ކޯޑުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިމާރާތްތަކަށް ވަދެ ނިކުމެ އުޅުމަށް ފަހި ގޮތްތަކެއް ހުރުމަށް
ކަނޑައަޅައިފައިވީނަމަވެސް މި ކޯޑު އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވިގެނެއް ނުދެއެވެ .ބިލްޑިންގެ ކޯޑު ތަންފީޒުކުރުން
މައިގަނޑު ގޮތެއްގައި ދޫކުރެވިފައިވަނީ އާކިޓެކްޓުންގެ އަތްމައްޗަށްކަމާއި ކަމާގުޅުންހުރި މިނިސްޓްރީއިން ބިލްޑިންގ ކޯޑާ
އެއްގޮތްވާ ގޮތުގެމަތިން އިމާރާތްތަކަށް ފަސޭހަކަމާއެކު ތަފާތުކުރުމެއްނެތި ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ވަދެ ނިކުމެއުޅުން
ރެގިއުލޭޓްކުރެވެނީ ބޮޑެތި މަދު އިމާރާތްތަކުގައި ކަން ފާހަގަކުރެވިފައިވެއެވެ.
103
88.ޑިމޮގްރަފިކް ކެރަކްޓަރިސްޓިކްސް ބައި ޑިސްއެބިލިޓީ ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ 2019އިން ދައްކާ
ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ 11%މީހުން މޯޓަރ ސައިކަލް ބޭނުންކުރެއެވެ 104.ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ
މީހުން މަދުންނަމަވެސް ��ީލްޗެއަރގެ ބަދަލުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްފައިވާ ސައިކަލް ބޭނުންކުރެއެވެ.
މިކަމަށް އަލިއަޅުވާލާ ސަބަބަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުން އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް
މިނިވަންކަމާއެކު ގެއިން ބޭރަށް ނުކުމެ އެއްތަނުން އަނެއްތަނަށް ގޮސްއުޅުމުން އެމީހުން އަމިއްލަ ނަފްސަށްކުރާ އިތުބާރާ އަދި
މާލީގޮތުން އެހެންމީހެއްގެ އެހީތެރިކަން ހޯދަންނުޖެހި ފުދިގެން ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރުވާ ކަމަށްވާތީއެވެ .ބޭންކް އޮފް
މޯލްޑިވްސްއިން 2017ވަނަ އަހަރު 65މޮޓަރައިޒްޑް ވީލްޗެއަރ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކަށް ހަދިޔާކޮށްފައިވެއެވެ.
105
89.އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގެ ހޮސްޕިޓަލުން ފޯރުކޮށްދޭ ފިޒިއޮތެރަޕީގެ ޚިދުމަތްތައް ނުކުޅެދުންތެރިކަން ހުންނަ މީހުން
ހޯދާކަން ފާހަގަކުރެވިފައިވެއެވެ .ނަމަވެސް ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުން ފިޒިއޮތެރަޕީގެ ޚިދުމަތްތައް
ހޯދުމަށް
އަތޮޅުގެ ވެރިކަން ކުރާ ރަށަށް ދަތުރުކުރުމަށް އެހެން މީހުންނަށް ބަރޯސާވާންޖެހިފައިވުމުގެ ސަބަބުން ،މިފަދަ
ޚިދުމަތްތައް ހޯދުމަށް ނުކުޅެދިފައިވާކަން ފާހަގަކުރެވިފައިވެއެވެ.
36
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ