މީހުންނެކޭވެސް އެއްފަދައިން ކަރާމާތްތެރިކަމާއި ހަމަހަމަކަމާއެކު އިމާރާތްކުރެވިފައިވާ ތަންތަނާއި މަގުތަކާއި ޕާކުފަދަ ތަންތަނާއި
ވިޔަފާރިކުރާ ސުޕަރމާރކެޓް ނުވަތަ ކޮމްޕްލެކްސް ފަދަ ތަންތަނާއި މިސްކިތްތަކާއި ދަތުރުފަތުރުގެ ވަސީލަތްތަކާއި ސްކޫލްތަކާއި
ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނާއި ވަޒީފާއަދާކުރާ ތަންތަނަށް ނުކުޅެދުންތެރިކަން ހުންނަ މީހުން ވަނުމަށް ކުރިމަތިވެފައިވާ
ހުރަސްތަކުގެ ސަބަބުން މުޖުތަމަޢުގައި ފުރިހަމައަށް އަދި އެހެން މީހުންނެކޭ އެއްހަމައެއްގައި ބައިވެރިވުމަށް ދަތިވެއެވެ.
78.ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޢުމުރުން ދުވަސްވީ ފަރާތްތަކަށް ބޭނުންވާ
އިންތިޒާމް
ބައެއް ޚިދުމަތްތައް
ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ
ފޯރުކޮށްދޭ މަރުކަޒުތަކުގައި ހަމަޖެހިފައިވީނަމަވެސް،
އެހެން ފަރާތެއްގެ އެހީތެރިކަން
ހޯދުމަކާނުލައި ބައެއް ޚިދުމަތްތައް ހޯދަން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތިވެއެވެ.
މީހުންނަށް އެހީތެރިވުމުގެ ގޮތުން މަގުދައްކާދޭ މީހުންނާއި ،ބްރެއިލްގެ ޚިދުމަތްތަކާއި
89
90
ނުކުޅެދުންތެރިކަން ހުންނަ
އިޝާރާތުން މުއާމަލާތްކުރުމުގެ ތަމްރީން
ލިބިފައިވާ މީހުންގެ އިންތިޒާމް އާންމުންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި ނުތހުންނަކަން ފާހަގަކުރެވެއެވެ.
91
79.ނުކުޅެދުންތެރިކަން ހުންނަ މީހުން އިޖުތިމާއީ ރައްކާތެރިކަމުގެ ކޮންމެ ސްކީމެއްގައި ބައިވެރިވުމަށް ވަކި ތަފާތު ޑޭޓާ ސިސްޓަމް އަދި
ޕްރޮސެސްތަކެއް ޤާއިމުކޮށްފައިވެއެވެ 92.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި
ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑެއް ދޫކުރެއެވެ 93.ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ
ޕްރޮގްރާމްގައި ރެޖިސްޓްރީވެފައިވާ މީހުން މި ކާޑު ހޯދުމަށް އަލުން ފޯމު ހުށަހަޅާންޖެހުމަކީ ވަކިން ޚާއްޞަކޮށް އަތޮޅުތަކުގައި
ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތިކަމެކެވެ.
94
80.ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްކަން އަންގައިދޭ ކާޑު ގެންގުޅޭ ފަރާތްތަކަށް ޕަބްލިކް ޓްރާންސްޕޯޓް ވަނީ ހިލޭ ހަމަޖެހިފައެވެ.
އަދި ޕަބްލިކް ޓްރާންސްޕޯޓުގައި ވަކި ޚާއްޞަ ގޮނޑިތަކެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަނޑައަޅާފައިވެއެވެ.
އެހެންނަމަވެސް ފެރީތަކަށް އަރާ ފޭބުމަށް ބިލްޓްއިން-އެކްސެސިބިލިޓީ ޚިދުމަތްތަކެއް ޤާއިމުވެފައިނުވެއެވެ.
97
95
96
ހުރިހާ ބާވަތެއްގެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދަތުރުކުރުމަށް ފަސޭހަކުރުމުގެ ގޮތުން ޕަބްލިކް ޓްރާންސްޕޯޓު ސިސްޓަމްތަކުގައި ދަތުރާގުޅޭ
މަޢުލޫމާތު ފެންނާނެހެން ހުރުމާއި ޓެކްޓައިލް ފޯމެޓާ އަދި ރިއަލް ޓައިމްކޮށް އަޑުއިވޭނޭ ގޮތަށް އަދި ރިކޯޑްކޮށްފައިވާ މެސެޖްތައް
ފޯރުކޮށްދިނުމަށް އިންތިޒާމްތަކެއް ހަމަޖެހިފައިނުވާކަންފާހަގަކުރެވިފައިވެއެވެ.
81.ވިލްޗެއަރއާއި އަސާ ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން މާލެ ސަރަހައްދުގެ މައި މަގުތަކުގެ ދުވާރުގެ ބައިތައް ވަނީ
ތިރިކޮށްފައެވެ .އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މަގުމަތީގައި ފާހަގަކޮށްފައި ހުންނަ އެކްސެސް ޕޮއިންޓްތަކުގައި ޕާކް ކުރާތަން
އާދެއެވެ .އަދި ޓެކްސީއަކީ ވަރަށް ގިނަ ބަޔަކު ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތަކަށްވާއިރު ބައެއް ޓެކްސީ ޑްރައިވަރުން
ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ވިލްޗެއަރއަށް ތަކެތި އުފުލުމުގެ އަގުނަގައެވެ.
98
82.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލެ ސަރަހައްދުގައި އެއްތަނުން އަނެއް ތަނަށް ގޮސްއުޅުމަކީ ދަތި އުނދަގޫ ކަމެކެވެ.
ޚާއްޞަކޮށް މަގުތަކުގައި ޓެކްޓައިލް ޕޭވިންއާއި އޮޑިބަލް ޕެޑަސްޓްރިއަން ޓްރެފިކް ސިގްނަލް ނެތުން އެއީ ފެނުމާއި އަޑުއިވުމުގެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްތަނުން އަނެއް ތަނަށް ގޮސްއުޅުމަށް ދަތިވާކަމަކަށްވާއިރު އެއްވެސް ޓްރެފިކް ގަވާއިދަކަށް
ނުބަލާ މީހުން ދުއްވާ އުޅަދުތައް ދުއްވުމަކީ އެމީހުންނަށް ކުރިމަތިވާ އިތުރު ނުތަނަވަސްކަމެކެވެ.
83.ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކުގެ މެދުގައި ބްރެއިލް ބޭނުންކުރަން ދަންނަ ފަރާތްތައް މަދެވެ.
99
100
އަޑާއެކީގައި ޓޯކަން ޑިސްޕްލޭ
ހުންނަ ސިސްޓަމްތައް އާންމު ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގައި މަދުވުމާއި ،އެހެން މީހަކަށް ބަރޯސާނުވެ އޭޓިއެމްތަކުން ފައިސާ
ނެގުމަކީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވެފައި��ާ ގޮންޖެހުމެކެވެ.
84.އެކިބާވަތްތަކުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުވާސަލާތީ ޓެކްނޮލޮޖީއާއި ސިސްޓަމްތަކާބެހޭ އެންމެ ފުރިހަމަ މަޢުލޫމާތާއި
ބޭނުންކުރަން އެނގޭ މިންވަރު ދަށްކަން ފާހަގަކުރެވެއެވެ.
85.އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ޚާއްޞަ ކްލާހަށް ހާޒިރުވާ
ދަރިވަރުން މުއާމަލާތްކުރުމުގައި ބޭނުންކުރަނީ އެމެރިކަން ސައިން ލެންގުއޭޖެވެ .އެހެންކަމުން ހަރަކާތުން މުޢާމަލާތްކޮށްގެން މާސް
މީޑިއާ މެދުވެރިކޮށް ގެނެސްދޭ މަޢުލޫމާތުތައް ހަމައެކަނި ފަހުމްވާނީ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން
ތަޢުލީމު ހާސިލްކުރުމަށް މި ފުރުޞަތު ތަނަވަސްވެފައިވީ ފަރާތްތަކަށް އެކަންޏެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
101
35