4.2ތަފާތުނުކުރުން
201668.ވަނަ އަހަރު ސަރުކާރުން ވަނީ ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން
ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ 79.އަދި ސަރުކާރުން 2021ވަނަ އަހަރު ދިވެހި ސިވިލް ސަރވިސްގެ ބައެއް މަޤާމުތަކަކީ،
ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ މަޤާމުތަކެއްގެ ގޮތުގައި ކަނޑައެޅޭގޮތަށް ދިވެހި ސިވިލް ސަރވިސްގެ
ޤަވާޢިދު އިޞްލާޙުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
80
69.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުން ނުކުޅެދުންތެރިކަން
ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް އުފެއްދުން ލާޒިމުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުން އެ ކައުންސިލްގައި
ތަމްސީލުކުރުމަށް ފުރުޞަތު ލިބުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް
އެޅިފައިވާ ހެޔޮ ފިޔަވަޅެއްކަން ފާހަގަކުރެވިފައިވެއެވެ .އެހެންނަމަވެސް ،ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ
ކައުންސިލްގައި އަންހެނުން ނުވަތަ ވަކި ސަރަހައްދުތަކުން މަދަނީ ޖަމްޢިއްޔާތައް ތަމްސީލުކުރުން ލާޒިމެއް ނުކުރެއެވެ .އެހެންކަމުން،
ރަށްރަށުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ
ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި ތަމްސީލު ނުކުރެވޭނެކަން ފާހަގަކުރެވެއެވެ.
70.ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މުޖުތަމަޢުން ކަނޑައަޅާފައި ހުންނަ ދައުރުގެ ހަމަހަމަކަމާ ގުޅޭގޮތުން ހުރި ނޭދެވޭ
ތަފާތުކުރުންތައް ނައްތާލުމުގެ ގޮތުން ސަރުކާރުގެ ކަންކަން ހިންގުމަށް ލަފާދޭ ބޯޑުތައް ނުވަތަ ރައްޔިތުން ހޮވާ މަޤާމުތަކުގައި
ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް ހުރިހާ ދާއިރާއެއްގައި އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
81
71.ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގައި ނަފްސާނީ
ދުޅަހެޔޮކަމަށް އެންމެ ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަން ފާހަގަކުރެވެއެވެ .ނަފްސާނީ ދުޅަހެޔޮކަމާގުޅޭ ޤާނޫނެއް އެކުލަވާލާފައި
ނެތަސް 2017ވަނަ އަހަރު ނެޝަނަލް މެންޓަލް ހެލްތް ޕޮލިސީ 2015-2025އެއް އެކުލަވާލާފައިވެއެވެ.
72.ޤާނޫނު ނަންބަރު ( 11/2008އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓުލުމާއި މައްސަލަ
ހުށަހެޅުމާ ގުޅޭގޮތުން ވަކި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ .އެހެންނަމަވެސް ނުކުޅެދުންތެރިކަން ހުންނަ
މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވާލާފައި ނެތްކަމުގައި ވިޔަސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު
ކަށަވަރުކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
73.ނުކުޅެދުންތެރިކަން ހުންނަ މީހުން މަތީ ތަޢުލީމު އަދި ތަމްރީނުގެ ފުރުޞަތު ދެމެހެއްޓެނިވި ގޮތަކަށް ތަނަވަސްކުރުމުގެ ގޮތުން
ވަކިން ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
82
202074.ވަނަ އަހަރުގެ އޮކްޓޫބަރު މަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ހެލްތް ޕްރޮޓެކްޝަން އޭޖަންސީއިން
ތައްޔާރުކޮށްފައިވާ އިންޕެކްޓް އޮފް ކޯވިޑް 19-އޮން ޕަރސަންސް ވިތް ޑިސްއެބިލިޓީ އިން މޯލްޑިވްސްގައި ފާހަގަކޮށްފައިވާ
ގޮތުން ކޯވިޑް 19-ރެސްޕޮންސްގެ ޕްލޭނިންގ ޕްރޮސެސްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަ ފޯކަސްއެއް
ދެވިފައިނުވާކަމާއި ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެން.އީ.އޯ.ސީ)ގެ ސްޓްރަކްޗަރގައި ނުކުޅެދުންތެރިކަން ހުންނަ
މީހުންނަށް ޚާއްޞަ ޕްރޮޓެކްޝަން ކްލަސްޓަރއެއް ހިމެނިފައިނުވާކަން ފާހަގަކޮށްފައިވެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
83
33