.3އަންހެނުންގެ ޙައްޤުތައް
3.1ސިޔާސީ މައި ާދނުގައާއި ގޮތް ނިން ާމ ލެވެލްގައި އަންހެނުންގެ ބައިވެރިވުން
ޤާނޫނު ނަންބަރު ( 7/2010ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް
2019ވަނަ އަހަރު ގެނައި 8ވަނަ އިޞްލާޙާއެކު ،ލޯކަލް
ކައުންސިލްގެ 33%އަންހެނުންނަށް ވަނީ ޚާއްޞަ ކުރެވިފައެވެ.
އަންހެނުންނާމެދު ކުރެވޭ އެންމެހާ ތަފާތުކުރުންތައް
ނައްތާލުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ)ގެ 7ވަނަ
މާއްދާގެ ދަށުން ހުރިހާ އިންތިޚާބުތަކާއި ޚިޔާލު ހޯދުމުގެ
ވޯޓުތަކުގައި ވޯޓުލުމުގެ ޙައްޤާއި ،ޢާއްމުކޮށް އިންތިޚާބުކުރެވޭ
ޙައްޤާއި
ކުރިމަތިލުމުގެ
މުއައްސަސާތަކަށް
އެންމެހާ
ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިވުމާއި،
އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވުމާއި ،ޢާއްމު
މަގާމުތައް ފުރުމާއި ،ސަރުކާރުގެ އެންމެހާ ގިންތިތަކެއްގައި
ޙަރަކާތްތެރިވުމުގެ ޙައްޤު ކަށަވަރުކުރުމަށް ދައުލަތަށް
ލާޒިމުކުރެއެވެ.
17.ސިޔާސީ މައިދާނުގައާއި ގޮތްނިންމާ ފަންތީގައި އަންހެނުން ބައިވެރިވުމަށް ޤާނޫނީ ގޮތުން ހުރަހެއް ނެތްނަމަވެސް ،ޤާނޫނީ
އޮނިގަނޑުގެ ތެރެއިން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ސިޔާސީ މައިދާނުގައި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް
އެންމެ އެދެވިގެންވާ ގޮތަށް ޤާނޫނު ބައްޓަންވެފައި ނެތްކަން ފާހަގަކުރަމެވެ .އެގޮތުން ،ޤާނޫނު ނަންބަރު ( 18/2016ޖެންޑަރ
އިކުއާލިޓީގެ ޤާނޫނު)ގެ 38ވަނަ މާއްދާގައި ޖެންޑަރ އިކުއަލިޓީ ޤާއިމުކުރުމަށް އެޅިދާނެ ޚާއްޞަ ފިޔަވަޅުތައް ބަޔާންކޮށްފައިވާއިރު،
މި ޤާނޫނުގެ 37ވަނަ މާއްދާގައި ވަނީ މިފަދަ ފިޔަވަޅުތައް ވަގުތީގޮތުން ނުވަތަ ދިގު މުއްދަތަކަށް އެޅުން މި ޤާނޫނުން
ހުރަސްނާޅަކަމަށް ބަޔާންކޮށްފައެވެ .މިއީ ހަމައެކަނި އެޅިދާނެ ފިޔަވަޅުތަކެއްކަން ނުވަތަ ފިޔަވަޅު އެޅުމަށް ހުރަހެއްނެތްކަން
ބަޔާންކޮށްފައިވުމަކީ އެފަދަ ފިޔަވަޅުތައް އެޅުމަށް ލާޒިމުކުރާކަމެއް ނޫންކަން ފާހަގަކުރެވުނެވެ .ނަތީޖާއެއްގެ ގޮތުން ޖެންޑަރ
އިކުއަލިޓީ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 5އަހަރުވެފައިވާއިރު ،ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެފައި
ނެތްކަން ފާހަގަކުރެވެއެވެ.
18.ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް 33%ގޮނޑި ޚާއްޞަކޮށް ކޯޓާއެއް ކަނޑައެޅުމަށްފަހު ބޭއްވި ފުރަތަމަ ލޯކަލް
ކައުންސިލް އިންތިޚާބުގައި 833އަންހެން ކެންޑިޑޭޓުން ވާދަކުރިކަމާއި މިއީ 2017ވަނަ އަހަރާ އަޅާބަލާއިރު 73%ގިނަ
އަދަދެއްކަން ފާހަގަކުރެވުނެވެ.
19.ލޯކަލް ކައުންސިލްތަކުގެ 33%ގޮނޑި އަންހެނުންނަށް ޚާއްޞަކޮށްފައި ވާއިރު ،މިފަދަ ކޯޓާއެއް ލުމުގެ މަޤްސަދު ޢާންމުންނަށާއި
މިކަމުގައި މަޝްޣޫލުވާ މީހުންނަށް ނޭނގޭކަން ކޮމިޝަނަށް ފާހަގަކުރެވެއެވެ 21.އެގޮތުން ،އަންހެނުންނަށް ކުރިމަތިލެވެނީ ހަމައެކަނި
ރ 22ޢާއްމު ގޮނޑިތަކަށް
ކޯޓާގެ ދަށުން ޚާއްޞަ ކޮށްފައިވާ ގޮނޑިތަކަށްކަމަށް ބައެއް ފަރާތްތަކުން ދެކޭކަން ފާހަގަކުރެވިފައިވާއި ު
ކުރިމަތިލާފައިވަނީ ހަމައެކަނި 2%އަންހެނުންކަން ފާހަގަކުރެވެއެވެ 23.އަދި ވޭތުވެދިޔަ އަހަރުތަކުގައި ކައުންސިލްތަކަށް
އިންތިޚާބުވެފައިވާ
ފަރާތްތަކުންވެސް
ކުރިމަތިލާފައިވަނީ
ކޯޓާ
ގޮނޑިތަކަށްކަން
ފާހަގަކުރެވިފައިވެއެވެ.
ހަމައެހެންމެ،
ކައުންސިލްތަކުގެ އިސް މަޤާމްތަކަށް ކުރިމަތިލާފައިވާ އަންހެނުންގެ އަދަދ�� މަދުކަމާއި މިމަޤާމުތަކަށް އެއްވެސް އަންހެން
ކެންޑިޑޭޓެއް އިންތިޚާބުވެފައި ނުވާކަން ފާހަގަކުރެވުނެވެ 24.މީގެއިތުރުން ،ކޯޓާގެ ދަށުން ދޫކޮށްފައިވާ ގޮނޑިތައް ފިޔަވައި އެހެން
ގޮނޑިތަކަކީ ހަމައެކަނި “ފިރިހެނުންނަށް ޚާއްޞަ ގޮނޑިތައް” ކަމަށް އާންމުން ޤަބޫލުކުރާކަން ކޮމިޝަނުގެ މީޑިއާ މޮނިޓަރިންގ
މަސައްކަތުން ފާހަގަކުރެވިފައިވެއެވެ.
20.ލޯކަލް ކައުންސިލްތަކުގެ 33%ގޮނޑި އަންހެނުންނަށް ޚާއްޞަ ކުރާގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާޙާ ގުޅިގެން އެ އިޞްލާޙު ބާތިލްކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ
ހުށަހަޅައި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުން ރަނގަޅުކަމަށް ނިންމުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް މި މައްސަލަ
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
21