7.މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މި ދިޔަ އަހަރު ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ
ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައްކަން ފާހަގަކުރެވުނެވެ.
9
8.މީޑިއާތަކުގައި ކުޑަކުދިންނާއި ގުޅުންހުރި ޚަބަރުތައް ޝާއިޢުކުރުމުގައި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ހިއްސާކޮށް އަދި ކުޑަކުދިންގެ
ކަރާމާތަށް ބުރޫއަރާފަދަ ގޮތްތަކަށް ރިޕޯޓްކޮށްފައިވާކަން ފާހަގަކުރެވުނެވެ .އަދި މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ
އެންޑް ސޯޝަލް ސަރވިސަސް އިން މި ފަދަ މީޑިއާތަކަށް ފިޔަވަޅުއަޅައި ،ޖުރިމަނާކޮށް އިންޒާރުދީފައިވާކަން ފާހަގަކުރެވެއެވެ.
9.އަތޮޅުތެރޭގައި
ކުޑަކުދިންގެ
ނަފްސާނީ
ދުޅަހެޔޮކަން
ކަށަވަރުކޮށްދިނުމުގައި
ގޮންޖެހުންތަކެއް
އޮމްބަޑްސްޕަރސަންގެ އޮފީހުން އެކުލަވާލާފައިވާ ބޭސްލައިން ސްޓަޑީއިން ފާހަގަކުރެވުނެވެ.
ހުރިކަން
10
ޗިލްޑްރަންސް
11
10.މިމުއްދަތުގެ ތެރޭގައި ކުޑަކުދިންނާ ގުޅުންހުރި 46މައްސަލައެއް ކޮމިޝަނަށް ހުށަހެޅިފައިވެއެވެ.
އެގޮތުން ހުށަހެޅުނު
މައްސަލަތަކުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި؛
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ،އެކުދިން ބަލަހައްޓާ ފަރާތްތަކާއި ޚިޔާލުތަފާތުވެ ނުވަތަ ތަނުގެ ތެރެއިން އެ
ކުދިން ހިތްހަމަ ނުޖެހޭކަންކަން ދިމާވުމުން ،އެކުދިންގެ އަމިއްލަ ނަފްސަށް ގެއްލުންދީ އަމިއްލައަށް މަރުވާން އުޅުމާއި،
މަރުކަޒުން ފިލައިގެން ދިއުމާ އަދި މަރުކަޒުގެ ތަކެއްޗާއި ތަނަށް ގެއްލުން ދިނުމާއި ތަނުގައި އަލިފާން ރޯކުރުމާއި ،ކުދިން
ބަލަހައްޓާ ފަރާތްތަކާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވާކަން،
ދައުލަތުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ބޮޑެތި ބަލިތަކަށް ފަރުވާކުރާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް
ބޭނުންވާ ބައެއް ޚާއްޞަ ބޭސްތައް ރާއްޖެއިން ލިބުމުގައި ދަތިކަން ހުންނަކަމާ އަދި ކުދިންނަށާއި ކުދިން ބަލަހައްޓަން
ތިބޭ ފަރާތްތަކަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް އެންމެ އެދެވޭގޮތަށް ލިބޭނެ އިންތިޒާމް ހަމަޖެހިފައި ނުހުންނަކަން،
ދައުލަތުން ބަލަހައްޓާ މަރުކަޒުތަކުގައި ތިބޭ ކުޑަކުދިންނާމެދު އެކުދިން ބަލަހައްޓަން ތިބޭ ފަރާތްތަކުން ވެވޭ އިހުމާލުތައް
ސިއްރު ކުރުމާއި ،ކަމާބެހޭ އިދާރާތަކާ އެ މަޢުލޫމާތުތައް ޙިއްޞާ ނުކުރުމާއި ،މިފަދަ މައްސަލަތަކުގައި ކޮމިޝަނުން ކުރާ
ތަޙްޤީޤަށް އެކަށީގެންވާ އެއްބާރުލުން ނުދިނުމާ އަދި އެފަދައިން ޢަމަލުކުރުމުގެ ސަބަބުން ބައެއް މައްސަލަތަކުގައި ހެކި
ހޯދުމުގައި ދަތިތަކެއް ކުރިމަތިވާކަން،
ކުޑަކުދިން އެކުދިން ދިރިއުޅޭ ގެއިން ފިލައިގެން ގޮސް ،މުޖުތަމަޢުގެތެރޭގައި އުޅޭ ކުށުގެ ރެކޯޑް އޮންނަ ފަރާތްތަކާ ގުޅުމާ
އަދި އެ ފަރާތްތަކުން އެފަދަ ކުދިން ޖިނާއީ ކުށްތަކުގައި ބައިވެރިކުރުވާކަމާ އަދި އެކުދިންލައްވާ ޖިނާއީ ކުށްތައްކުރުވުމާއި،
އަދި ބައެއް ޙާލާތްތަކުގައި ކުދިން ރަހީނުކޮށް ޖިސްމާނީ އަދި ނަފްސާނީ ،އަނިޔާދީ ކުދިންގެ ފުރާނައަށް ގެއްލުންދީފައިވާކަން،
ބައެއް ބެލެނިވެރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށްފައި ވުމުގެ ސަބަބުން ކުދިން ކަންތައްތަކަށް އިހުމާލުވެފައިވާކަން،
ރުޤްޔާކުރުމުގެ ނަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި ޖިސްމާނީ އަނިޔާދޭ މައްސަލަތައް ފާހަގަކުރެވިފައިވާކަން
ކ.ހިންމަފުށީ އައްސޭރި ޖަލުގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ޖަލަކީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ކުޑަކުދިން
ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫންކަމަށް ކޮމިޝަނުގެ ތަޙްޤީޤަށް ފާހަގަކުރެވިފައިވާތީ ،ކޮމިޝަނުގެ އެންގުން އަންގާ
ވަގުތުން ފެށިގެން 30ދުވަހުގެ ތެރޭގައި ކ.ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާޙައުލަކަށް
ބަދަލުކުރުމަށް 2021އޮކްޓޫބަރު 14ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އެންގުމެއް އަންގާފައިވާކަން.
ކުޑަކުދިންނަށް އަނިޔާކޮށްގެން މިރިޕޯޓްގެ މުއްދަތުގައި ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު ޖުމްލަ 13
މައްސަލައެއް ހުށަހެޅިފައިވެއެވެ .މި 13މައްސަލައިގެ ތަޙުޤީޤު ދަނީ ކުރެވެމުންނެވެ .މި މައްސަލަތަކުގެ ތެރޭގައި އެންމެ
ގިނައިން ހިމެނެނީ ކުޑަކުދިންނަށް ޖިންސީގޮތުން އަނިޔާލިބިފައިވާކަމަށް ބެލެވޭ މައްސަލަތައްކަން ތަޙުޤީޤުގެ ތެރެއިން ފާހަގަ
ކުރެވެއެވެ.
މލްޑިވްސް | ރިޕޯރޓް 2020
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ
17