‫‪ .10‬ހިއުމަން ޓްރެފިކިންގ‬ ‫ބިދޭސީންގެ މައްސަލަތަކުގައި ހިއުމަންޓްރެފިކިންގ ޢަމަލު ފާހަގަކުރެވިފައިވާކަމާއި އެގޮތުން ބިދޭސީން ރާއްޖެގެނެސް ޕާސްޕޯޓް‬ ‫އަތުލާ އަދި ވިސާ ނުނަގާ އޮތުމުގެ ސަބަބުން އެފަރާތްތައް މަގުމަތިވެ ބައެއް ފަހަރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުން ފަރުވާ‬ ‫ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަމާ އަދި ބައެއްފަހަރު އެފަރާތްތައް ޑޮކްޓަރަށް ނުގޮސް ތިބުމުގެ ސަބަބުން ޞިއްޙީ‬ ‫ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް އަތުގައި ނެތުމުގެ ސަބަބުން ޑޮކްޓަރަށް‬ ‫ދެއްކުމާއި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ހޯދުން ފަދަ ކަންކަމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް އައުމަށް އެހީތެރިވެދިން “އޭޖެންޓުން” އެފަރާތްތަކަށް ވިސާއަކާނުލައި ރާއްޖެއަށް‬ ‫އައިސް މަސައްކަތްކުރެވޭނެކަމަށް ބުނެ މަޢުލޫމާތު ދޭކަމާއި‪ ،‬އަދި ބިދޭސީ މަސައްކަތްތެރިންނާ ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި‬ ‫އެ ފަރާތްތައް ނިސްބަތްވާ ގައުމުގެ ހައި ކޮމިޝަންތަކުން އެ ފަރާތްތަކަށް އެހީތެރިވުމުގައި ފަރުވާކުޑަކުރާކަމުގެ ޝަކުވާ‬ ‫ކުރަމުން ގެންދާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އަންނަނީ ވަރަށް ބޮޑު ޚަރަދެއްކޮށްފައިކަމަށްވުމުން‪ ،‬ދިވެހިރާއްޖެއަށް އައުމަށް‬ ‫އެހީތެރިވެދިން “އޭޖެންޓުން” ލިބޭނެކަމަށް ބުނާ މުސާރަ ނުލިބުމުން‪ ،‬ގައުމަށް ފޮނުވުމަށް އިތުރަށް ފައިސާ ހޯދުމަށް ގިނަ‬ ‫މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެވިފައިވެއެވެ‪ .‬މަސައްކަތަށް ދިވެހިރާއްޖޭއަށް ބިދޭސީ މީހާ ގެންނަ ފަރާތުން ދޭން‬ ‫ބުނާ އުޖޫރަ ނުލިބުމުން‪ ،‬ފިލައިގެން އެހެން ވަޒީފާތަކަށް މީހުން ދާކަމާ އަދި ބައެއް ފަހަރު އެ ފަދަ ފަރާތްތައް މަގުމަތީގައި‬ ‫ސަލާންޖަހައިގެން އުޅެމުންދާކަން ފާހަގަކުރެވެއެވެ‪.‬‬ ‫ވ ފަރާތްތަކާ އަދި ބައެއް ކުންފުނިތަކުން ވަޒީފާއިން‬ ‫ކޯވިޑް‪ 19-‬އާ ގުޅިގެން ވަޒިފާ ގެއްލި އަނބުރާ ގައުމަށް ދިއުމަށް ބޭނުން ި‬ ‫ޑ ޓެސްޓް އެ ފަރާތްތަކުގެ އަމިއްލަ ފައިސާއިން‬ ‫ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލި ފަރާތްތަކުގެ ޓިކެޓް އަދި ކޯވި ް‬ ‫ޚަރަދުކޮށްގެން ކުރަންޖެހުނުކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪ .11‬ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން‬ ‫ނ ޙައްޤުގައި‬ ‫ކޯވިޑް‪ 19-‬އާ ގުޅިގެން ތަފާތު ގްރޫޕްތަކަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދީފައި ވީނަމަވެސް އިންސާ ީ‬ ‫ނގެ ޙައްޤުގައި‬ ‫މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކަށް މާލީ އެހީތެރިކަމެއް ލިބިފައި ނުވާކަން ނުކުޅެދުންތެރިކަން ހުންނަ މީހު ް‬ ‫މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާތަކުން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫މިހާތަނަށް ދިވެހިރާއްޖޭގައި އިންޑަސްޓްރިއަލް ގާނޫނެއް ވުޖޫދުވެފައި ނެތުމާއެކު ރާއްޖޭގައި ރަސްމީ ސިފައެއްގައި ޓްރޭޑް‬ ‫ޔޫނިއަންތައް ތަމްސީލުކޮށް‪ ،‬އެ ހައިސިއްޔަތުގައި މަސައްކަތްކުރުމުގެ ފުރުސަތު މަސައްކަތްތެރިންގެ ޙައްޤުގައި މަސައްކަތްކުރާ‬ ‫ޖަމާޢަތްތަކަކަށް ލިބެމުން ނުދެއެވެ‪.‬‬ ‫‪ .12‬އެއްވެ އުޅުމުގެ މިނިވަންކަން‬ ‫ގ ޤާނޫނު) އަށް ‪ 1‬ވަނަ އިޞްލާހު ގެނައުމުގެ‬ ‫ރ ‪( 1/2013‬ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމު ެ‬ ‫ޤާނޫނު ނަންބަ ު‬ ‫ވކި ހުދޫދެއްގެ ތެރެއިން ހަނިކުރެވިފައެވެ‪.‬‬ ‫ނ މާލެ ސަރަހައްދުގައި އެއ��ވެ އުޅުމުގެ މިނިވަންކަން ވަނީ ަ‬ ‫ޤާނޫނުގެ ދަށު ް‬ ‫ދިވެހިރާއްޖޭގެ ބައެއް ސިނާޢަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެ އުޅުމުގެ މިނިވަންކަން ވަނީ ހަނިކޮށްފައެވެ‪.‬‬ ‫މުޒާހަރާތަކުގައި އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުވޭތޯ ބެލުމަށްޓަކައި ‘ޕްރޮޓެސްޓް މޮނިޓަރ’ ކުރުމުގެ މަސައްކަތްތައް‬ ‫ކޮށް ކޮމިޝަނަށް ފާހަގަވާ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ އަންނަނީ ހިއްސާކުރަމުންނެވެ‪.‬‬ ‫‪10‬‬ ‫މލްޑިވްސް | ރިޕޯރޓް ‪2020‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ ޯ‬

Select target paragraph3