ބނުންވާ މީހުންގެ މަރުކަޒުގައި ޝަކުވާ ހުށަހެޅުމުގެ އެކަށީގެންވާ
ހ.އ .ދިއްދޫ ،އަމާންވެށީގެ އިތުރުން ޚާއްސައެހީއަށް ޭ
ނިޒާމެއް ޤާއިމުވެފައި ނެތްކަން މި ރިޕޯޓުގެ މުއްދަތުގައި އެން.ޕީ.އެމްއިން ކުރި ޒިޔާރަތްތަކުން ވަނީ ފާހަގަކުރެވިފައެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްފައި ބައިތިއްބާ ތަންތަނުގައި ހިންގާ ޓޯޗަރ ނުވަތަ ރަޙުމްކުޑަ ލާއިންސާނީ އިހާނެތި
ޢަމަލަކާގުޅޭ ގޮތުން ބަންދުމީހަކު ލިޔުމުން ކޮމިޝަނަށް ހުށަހަޅާ ޝަކުވާ ބަންދުގައި ބައިތިއްބާ ތަނުގައި ވަޒީފާއަދާކުރާ މުވައްޒަފުން
ބޭނުންވެއްޖެ ހިނދެއްގައި އެ ސިޓީ ކަނޑައިގެން ބެލުމުގެ ފުރުސަތު އޮތްކަން ކޮމިޝަނަށް ފާހަގަކުރެވެއެވެ .ޤާނޫނު ނަންބަރު 6/2006
(ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 22ވަނަ މާއްދާގެ (ނ) ގައި ޝަރުޢީ ނުވަތަ ޤާނޫނީ ބަންދެއްގައި ހުރި ފަރާތެއް ހިއުމަން
ރައިޓްސް ކޮމިޝަނަށް ރައްދުވާގޮތަށް ހުށަހަޅާ ޝަކުވާއެއް ކޮމިޝަން ނޫން އެހެން އެއްވެސް ފަރާތަކަށް ނުހުޅުވޭނެ ފަދައިން ސިޓީ
ޕރޯލް ޤާނޫނޫގެ 86ވަނަ
އުރައެއްގައި ބަންދުކޮށް ނުވަތަ ސީލްކޮށް ފޯރުކޮށްދޭންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ .އަދި ޖަލުތަކާއި ެ
މާއްދާގައި 'ޤައިދީންނަށް ލިބޭ ނުވަތަ އެމީހުން ފޮނުވާ ސިޓީ ނުވަތަ އެނޫންވެސް އެފަދަ ތަކެތި ކިޔައި ،އަޑުއަހައި ،ރެކޯޑްކޮށް ނުވަތަ
ޕރިޒަންއަށް ލިބިގެންވާކަމަށް' ،ބަޔާންކޮށްފައިވެއެވެ .އިސްވެދެންނެވި ދެ ޤާނޫނުގައި
ބަލައި ފާސްކުރުމުގެ އިޚްތިޔާރު ޑައިރެކްޓަރ އޮފް ް
ޙަވާލާދީފައިވާ މާއްދާތަކުގައި ބަޔާންކުރާ ކަންކަން ފުށުއަރާކަމަށް ފާހަގަކުރެވޭތީ ،އިސްވެދެންނެވި ދެ މާއްދާ ރިވިއުކޮށްފައިވާނެއެވެ.
ޕރޯލްއާ ބެހޭ އައު ބިލުގެ ފުރަތަމަ
ޕރޯލް ޤާނޫނުގެ 86މާއްދާ އިސްލާޙުކުރަން ޖެހޭތީ ،ޖަލުތަކާއި ެ
އެގޮތުން ،ދިވެހިރާއްޖޭގެ ޖަލުތަކާއި ެ
ޑްރާފްޓަށް ކޮމިޝަނުން ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު އާއި އެންޓި ޓޯޗަރ ޤާނޫނު 2013ގައި ތަސައްވަރުކުރާ ކަންކަމާއި
މިނިވަން ދިމަޤްރާތީ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތައް ބަޔާންކޮށް ބަންދު ފަރާތްތަކުން ކޮމިޝަނަށް ފޮނުވައި ސިޓީ ކިޔައި ބެލުން
ހުއްދަ ކުރާ މާއްދާ އިޞްލާޙުކުރުމަށް ހުށަހަޅާފައިވާނެއެވެ.
މީގެއިތުރުން ،އެންޓި ޓޯޗަރ ޤާނޫނު 2013ގެ 18ވަނަ މާއްދާގައި ބަންދުގައި ތިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ޙައްޤު
ކަށަވަރުކޮށްދިނުމާއި މި މާއްދާގެ (ދ) ގައި ބަންދުގައި ތިބޭ ފަރާތްތަކަށް ހުށަހެޅޭ ،ޝަކުވާތައް ބަންދުކުރާ ފަރާތްތައް ބަލައި ކިޔައި
ހަދައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ އާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު ގެ 22ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ
ދަޢުލަތުގެ މިނިވަން މުއައްސަސާތަކަށް ޝަކުވާ ހުށަހެޅުމުގެ ނިޒާމުގެ ދަށުން އިދާރާތަކަށް ޤައިދީން ފޮނުވާ ސިޓީފަދަ ތަކެތި ޑައިރެކްޓަރ
ޕރިޒަންއަށް ލިބޭ ބާރުގެ ދަށުން ބަލާފާސްކުރުމަކާނުލައި ރައްދުކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާތީ ،މޯލްޑިވްސް ކަރެކްޝަނަލް
އޮފް ް
ސަރވިސްއިން މާފުށި ޖަލުގައި ޢަމަލުކުރުމަށް އެކުލަވާލާފައިވާ ސިޓީލިޔުމާއި ލިބިގަތުމުގެ ޖަލު އަމުރަށް ކޮމިޝަނުން ހުށަހެޅި އިސްލާޙުގައި،
ޕޓެމްބަރު 2021ގައި ކޮމިޝަނުން ހުށަހަޅާފައިވާނެއެވެ.
އިސްވެ ޙަލާދާދީފައިވާ މާއްދާތަކާ އެއްގޮތަށް އިސްލާޙުކުރުމަށް 12ސެ ް
މީގެ އިތުރުން ،ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒުތަކާއި ފަރުވާގެ ޕްރޮގްރާމްތަކާގުޅޭ ޤަވާޢިދުގެ ފުރަތަމަ ޑްރާފްޓަށް
ކޮމިޝަނުން ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ،ރެޒިޑެންޝަލް މަރުކަޒުތައް ހިންގުމަށް ލައިސަންސަށް އެދި ހުށަހަޅަންޖެހޭ
ތަކެތީގެ ތެރޭގައި ،މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނާމެދު ހާދިސާއެއް ނުވަތަ މައްސަލައެއް ރިޕޯޓްކުރުމުގައި ޢަމަލުކުރާނެގޮތުގެ
އުޞޫލު ހިމެނުމަށް ފާއިތުވީ އަހަރުގެ ރިޕޯޓު (އެންޓި ޓޯޗަރ ރިޕޯޓު )2021ގެ މުއްދަތުގައި ކޮމިޝަނުން އިޞްލާޙު
25