ސްޓްރެޓެޖިކް މަޤްޞަދު
2.2އިންސާނީ ޙައްޤުތަކުގެ ތަޢުލީމް އިތުރަށް ތަރައްޤީކޮށް ،ފުޅާކުރުން.
ކޮމިޝަނުން ވޭތުވެދިޔަ 6އަހަރު ކޮށްފައިވާ މަސައްކަތްތައް
އިންސާނީ ޙައްޤުތަކުގެ ތަޢުލީމްގެ މިހާރުގެ ޙާލަތަށް ބަލާއިރު ޤައުމީ މަންހަޖުގެ ތެރެއިން ސިވިކް އެޑިއުކޭޝަންގައި އިންސާނީ
ޙައްޤުތަކާ ބެހޭ ބައެއް ހިމެނިފައިވާކަން ފާހަގަ ކުރެވެއެވެ .ފެކަލްޓީ އޮފް ހެލްތްގެ ކޯސްތަކުގައި އިންސާނީ ޙައްޤުތަކާއި ޞިއްޙީ
ދާއިރާއާގުޅުންހުރި ޙައްޤުތައް ހިމެނިފައިވެއެވެ .މީގެ އިތުރުން ،ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މާސްޓަރ އޮފް އެޑިއުކޭޝަން
ކޯހުގައިވެސް އިންސާނީ ޙައްޤުތަކާއި ތަޢުލީމީދާއިރާއާގުޅުންހުރި ޙައްޤުތައް ހިމެނިފައިވެއެވެ .އަދި ފެކަލްޓީތަކުގައި ހިންގާ
އެހެނިހެން ކޯސްތަކުގައި އިންސާނީ ޙައްޤުތަކުގެ ބައިތައް ހިމެނުމަށާއި އިންސާނީ ޙައްޤުތަކާ ގުޅުން ހުރި ރިސަރޗް ހެދުން އިތުރު
ކުރުމަށް ބާރުއަޅާ މަސައްކަތް ކުރެވިފައި ވެއެވެ.
ގ
ޤތަކު ެ
ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުންނާއި އިންސާނީ ޙައް ު
ތަޢުލީމް ފުޅާ ކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކުލަބްތައް ޤާއިމް ކުރެވި ކޮންމެ އަހަރަކުވެސް ތަފާތު ހަރަކާތްތަކާއި
ޓްރެއިނިންތައް ހިންގެއެވެ .އަދި ހަމަމިއާއެކު ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި މެޓީރިއަލްތައްވެސް ވަނީ ތައްޔާރުކުރެވިފައެވެ.
އެގޮތުން އިންސާނީ ޙައްޤުތަކުގެ ނިއުސްލެޓަރ ،އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތް ަ
ތކުގެ އަތްމަތީ ފޮތާއި،
ރައްޔިތުންގެ އަތްމަތީ ފޮތާއި ،ކުޑަކުދިންގެ މުޢާހަދާ ދިވެހި ބަހުން އެކުދިންނާ ގުޅޭގޮތަށް ތައްޔާރު ކުރުމާއި ،ހިއުމަންރައިޓްސް
ކުލަބްތައް ހިންގުމަށް މެނުއަލްއަކާއި ދަރިވަރުންގެ ފޮތެއް ވެސް ވަނީ ތައްޔާރު ކުރެވިފައެވެ .އަދި ހަމަ ދަރިވަރުން
ތައްޔާރުކޮށްފައިވާ ތަސްވީރު ވާހަކަ ފޮތްތަކެއްވެސްވަނީ ނެރެފައެވެ .އިންސާނީ ޙައްޤުތަކުގެ 5ދާއިރާއަކަށް ބިނާކޮށް ކުޑަކުދިންގެ
ވާހަކަ ފޮތް ތައްޔާރުކުމުގެ މަސައްކަތްވެސް ކުރެވިފައިވެއެވެ.
ވޭތުވެދިޔަ 5އަހަރުގެ ތެރޭގައި އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ފޮތްތަކާއި ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމަށް ކޮމިޝަނުން
އިސްކަމެއް ދީފައިވެއެވެ .އެހެންނަމަވެސް ،ބަޖެޓްގެ ދަތިކަން ހުރުމާއެކު ގިނަ ތަކެތި ވަނީ ޗާޕު ނުކުރެވި ޢާންމުންނާ
ހިއްސާކުރުމަށް ދަތިވެފައެވެ.
ކުރިއަށް އޮތް 5އަހަރު ކޮމިޝަނުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް
އންސާނީ ޙައްޤުތައް ތަޢުލީމުގެ ނިޒާމުގެ ތެރޭގައި ހިމެނުމުގެ ގޮތުން ރަސްމީ ކަރިކިއުލަމް ،މަތީ ތަޢުލީމް ދޭ
ި .1
ފަރާތްތަކުގެ ކޯސްތަކުގައާއި ޕްރޮގުރާމްތަކުގައި އިންސާނީ ޙައްޤުތަކުގެ ތަޢުލީމް ހިމެނުން.
.2އިންސާނީ ޙައްޤުތަކުގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ނިޒާމެއް ޤާއިމް ކުރުން.
.3އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އޮންލައިން ހިއުމަން ރައިޓްސް ކޯސްތަކެއް
ތަރައްޤީކުރުން.
ސ
ފ ދަ މޯލްޑިވް ް
ޝން އޮ ް
ސ ކޮމި ަ
މން ރައިޓް ް
ހިއު ަ
27