)ށ( އިންސާނީ ޙައްޤެއް ނިގުޅައިގެންފިކަމަށް ނުވަތަ އިންސާނީ ޙައްޤެއް ނިގުޅައިގަތުމުގައި ބައިވެރިވެއްޖެކަމަށް ،ނުވަތަ އެފަދަ
ކަމަކަށް އެހީތެރިވެއްޖެ ކަމަށް ކޮމިޝަނަށް ފެންނަ މީހުން ނުވަތަ ފަރާތްތަކުގެ މައްސަލަތައް ތަޙްޤީޤުކޮށް ބެލުމާއި ،ބުނެވިދިޔަ
ފަދަ ކަމެއް ހުއްޓުވުމަށް ނުވަތަ ހިނގިޔަ ނުދިނުމަށް ފިޔަވަޅު އެޅުމުގައި އިހުމާލުވެފައިވާކަމަށް ކޮމިޝަނަށް ފެނިއްޖެނަމަ ،އެ
މައްސަލައެއް ތަޙްޤީޤުކޮށް ބެލުމާއި ،މި ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
)ނ( ރާއްޖޭގައި ޢަމަލު ކުރެވޭ އެއްވެސް އިދާރީ އުސޫލަކީ ،އެއްވެސް މީހަކަށް ލިބިދޭ އިންސާނީ ޙައްޤަކާ ޚިލާފު އުސޫލެއްކަމަށް
ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި ،ތަޙްޤީޤު ކުރުމާއި ،މިޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
)ރ( ސަރުކާރުގެ އިދާރާއަކުން ނުވަތަ އަމިއްލަ ފަރާތަކަށް ނިސްބަތްވާ އިދާރާއަކުން ނަމަވެސް ،އިންސާނީ ޙައްޤުތަކާ ޚިލާފަށް
ކަމެއް ހިންގާ ކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލައި ،އެކަމާ ގުޅޭގޮތުން އަޅަން ކޮމިޝަނަށް ފެންނަ ފިޔަވަޅުތަކާ ބެހޭގޮތުން
އެއިދާރާއަކަށް ލަފާދިނުން.
ކުރިޔަށް އޮތް 5އަހަރު ކޮމިޝަނުން ޙާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް
1
ނ
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ބޭނުންވާ މުޙިއްމު މަޢުލޫމާތު ،ކަމާ ގުޅުންހުރި މުއައްސަސާތަކު ް
ހޯދޭނެ ފަސޭހަ ނިޒާމެއް ޤާއިމްކުރުން.
2
މައްސަލަތަކުގައި ބޭނުންވާ ފަންނީ ލަފާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިއޮތުން.
3
ކޮމިޝަންގެ މަސައްކަތްތަކާއި މައްސަލަތަ��ުގައި ދެވޭ ޤާނޫނީ ލަފާދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުން.
4
އެކި ދާއިރާތަކުގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޤާނޫނީ ގޮތުން ބަލާނެ ކަންކަމުގެ ޓޫލްކިޓެއް އެކުލަވާލުން.
5
ކަމާބެހޭ މުވައްޒަފުންނަށް ކޯޓު މަރުހަލާގައި މައްސަލަތައް ކުރިއަށްދާގޮތުގެ ތަމްރީން ދިނުން އަދި ޢަމަލީގޮތުން
މިމަސައްކަތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ހޯދައިދިނުން.
ސ
ފ ދަ މޯލްޑިވް ް
ޝން އޮ ް
ސ ކޮމި ަ
މން ރައިޓް ް
ހިއު ަ
12