5.6.9
އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރުން
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި މި އަހަރު ކަނޑައަޅާފައިވަނީ 'ފުރިހަމަ އެނބުރި އައުމަކަށް އިންސާނީ ޙައްޤުތަކަށްޓަކައި ތެދުވަމާ!' އެވެ .ބައިނަލްއަޤްވާމީ
ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ކޮމިޝަނުގެ އަހަރީ ދުވަސް ( 10ޑިސެންބަރު) ކުރީ އަހަރުތަކުގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރިނަމަވެސް ،ކޯވިޑު 19-ގެ ބަލިމަޑުކަމާ ގުޅިގެން އަޅާފައިވާ
ފިޔަވަޅުތަކަށް ރިޢާޔަތްކޮށް މިއަހަރު މި ދުވަސް ކޮމިޝަނުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާނީ ވަރޗުއަލް ޕްލެޓްފޯމެއްގައެވެ .އެގޮތުން ،މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން 'ކޯވިޑް 19-އާއި އިންސާނީ
ޙައްޤުތައް' މި މަޢުޟޫއަށް ވެބިނަރއެއް ކުރިއަށް ގެންގޮސްފައިވާނެއެވެ .އަދި މި ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލް ޑިވްސް އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް
ފަންޑު އަދި ފެމިލީ ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކުރިއަށްގެންގޮސްފައިވާ 'ރިފްލެކްޓިންގ 15އިޔަރސް :ދަ 'ރައިޓްސް' ސައިޑް އޮފް ލައިފް' ދިރާސާ ރިޕޯޓު ރަސްމީކޮށް ޢާއްމުކޮށްފައިވާނެއެވެ.
5.7ވި ސް ލް ބް ލޯ ވަރ ޕްރޮ ޓެ ކްޝަ ން ޔު ނި ޓް
2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 17ވަނަ ދުވަހު ތަޞްދީޤުކޮށް ،ޢަމަލުކުރަން ފެށުނު ޤާނޫނު ނަންބަރު ( 16/2019ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 23ވަނަ މާއްދާގައި
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ،ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި ޔުނިޓެއް އުފައްދާފައިވެއެވެ .އަދި 2019ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21
ވަނަ ދުވަހު ބޭއްވުނު އޭރުގެ ކޮމިޝަނުގެ ނަންބަރު ( 941)4ބައްދަލުވުމުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުގެ އިސްވެރިޔެއްގެ ގޮތުގައި ހުންނާނީ އެއިރެއްގައި ކޮމިޝަނުގެ ނާއިބު ރައީސްގެ
މާޤާމުގައި ހުންނަ ފަރާތްކަމުގައި ނިންމާފައިވެއެވެ .ނަމަވެސް ޔުނިޓުގެ އިސްވެރިޔާއަކީ މިނިވަން ކަމާއެކު މި ޔުނިޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގެ އިޙްތިޔާރު ލިބިގެންވާ މީހަކަށްވާންޖެހޭކަމަށް
ކޮމިޝަނުގެ 5ވަނަ ދައުރުގެ މެންބަރުންނަށް ފެންނާތީއާއި މިވަގުތު ކޮމިޝަނަށް ނައިބު ރައީސްއެއް އައްޔަނުކޮށްފައިނުވާތީ ،ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ދާއިމީ އިސްވެރިޔަކު އައްޔަން
ކުރެވެންދެން ވަގުތީ އިސްވެރިޔެއްގެ ގޮތުގައި މި ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް އައްޔަން ކުރުމަށް ކޮމިޝަނުގެ 90 )5(16ނޮވެންބަރު 2020ވަނަ ޖަލްސާއިން ނިންމާފައި ވެއެވެ.
ޤާނޫނު ނަންބަރު ( 16/2019ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ”ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ސިއްރުކޮށް މަޢުލޫމާތު ހުށަހެޅުމާއި ،ބަލައިގަތުމާއި ،މަޢުލޫމާތުތައް
ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގެ ގަވައިދު» ޑްރާފްޓްކޮށް 2މާރިޗް 2020ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވިފައިވެއެވެ .އަދި މި ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި
އިންތިޒާމުތައް ހަމަޖެއްސުމާއި ،މަޢުލޫމާތުތައް ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެގޮތުގެ ގައިޑްލައިނެއް އެކުލަވާލާ 27ފެބްރުއަރީ 2020ގައި ދައުލަތުގެ އިދާރާތަކާއި ،ދައުލަތުގެ މާލިއްޔަތުން
ފައިސާ ދެވޭ ކުންފުނިތަކާއި އެހެނިހެން އިދާރާތަކާއި ޖަމުޢިއްޔާތަކާއި ސިޔާސީ ޕާޓީތަކަށް ޙިއްސާކޮށް ،ކޮމިޝަނުން ސަރކިއުލަރއެއް ޢާންމުކޮށްފައިވެއެވެ .ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި އިންތިޒާމުތައް
ހަމަޖެއްސުމާއި ގުޅޭގޮތުން މަޢުލޫމަތު ސާފުކުރުމަށް ދައުލަތުގެ އިދާރާތަކާއި އަދި ދައުލަތް ޙިއްސާވާ ކުންފުނިތަކުން މި ޔުނިޓާ ބައްދަލުކޮށް އަދި ފޯނުން ގުޅައިގެން މަޢުލޫމާތު ދެވިފައިވެއެވެ .އެގޮތުން
މައުލޫމާތު ދިނުމަށް ޔުނިޓުގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރސް އޮފީސް ،ޓްރާންސްޕޭރަންސީ މޯލް ޑިވްސް ،މޯލް ޑިވްސް ޕޮލިސް ސަރވިސް ،ދިވެހިރާއްޖޭގެ ހައިކޯޓު ،އެންޓި ކޮރަޕްޝަން ކޮމިޝަން
އަދި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްއާ ބައްދަލުކޮށްފައި ވެއެވެ .ޤާނޫނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް އައްޑޫ ސިޓީގެ ދައުލަތުގެ އިދާރާތަކަށް 09މާރިޗް 2020އިން
12މާރިޗް 2020އަށް ޔުނިޓުގެ ފަރާތުން ކުރިއަށް ގެންދެވިފައިވެއެވެ .އަދި ޔުނިޓަށް މިއަހަރު މިހާތަނަށް 06މައްސަލައެއް ހުށަހެޅި ބަލަމުން ދެއެވެ.
ށ ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތި ވިއެވެ .ނަމަވެސް،
2019ވަނަ އަހަރަށް ޔުނިޓަށް ބަޖެޓު ލިބިފައިނުވާތީ ޔުނިޓަށް މުވައްޒަފުން ނެގުމާއި ،މައްސަލަތަށް ބެލުމާ އަދި ޔުނިޓުގެ އެހެނިހެން މަސައްކަތްކުރުމަ ް
ރމް ހިންގުމަށާއި ،އަދި މުވައްޒަފުންނެގުމަށް ޔުނިޓުން
2021ވަނައަހަރަށް ކޮމިޝަނަށް ކަނޑައަޅަފައިވާ ބަޖެޓުގައި ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓަށް ބަޖެޓު ހަމަޖެހި މި ބަޖެޓުގެ ތެރެއިން ޕްރޮގު ާ
ވަނީ ނިންމާފައެވެ.
100
6
ކޮ މިޝަ ނު ގެ މަ ސަ އް ކަ ތަ ށް ދި މާވި ދަ ތި ތަ އް
ދިވެހިރާއްޖޭގައި އިންސާނީ ޙައްޤު ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް 17އަހަރު ފުރުނު އަހަރަކީ ހިއުމަންރައިޓްސް ކޮމިޝަނުގެ ތާރީޚުގައި ވެސް އެންމެ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވި އަހަރެވެ.
އެގޮތުން ،މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް 19-ގެ ޙާލަތުގެ ސަބަބުން ،ކޮމިޝަނުގެ އަހަރީ ޕްލޭނުގައި ހުރި ގިނަ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ވަރަށް ގިނަ ހުރަސްތަކަކާ ކުރިމަތިވިއެވެ.
އެގޮތުން 2020 ،ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ވެރިރަށް މާލޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް ފުރަބަންދަށް ދިޔުމާއެކު ކޮމިޝަނުގެ މަސައްކަތް ކުއްލިގޮތަކަށް ވާޗުއަލް ނިޒާމަކަށް ބަދަލުކުރުންވީ
ވަރަށް ދަތިކަމެކެވެ .އެކަމުގެ ސަބަބުން ކޮމިޝަނުގެ އިދާރާ ހިންގުމަށް ގިނަގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ،ދިމާވި ޙާލަތާ އެކުވެސް ކޮމިޝަނުގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ވަނީ ގިނަގުނަ
މަސައްކަތްތަކެއްކޮށްފައެވެ.
ކޯވިޑް 19ގެ މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް އިތުރުވެގެން ދިޔައިރު ،ދިމާވެފައިވާ ކާރިޘާގެ ސަބަބުން މައްސަލަތަކުގެ ބަޔާންތައް ނެގުމާއި ތަޙްޤީޤުތައް ކުރިޔަށް ގެންދިޔުމުގައި
ދަތިތަކާކުރިމަތިވިއެވެ .ވަކިން ޚާއްޞަކޮށް ،ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުން ހުށަހަޅާ މައްސަލަތަކުގައި އެފަރާތްތަކުގެ ބަޔާން ނެގުމާއި އެފަރާތްތަކުގެ ޙާލަތު ބެލުމަށް ފުރަބަންދުގެ މުއްދަތުގައި ހުރަސްތަކެއް
ކުރިމަތިވެގެން ދިޔައެވެ .މީގެ އިތުރުން ،މި މުއްދަތުގެ ތެރޭގައި މައްސަލަތައް ތަޙްޤީޤު ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ކަމާބެހޭ އިދާރާތަކުން ލިބުން ލަސްވުމުގެ ސަބަބުން އެންމެ ފުރިހަމަ ގޮތުގައި މައްސަލަތައް
ކުރިޔަށް ގެންދިޔުމަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިވިއެވެ.
މިނިވަންކަން ގެއްލޭގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްފައި ނުވަތަ ބައިތިއްބާފައި ތިބޭ ތަންތަނަށް ޒިޔާރަތްކޮށް ،އެފަދަ ތަންތަނުގައި ،އަނިޔާވެރި ،ލާއިންސާނީ އަދި ދަށުދަރަޖައިގެ ޢަމަލުތައް
ހިންގާތޯ ބަލައި މޮނިޓަރކުރުމަށް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމުގައިވިޔަސް ،ކޯވިޑް 19ގެ ޙާލަތުގައި މިފަދަ ތަންތަނަށް ކޮމިޝަނުން ޒިޔާރާތްކުރުމަށް ދަތިވިއެވެ .އެގޮތުން ކުރިން
އެނގުމަކާނުލައި ކުރާ މި ޒިޔާރާތްތައް ވާޗުއަލީ ކުރަންޖެހުމުގެ ސަބަބުން އޭގެ އެންމެ ފުރިހަމަ ނަތީޖާ ނުލިބުނު ކަމުގައިވިޔަސް ކޯވިޑުގެ ޙާލަތުގައި މިފަދަ ތަންތަނުގެ ޙާލަތު ކޮމިޝަނުން ބަލާފައިވާނެއެވެ.
ނ ޙައްޤުތަކަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަ ހަރަކާތްތަކާއި ޙާލަތު ވަޒްނ ކުރުމަށް ކުރާ މޮނިޓަރިންގ ޒިޔާރާތްތަކުގެ މަސައްކަތް އަހަރުގެ ކުރީކޮޅު ފެށުނު
2020ވަނަ އަހަރު ފެށިގެން އައިއިރު ،އިންސާ ީ
އ މަޑުޖައްސާލައި ހޭލުންތެރިކުރުމުގެ ހަރަކާތްތަކާއި މޮނިޓަރިންގ އަދި ރިސާރޗް މަސައްކަތްތައް ވީވަރަކުން ވާޗުއަލީ ކުރިޔަށް ގެންދިޔުންވީ ކޮމިޝަނަށް ދިމާވި
ކަމުގައިވިޔަސް ،ފުރަބަންދާއެކު މިފަދަ ހަރަކާތްތަ ް
އކު އޮންލައިންކޮށް މި ހަރަކާތްތައް ކޯވިޑުގެ ޙާލަތަށް އަމާޒުކޮށް ކުރިޔަށް ގެންދިޔުމަށް މުވައްޒަފުން ފަރިތަވެ މި މަސައްކަތްތައް އަދާ ކުރުމުގައި މުވައްޒަފުންވަނީ
ދަތިކަމަކަށެވެ .އެހެންނަމަވެސް ،ކޯވިޑް 19އާ ެ
ކެނޑިނޭޅި މަސައްކަތްކޮށްފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން ހިންގަމުންދާ ޢިމާރާތަކީ ގިނަގިނައިން މަރާމާތު ކުރަންޖެހޭ އަދި އެކަމަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭ ޢިމާރާތަކަށްވެފައި ،ފުރަބަންދުގެ މުއްދަތުގައި ދެފަހަރުމަތިން ކޮމިޝަންހިންގާ
ޢިމާރާތުގައި ފެންލީކުވުމުގެ ޙާދިސާ އެއް ހިނގައި ކޮމިޝަނުގެ ބައެއް ހަރުމުދަލަށް ގެއްލުންވުން ވެގެންދިޔައީ ދިމާވި ގޮންޖެހުމަކަށެވެ .މީގެ އިތުރުން ،މިއަހަރުގެ ތެރޭގައި ކޮމިޝަނުގެ ސަދަން ރީޖަނަލް އޮފީހުގައި
ހިނގައިދިޔަ ވައްކަމުގެ ޙާދިސާއެއްގައި އެ އިދާރާގައި ހުރި ކޮމިޝަނުގެ ހަރުމުދާތަކެއް ވަގަށް ގެންދިޔުމުގެ ސަބަބުން ދިމާވި ދަތިތަކަކީވެސް މި އަހަރުގެ ތެރޭގައި ކޮމިޝަނުގެ މަސައްކަތަށް ދިމާވި ނުހަނު ބޮޑު
ގޮންޖެހުމެކެވެ.
އ ދިމާވާ ދައްޗެކެވެ .އެހެންނަމަވެސް ،ކޮމިޝަނުގެ 5ވަނަ ދައުރުގެ މެންބަރުން އައްޔަނުވެ
ކޮމިޝަން ހިންގުމަށްޓަކައި ލިބިގެންދާ ބަޖެޓަކީ އެންމެ އެކަށީގެންވާ ބަޖެޓަކަށް ނުވުމަކީ ކޮމިޝަނުގެ އިދާރާ ހިންގުމުގަ ި
ށ އަންނަން އޮތް އަހަރުގެ ބަޖެޓަށް އެހެނިހެން އަހަރުތަކަށްވުރެ އިތުރަށް ދައުލަތުން ބަޖެޓު
މި އަހަރުގެ ތެރޭގައި އަންނަ އަހަރުގެ ބަޖެޓުގެ މަޝްވަރާ މަޖިލިސްތަކުގައި ކުރެވުނު މަޝްވަރާތަކަށްފަހު މިކޮމިޝަނަ ް
އިތުރުކޮށްދީފައިވާކަން ފާހަގަކުރަމެވެ.
ކޮމިޝަން ހިންގުމުގައި ތަފާތު ދަތިތަކާ ކުރިމަތިލާންޖެހުނު ކަމުގައިވިޔަސް ،ކޮމިޝަނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާ ކުރުމުގައި ކޮމިޝަނުން ފަސްޖެހުމެއްނެތި ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށިއެވެ.
އާމީން.
101