‫‪5.2.5.9‬‬ ‫މި ގަވާއިދު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި‪ ،‬މިގޮތަށް ގަވާއިދު ފާސްކޮށްފައި އޮތުމުގެ ސަބަބުން ޤައިދީންނާއި‪ ،‬ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި‬ ‫ތިބޭ މީހުންނާއި‪ ،‬ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތަކުގެ ތެރެއިން‪ ،‬ޢާއިލީ ބައްދަލުވުން‪ ،‬ޢާއިލާއަށް ފޯނުކުރުން‪ ،‬އެކަހެރި ބައްދަލުވުން‪،‬‬ ‫ކަސްރަތުކޮށް އުޅުމުގެ އިންތިޒާމު‪ ،‬ވަކީލުންނާ ބައްދަލުވުމުގެ އިންތިޒާމު ފަދަ އަސާސީ ޙައްޤުތަކުން އެ ފަރާތްތައް މަޙުރޫމުވެގެންދާނެ ކަމުގައި ފާހަގަކޮށް އެ ފަރާތްތަކުގެ އަޙުލާޤީ މިންގަނޑަށް ބަލާ ނުވަތަ‬ ‫ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި‪ ،‬މި ގަވާއިދުގައި ބަޔާންކުރާ އަސާސީ ޚިދުމަތްތައް ނުހިފެހެއްޓުމަށް ބާރުއަޅާފައިވާނެއެވެ‪.‬‬ ‫‪5.2.5.7‬‬ ‫ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާބެހޭގޮތުން އެޗް‪.‬ޕީ‪.‬އޭއިން ‪ 2020‬އޮގަސްޓު ‪ 31‬ގައި ޝާއިއުކޮށްފައިވާ އިޢުލާން‬ ‫މި އިޢުލާނަކީ ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކާގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ‪ 31‬އޮގަސްޓް ‪ 2020‬ގައި ޝާއިއުކޮށްފައިވާ އިޢުލާނެކެވެ‪.‬‬ ‫އ ކަމާގުޅޭ‬ ‫މި އިޢުލާނުގައި އެއްވެސް ފަރާތަކުން ވިޔަފާރީގެ އުޞޫލުން ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭނަމަ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަޑުތައް ބަޔާންކުރާ ގަވާއިދާ ި‬ ‫ނ އާމްދަނީ‬ ‫އެހެން ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ހުއްދަ ނެގުމަށާއި ޤާނޫނު ނަންބަރު ‪( 18/2014‬ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރުމަށް ބަޔާންކޮށްފައިވާތީ‪ ،‬ގޭގައި ތިބެގެ ް‬ ‫ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށް މިކަމުގެ ސަބަބުން ކުރާނެ އަސަރާގުޅޭގޮތުން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ދިރާސާކުރުމަށްފަހު ކޮމިޝަނުން އިޞްލާޙު ހުށަހަޅާފައިވާނެއެވެ‪.‬‬ ‫މި އިޢުލާނާ ގުޅިގެން ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި‪ ،‬ޤާނޫނު ނަންބަރު ‪( 2014/18‬ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު ‪( 7/2012‬ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު)‬ ‫އަކީ ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ފަރާތްތައް އިސްތިސްނާވާ ފަދައިން އެކުލަވާލާފައިވާ ގާނޫނުތަކަކަށްވާތީއާއި‪ ،‬މި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ މިނގަނޑުތަކަކީ މިފަދަ ފަރާތްތަކާ‬ ‫އެކަށީގެންވާ މިންގަނޑުތަކެއްކަމަށް ޤަބޫލުނުކުރެވޭތީއާއި‪ ،‬ކޯވިޑް‪ 19-‬އާގުޅިގެން ކުރިމަތިވެފައިވާ މި ޙާލަތުގައި މި ޤާނޫނުތަކަށް ގޭގައި ތިބެގެން އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ޢަމަލުކުރުމަށް‬ ‫ކަނޑައަޅައިފިނިމަ‪ ،‬ވަރަށް ގިނަ ފަރާތްތަކުގެ ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއްކޮށް‪ ،‬މި ދަނޑިވަޅުގައި އެފެރާތްތައް އިތުރަށް ނިކަމެތިވެގެންދާނެކަމަށް ކޮމިޝަނަށް ޤަބޫލުކުރެވޭތީ‪ ،‬ގޭގައި ކާބޯތަކެތި ތައްޔާރުކޮށް‬ ‫އާމްދަނީ ހޯދާ ފަރާތްތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޯވިޑް‪ 19-‬އާގުޅިގެން ޚާއްޞަ މިންގަނޑުތަކެއް އެކުލަވާލާ ޢާއްމުކުރުމަށް ބާރުއެޅުމާއި‪ ،‬އަދި މި‬ ‫މިނގަޑުތައް އެކުލަވާލުމުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަމެއް ދިނުމަށާއި ކޯވިޑް‪ 19-‬އާގުޅިގެން ‪ WHO‬އިން ކާބޯތަކެތީގެ ސާފުތާޚިރުކަން ކަށަވަރުކުރުމާގުޅޭގޮތުން އެކުލަވާލާފައިވާ‬ ‫މިންގަނޑަށާއި‪ ،‬ކޯވިޑް‪ 19-‬އާގުޅިގެން ‪ WHO‬އިން ކާބޯތަކެތީގެ ސާފުތާޚިރުކަން ކަށަވަރުކުރުމުގެ މަސްޢޫލިއްޔަތު އުފުލާ ފަރާތްތަކުން އިސްކަންދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިޢާޔަތްކުރުމަށް‬ ‫ބާރުއަޅާފައިވާނެއެވެ‪.‬‬ ‫‪5.2.5.8‬‬ ‫ބ‪.‬އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު ‪2020‬‬ ‫މި އުޞޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލް އިދާރާއިން އެކުލަވާލާފައިވާ 'ބ‪ .‬އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު ‪ '2019‬އިޞްލާޙު ކުރުމަށްފަހު އެކުލަވާލާފައިވާ‬ ‫އުޞޫލެކެވެ‪.‬‬ ‫ބ‪ .‬އޭދަފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު ‪ '2019‬އަށް ‪ 08‬ޑިސެންބަރު ‪ 2019‬ގައި ކޮމިޝަނުން ހުށަހެޅި އިޞްލާޙުތައް ހިމަނާފައިވޭތޯ ބެލުމަށް ތައްޔާރުކުރެވުނު ފޮލޯއަޕް ރިވިއު‬ ‫ކަރުދާސް އެކުލަވާލައި މި އުޞޫލުގައި ހިމަނާފައިނުވާ ކޮމިޝަނުގެ ހުށަހެޅުންތައް ފާހަގަކޮށް އަލުން އުޞޫލު އިޞްލާޙުކުރުމަށް ‪ 23‬ޖަނަވަރީ ‪ 2020‬ގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށި ކައުންސިލަށް‬ ‫ދަންނަވާފައިވާނެއެވެ‪ .‬މިގޮތުން މި އުޞޫލުގައި ހިމަނާފައިވާ ގޯއްޗަށްއެދި ކުރިމަތިލެވޭނެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ‬ ‫ޝަރުތުތަކަށް ރިޢާޔަތްކޮށް އެ ޝަރުތުތަކާ އެއްގޮތްކުރުމަށް ބާރުއަޅާފައިވާނެއެވެ‪.‬‬ ‫‪48‬‬ ‫މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ކުޑަކުދިންގެ ކަރެކްޝަން މަރުކަޒުތަކުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދުގެ ޑްރާފްޓް‬ ‫ނ ނަންބަރު ‪( 18/2019‬ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ‬ ‫މި ގަވާއިދަކީ ޤާނޫ ު‬ ‫މލު ކުރަންޖެހޭ ގޮތުގެ ގަވާއިދެވެ‪.‬‬ ‫މަރުކަޒުތަކުގައި ޢަ ަ‬ ‫ވަނަ މާއްދާގެ (ނ) ދަށުން ބާރު ލިބިގެން މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ކުޑަކުދިންގެ ކަރެކްޝަން‬ ‫މި ގަވާއިދު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި‪ ،‬ކެއިންބުއިމުގެ އިންތިޒާމު ހަމަޖެއްސުމުގައި ގަވާއިދު ނަންބަރު ‪ R-380/2014‬ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި‬ ‫ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުމާއި‪ ،‬ތުއްތު ކުއްޖަކު މަންމައާއެކު ރިހެބިލިޓޭޝަން ސެންޓަރުގައި ބަހައްޓާނަމަ ޢަމަލުކުރަންޖެހޭ ކަންކަމާއި‪ ،‬ކުޑަކުދިންގެ‬ ‫ކަރެކްޝަނަލް މަރުކަޒުތަކުގައިދެވޭ ތައުލީމަކީ‪ ،‬ވީ މިންވަރަކުން‪ ،‬ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދެވޭ ތަޢުލީމަށް ހެދުމާއި‪ ،‬ޢާއިލާއަށް ފޯނު ކުރަން ލިބޭ ވަގުތު އިތުރުކުރުމާއި‪،‬‬ ‫ނ ކުރުން މަނާކަންކަމާއި އެކަމަށް ކަނޑައެޅޭ އަދަބުތައް ބަޔާންކުރުމާއި‪ ،‬ފަރުވާގެ ޕްރޮގްރާމްތައް ނިންމުމަށް‬ ‫ރ ފަރާތްތަކުން ހިފަހައްޓަންޖެހޭ މިންގަޑުތަކާއި‪ ،‬މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކު ް‬ ‫މަރުކަޒުގައި މަސައްކަތްކު ާ‬ ‫މ ގަވާއިދުގައި ބަޔާންކުރުމަށް ބާރުއަޅާފައިވާނެއެވެ‪.‬‬ ‫ގއި މަސައްކަތްކުރާނެ ފަންނީ މަޤާމުތައް ި‬ ‫ދނެ ގޮތްތަކާއި މަރުކަޒުތަކުގައި ދާއިމީ ގޮތެއް ަ‬ ‫ފަންނީ މުވައްޒަފުން ހޯ ާ‬ ‫‪ 5.2.5.10‬މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން މޯލް ޑިވްސް ކަރެކްޝަން ސަރވިސް އިން އެކުލަވާލާފައިވާ 'ޢާއްމު އުޞޫލު ނަންބަރު‪ UA-2019/03‬މަޢުލޫމާތު ހޯދުމާއި‪،‬‬ ‫ހޯދައި ދިނުމުގައި ޢަމަލުކުރާނެ އުޞޫލު'‬ ‫މި އުޞޫލަކީ ޤާނޫނު ނަންބަރު ‪( 1/2014‬މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އާ ގަވާއިދު ނަންބަރު ‪( R-5/2016‬މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު) ގެ ދަށުން މޯލް ޑިވްސް ކަރެކްޝަނަލް‬ ‫ވ މަޢުލޫމާތު ހޯދުމާއި ހޯދައި ދިނުމުގެ ޢަމަލުކުރާނެ އުޞޫލެވެ‪.‬‬ ‫ސަރވިސްއިން އެކުލަވާލާފައި ާ‬ ‫މި އުޞޫލުގެދަށުން ޤައިދީންގެ އަތުން ފީއެއް ނަގަމުންދާތީ‪ ،‬މިއީ ޕެރޯލް ފުރުޞަތަށް އެދި ހުށަހެޅުމުގައި ޤައިދީންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރުން އެންމެ އެކަށީގެންވާ އުޞޫލެއްތޯ ކަނޑައެޅުމާއި‪،‬‬ ‫ޤައިދީންއަށް ފަސޭހައިން ޕެރޯލް ފުރުޞަތަށް އެދި ހުށަހެޅުމުގެ ނިޒާމްއެއް ޤާއިމްކުރުމަށް ބާރުއެޅުމުގެގޮތުން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ކޮމިޝަނުން އިޞްލާޙު ހުށަހަޅާފައިވާނެއެވެ‪ .‬މިގޮތުން‬ ‫ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި‪ ،‬މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ޙުކުމް ތަންފީޛު ކުރަމުންދާ ޤައިދީން ޕެރޯލް ފުރުޞަތު އެދި ހުށަހެޅުމުން‪ ،‬އެކަން އަވަސްކުރުމަށް ތިޔަ ސަރވިސްގެ‬ ‫ނިންމުމުގެ ދަށުން‪ ،‬ޤަޟިއްޔާގެ ކޮޕީއެއް ހޯދުމަކީ ޤާނޫނު ނަންބަރު ‪( 14/2013‬ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު) ގެ ދަށުންނާއި ގަވާއިދު ނަންބަރު ‪ R-162/2014‬ޕެރޯލް ގަވާއިދުގެ ދަށުން ޤައިދީނަށް‬ ‫ލާ ޒިމްކުރާކަމަކަށް ނުވާތީއާއި‪ ،‬ކޯޓު މެދުވެރިކޮށް ޙުކުމުގެ ތަފްޞީލު ހޯދުމުގައި ލަސްތަކެއްވުމަކީ ދެ މުއައްސަސާ މެދުގައި ވިލަރެސްކުރުމާގުޅޭ މައްސަލައެއް ކަމަށްވާތީ‪ ،‬މިކަމާގުޅިގެން ޤައިދީންގެ އަތުން ޚަރަދެއް ނުނެގުމާއި‪،‬‬ ‫ޕެރޯލް ފުރުޞަތަށް އެދި ހުށަހެޅުމުމުގައި‪ ،‬ޕެރޯލް ފުރުޞަތަށް އެދި ހުށަހަޅާ ފޯމުގެ އިތުރުން އެއްވެސް އިތުރު ލިޔެކިޔުމެއް ހުށަހަޅަން ޤާނޫނުގެ ދަށުންވެސް އަދި ގަވާއިދުގެ ދަށުންވެސް ޤައިދީއަށް ލާ ޒިމްކޮށްފައިނުވާކަމުގެ‬ ‫މަޢުލޫމާތު ޤައިދީންނާ ޚިއްޞާކުރުމަށާއި އަދި މި މަޢުލޫމާތު ފެންނަން ހުންނާނެހެން ބެހެއްޓުމަށް ފާހަގަކޮށްފައިވާނެއެވެ‪.‬‬ ‫‪5.2.5.11‬‬ ‫ދ‪ .‬މީދޫން ގޯތިދޫކުރުމުގެ ގައިޑްލައިން‬ ‫މި އުޞޫލަކީ ދ‪ .‬މީދޫއިން ގޯތި ދޫކުރުމުގައި ޢަމަލުކުރާނެ އިޖުރާޢަތް ތަކާއި ޕޮއިންޓް ދިނުމުގެ އުޞޫލު ބަޔާންކޮށް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލުން އެކުލަވާލާފައިވާ ގައިޑްލައިނެކެވެ‪.‬‬ ‫މި ގައިޑްލައިން އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި‪ ،‬މިފަދަ ގައިޑްލައިންތައް އެކުލަވާލުމުގައި ޤާނޫނުއަސާސީގެ ‪ 23‬ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަން‬ ‫ކަށަވަރުކޮށްދިނުމުގައި ހަމަހަމަކަން ޤާއިމްކުރުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުވާފަދައިން ގައިޑްލައިންތައް އެކުލަވާލުމަށް އިސްކަންދިނުމާއި‪ ،‬ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅުމުން މި‬ ‫ޝަރުޠު ފުރިހަމަ ނުވާ‪ ،‬މުޖްތަމަޢުގައި އިތުރު ނިކަމެތިކަމެއް ލިބިފައިވާ ފަރާތްތައްކަމުގައިވާ އެކަނިވެރި މައިންނާއި ބަފައިންނަށް ގޯތި ލިބުމުގެ ފުރުޞަތު ހަނިވެގެންދާތީ‪ ،‬ޤާނޫނުއަސާސީގެ ‪ 23‬ވަނަ މާއްދާގެ (ށ) ގެ‬ ‫ދަށުން ކަށަވަރުކޮށްދޭ ބޯހިޔާވަހިކަން ލިބުމުގެ ޙައްޤު ހަމަހަމަގޮތުގައި ލިބިދުމަށްޓަކައި ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ލިބޭ ޕޮއިންޓް އެކަނިވެރި މައިން އަދި ބަފައިންނަށްވެސް ލިބޭނެގޮތަށް ޕޮއިންޓް ދިނުމުގެ އުޞޫލު‬ ‫އިޞްލާޙުކުރުމަށް ހުށަހަޅާފައިވާނެއެވެ‪.‬‬ ‫‪49‬‬

Select target paragraph3