‫‪ 5.2.5‬ގަވާއިދުތަކާއި‪ ،‬ސިޔާ ސަތުތަކާއި އަދި އުޞޫލުތައް ރިވިއުކޮށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް‬ ‫ހުށަހަޅާފައިވާ ކަންކަން‬ ‫‪5.2.5.1‬‬ ‫ވޯޓުލާން ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ހުށަހަޅާ ފޯމު ބަލައިގަތުމުގައި ޢަމަލުކުރާނެ އުޞޫލު‬ ‫މި އުޞޫލަކީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާ ފޯމު ބަލައިގަތުމުގައި ޢަމަލުކުރާނެ ކަންކަން ބަޔާންކޮށް އިލެކްޝަންސް‬ ‫ކޮމިޝަނުން އެކުލަވާލާފައިވާ އުޞޫލެކެވެ‪.‬‬ ‫މި އުޞޫލު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި މި އުޞޫލުގެދަށުން ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބުތަކުގައި ރީ‪-‬ރަޖިސްޓްރީކުރުމަށް ހުށަހަޅާ ކޮންމެ‬ ‫ފޯމެއްގެ ޞައްޚަކަން ވަކިން ބެލޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުވޭކަން ކަށަވަރުކުރުމަށްޓަކައި ފޯމު ހުށަހަޅާ ވަގުތު‪ ،‬ފޯމު ބަލައިގަންނަ ފަރާތަށް ފެންނާނެހެން ފޯމު ގެނައި ފަރާތުގެ ސޮއި ކުރުވުމަށްފަހު‬ ‫އިނގިލީގެ ނިޝާން ފޯމުގައި ޖެހުމާއި‪ ،‬ރީ‪-‬ރެޖިސްޓްރީކުރުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ފޯމުގެ ވެރިފަރާތް ނޫން އެހެން ފަރާތަކުން ހުށަހަޅާފައިވާ‪ ،‬ފޯމު ބަލައިގަތުމަށް ބޭނުންވާ މަޢުލޫމާތު‬ ‫ފުރިހަމަވެފައިވާ ހުރިހާ ފޯމުތައް‪ ،‬މޯލް ޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވައި‪ ،‬ފޯމުގައިވާ އިނގިލީގެ ނިޝާންގެ ޞައްޚަކަން ކަށަވަރުކުރުމަށް ބާރުއެޅުން ހިމެނެއެވެ‪.‬‬ ‫‪5.2.5.2‬‬ ‫ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ޞުލޫކީ މިންގަނޑު)‬ ‫ގ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)' އިޞްލާޙު ކުރުމަށް އެކޮމިޝަނުން ނިންމައި‪ 13 ،‬ފެބުރުވަރީ ‪2020‬‬ ‫މޯލް ޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢަމަލުކުރަމުން ދާ 'ބްރޯޑްކާސްޓުކުރުމު ެ‬ ‫މށް އެދިފައިވާތީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ޖުމްލަ ‪ 21‬ކޮމެންޓް ‪ 02‬ފެބުރުވަރީ ‪ 2020‬ވަނަ‬ ‫ގައި މި ސުލޫކީ މިންގަނޑަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމެންޓުކޮށްދިނު ަ‬ ‫ދުވަހު އެ ކޮމިޝަނާ ޙިއްޞާކޮށްފައިވާނެއެވެ‪.‬‬ ‫މި ސުލޫކީ މިންގަނޑަށް ހުށަހެޅި އިޞްލާޙުތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ޙައްޤުތައް ޙިމާޔަތް ކުރުމުގެގޮތުން ތަފާތު ނާޒުކު ޙާލަތްތައް ކުރިމަތިވެފައިވާ ކުދިންގެ ކަރާމާތަށް އުނިކަމެއް‬ ‫ލިބިދާނެ ގޮތަށް އެކުދިންގެ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެފަދަ ތަސްވީރެއް ބްރޯޑްކާސްޓްނުކުރުމާއި ޖިންސީ ގޯނާ ނުވަތަ ގެވެށި‬ ‫އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތެއްގެ މަޢުލޫމަތު ގެނެސްދިނުމުގައި‪ ،‬އެފަރާތްތައް ދެނެނުގަނެވޭނެ ގޮތަށް ކާކުކަން އެނގިދާނެފަދަ އެއްވެސް މަޢުލޫމާތެއް އެފަރާތެއްގެ ރުހުން ލިބިފައިނުވާ ޙާލަތުގައި‬ ‫ބްރޯޑްކާސްޓްނުކުރުމަށް ބާރުއަޅާފައިވާނެއެވެ‪.‬‬ ‫‪5.2.5.3‬‬ ‫މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ކޮރޯނާ (ކޯވިޑް‪ )91-‬އާގުޅިގެން ޢަމަލުކުރާނެ ގޮތުގެ ޚާއްޞަ އުޞޫލުގެ ޑްރާފްޓް‬ ‫ގ ކުއްލި ނުރައްކަލުގެ ޙާލަތު‬ ‫ގ ‪ 33‬ވަނަ މާއްދާގެ ދަށުން‪ ،‬ޢާއްމު ޞިއްޙަތު ެ‬ ‫މި އުޞޫލަކީ ކޯވިޑް‪ 19-‬ގެ ޙާލަތާއި ގުޅިގެން ޤާނޫނު ނަންބަރު‪( 7/2012 :‬ޢާއްމު ޞިއްޙަތު ރައްކާތެރިވުމުގެ ޤާނޫނު) ެ‬ ‫ގ ސަލާމަތާއި ރައްކާތެރިކަން‬ ‫އ ޤައިދީންނާއި ބަންދުމީހުން އަދި ޑިޓެއިނީސް ެ‬ ‫އިޢުލާން ކުރުމާއެކު‪ ،‬މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސް ގައި މަސައްކަތް ކުރާ އޮފިސަރުންނަށާއި މުވައްޒަފުންނަށާ ި‬ ‫ކަށަވަރުކުރުމަށްޓަކައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް މޯލް ޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެކުލަވާލާފައިވާ އުޞޫލެކެވެ‪.‬‬ ‫‪45‬‬ ‫މި އުޞޫލު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި‪ ،‬ކޯވިޑް‪ 19-‬އަށް ފައްސިވެފައިވާ ނުވަތަ ބަލީގެ އަލާމާތެއް ހުރި ފަރާތެއް ފާހަގަ ކުރެވިއްޖެނަމަ‪،‬‬ ‫އެކަހެރި ކުރުމުގަ އާއި އެލާޓް ލެވެލްއާއި އަދި އެލާޓްކުރާނެ މުއްދަތު ކަނޑައަޅާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިންކަމާއި‪ ،‬ބައްޔަށް ފައްސި ވެފައިވާ‬ ‫ފަރާތެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ފެސިލިޓީ އަށް ގެންދިއުމުގައި ޙަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުކުރުމަށް‬ ‫ބާރުއަޅާފައިވާނެއެވެ‪.‬‬ ‫‪5.2.5.4‬‬ ‫ކޯވިޑް‪ 19-‬އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާގުޅޭ އުޞޫލު‬ ‫މި އުޞޫލަކީ ކޯވިޑް‪ 19-‬ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ނުވަތަ އަމިއްލަ މަސައްކަތްކުރާ ދިވެހި ރައްޔިތުންގެ ތެރެއިން އެ ބައެއްގެ އާމްދަނީއަށް ނުރަނގަޅު އަސަރެއްކޮށްފައިވާ ފަރާތްތަކަށް‬ ‫ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންކަމް ސަޕޯޓް އެލަވަންސްއެއް ދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާޢަތުތައް ބަޔާންކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން‬ ‫އެކުލަވާލާފައިވާ އުޞޫލެކެވެ‪.‬‬ ‫މި އުޞޫލު އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި‪ ،‬އ‪.‬ދގެ އިޤްތިޞާދީ‪ ،‬އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާގެ‬ ‫‪ 7‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން‪ ،‬ހުރިހާ ޤައުމަކުންވެސް މަސައްކަތްކުރުމުގެ ޙައްޤު ކަށަވަރުކޮށްދިނުމުގައި ކޮންމެ މީހަކަށްވެސް އެމީހާއަށާއި އެމީހާގެ ޢާއިލާއަށް ޤަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ‬ ‫ފަދަ އާމްދަނީއެއް އެމީހަކު ކުރާ މަސައްކަތަކުން ލިބޭކަން ކަށަވަރުކޮށްދިނުމުގެ ގޮތުން‪ ،‬ކޯވިޑް‪ 19-‬އާގުޅިގެން ވަޒީފާ ގެއްލިފައިވާ ހުރިހާ ފަރާތްކަށް އެލަވަންސްގެ ގޮތުގައި ‪ 5000/-‬ދިނުމަށް ކަނޑައެޅުމުގެ‬ ‫ބަދަލުގައި މަހެއްގެ މައްޗަށް ދިރިއުޅުމަށް ޚަރަދުވާ ޢަދަދަށް ރިޢާޔަތްކޮށް‪ ،‬އިތުރު ދިރާސާގެ އަލީގައި‪ ،‬ވަޒީފާ ގެއްލުމުގެ ކުރިން ‪ 6‬މަސް ދުވަހު ލިބެމުންއައި އާމްދަނީގެ ވަކި ޕަރސެންޓެއް އެލަވަންސްގެ‬ ‫ގޮތުގައި ދިނުމަށް ބާރުއެޅުން ހިމެނެއެވެ‪.‬‬ ‫‪5.2.5.5‬‬ ‫ގަވާއިދު ނަންބަރު ‪ R-35/2020‬އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދު‬ ‫ނ މާއްދާގެ )ތ( އާއި‪ ،‬އެ މާއްދާގެ )ލ( ގެ ދަށުން މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ ގަވާއިދު‬ ‫މި ގަވާއިދަކީ ޤާނޫނު ނަންބަރު ‪ (7/2012‬ޢާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނު( ގެ ‪ 94‬ވަ ަ‬ ‫ހރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާބެހޭ ގަވާއިދެވެ‪.‬‬ ‫ނަންބަރު ‪ R-35/2020‬އެކަ ެ‬ ‫ޤާނޫނު ނަންބަރު ‪( 7/2012‬ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން ކަނޑައަޅާފައިވާ ބައްޔަކާގުޅިގެން މީހުން އެކަހެރިކުރުމާއި ކަރަންޓީނުކުރުމުގެ އުޞޫލާއި‪ ،‬މި ގަވާއިދުގެ ދަށުން ކަނޑައަޅާ‬ ‫މަރުކަޒުތަކުގައި ހުންނަންޖެހޭކަމަށް ބަޔާންކޮށްފައިވާ މިންގަނޑުތަކަކީ އެންމެ އެކަށީގެންވާ މިންގަނޑުތަކެއްތޯ އިންސާނީ ޙައްޤުތަކުގެ ނަޒަރުން ރިވިއުކުރުމަށްފަހު ކޮމިޝަނުން އިޞްލާޙު ހުށަހަޅާފައިވާނެއެވެ‪.‬‬ ‫މިގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކުގެ ތެރޭގައި‪ ،‬މަރުކަޒުގައި ހުންނަންޖެހޭ މިންގަނޑުތަކުގައި ފާހާނާ ކުރުމުގެ އިންތިޒާމާއި އެކަކަށްވުރެ ގިނަ މީހުން ބައިތިއްބާ ކޮޓަރި ނުވަތަ ޑޯމިޓަރީތަކުގައި ބަލިމީހާ އެގްޒޭމިން‬ ‫ކުރުމުގައި މިތާގައި ތިބޭ ފަރާތްތަކުގެ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނަގޮތަށް‪ ،‬އެކަކު އަނެކަކަށް ނުފެންނާނޭ ފަދައިން ފަރުމާކޮށްފައި ހުރުމަށާއި‪ ،‬މަރުކަޒަށް ގެންދާ ބަލިމީހުން އެމަރޖެންސީ ޙާލަތުގައި‬ ‫ފަރުވާ ދިނުމަށް ބޭނުންވާ އެމަރޖެންސީ ސެޓަޕްއާއި ޞިއްޙީ ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ އާލާތްތަކާއި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާރުއަޅާފައިވާނެއެވެ‪.‬‬ ‫ގަވާއިދު ނަންބަރު ‪ R-79/2020‬ޤައިދީންނާއި‪ ،‬ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި‪ ،‬ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ‬ ‫‪5.2.5.6‬‬ ‫ޚިދުމަތްތަކާއި ޢިނާޔަތްތަކާބެހޭ ގަވާއިދު‬ ‫ޓ އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ‬ ‫ކ ގަވާއިދު ނަންބަރު ‪ R-34/2016‬ޤައިދީންނާއި‪ ،‬ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި‪ ،‬ކޯ ު‬ ‫މި ގަވާއިދަ ީ‬ ‫އ ޢިނާޔަތްތަކާބެހޭ ގަވާއިދު އިޞްލާޙުކޮށް މޯލް ޑިވްސް ކަރެކްޝަން ސާވިސްއިން އެކުލަވާލާފައިވާ ގަވާއިދެކެވެ‪.‬‬ ‫ޚިދުމަތްތަކާ ި‬ ‫ގަވާއިދު ނަންބަރު ‪ R34-/2016‬ޤައިދީންނާއި‪ ،‬ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި‪ ،‬ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި‬ ‫ޢިނާޔަތްތަކާބެހޭ ގަވާއިދަށް‪ 15 ،‬ސެޕްޓެމްބަރ ‪ 2019‬ގައި ކޮމިޝަނުން ހުށަހެޅި އިޞްލާޙުތައް ހިމަނާފައިވޭތޯ ބެލުމަށް ތައްޔާރުކުރެވުނު ފޮލޯއަޕް ރިވިއު ކަރުދާސް އެކުލަވާލައި މި ގަވާއިދުގައި ހިމަނާފައިނުވާ‬ ‫ކޮމިޝަނުގެ ހުށަހެޅުންތައް ފާހަގަކޮށް އަލުން ގަވާއިދު އިޞްލާޙުކުރުމަށް ‪ 16‬ނޮވެންބަރު ‪ 2020‬ގައި މޯލް ޑިވްސް ކަރެކްޝަން ސާވިސްއަށް ދަންނަވާފައިވާނެއެވެ‪.‬‬ ‫‪46‬‬

Select target paragraph3