• 2020ވަނަ އަހަރު ކޮމިޝަނުން ބަލާފައިވާ މައްސަލަތަކުގެތެރެއިން މިނިސްޓްރީ އޮފް ޖެންޑަރ ،ފެމެލީ އެންޑް ސޯޝަލް ސަރވިސްއާ ގުޅުންހުރި މައްސަލަތަކުން
ފާހަގަކުރެވުނު އެކިއެކި ކަންކަމާގުޅިގެން ކޮމިޝަނުގެ ހުށަހެޅުންތައް އެ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ .އެގޮތުން ،މިނިސްޓްރީ އޮފް ޖެންޑަރ ،ފެމެލީ އެންޑް
ސޯޝަލް ސަރވިސްއިން ކުރާ މަސައްކަތްތަކުގައި މައްސަލައަކާ ގުޅިގެން ފާހަގަކުރެވޭ ކަންތައްތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކުން އެސެސްމަންޓް ހެދުމަށް
އެ މިނިސްޓްރީއަށް ހުށަނޭޅިނަމަވެސް މިނިސްޓްރީއަށް އަމިއްލައަށް ފެނިގެން އެސެސްމަންޓް ހެދުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަ ގޮތަށް ނިޒާމެއް ބައްޓަން
ކުރުމަށާއި ،ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތެއްގެ ޢާއިލާގެ މެންބަރަކު ދައުލަތުގެ ބެލުމުގެދަށުގައި އެހެން މަރުކަޒެއްގައި ބަލަހައްޓަމުންދާތީ މިފަރާތްތައް،
އެކަކު އަނެކަކާ ބައްދަލުކުރެވޭނެ ނިޒާމެއް ގާއިމްކުރުމަށާއި ކުޑަކުދިންގެ ހިޔާއާއި ފިޔަވަތީގައި ވަގުތީ ގޮތުން ބައިތިއްބާފައިތިބި އެއް ޢާއިލާއަކަށް ނިސްބަތްވާ
ކުދިންގެ އުޅުން މޮނީޓަރކޮށް ކުދިންނަށް ބޭނުންވާ އިޖްތިމާޢީ އަދި ނަފްސާނީ އެހީތެރިކަން ކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ފޯރުކޮށްދިނުމަށާއި' ،ދިވެހިރާއްޖޭގައި
ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި މަދުވެގެން ހުންނަންވާނެ މިންގަނޑުތަކުގެ ގަވާއިދ' ގެ ތަފްޞީލު ޑްރާފްޓެއް އެކުލަވާލާފައިވީނަމަވެސް މިއަދާ ހަމައަށް މި
ޤަވާޢިދު ފާސްވެ އެއަށް ޢަމަލުކުރެވިފައިނުވާތީ ،މި ޑްރާފްޓް 1މަސްދުވަހުގެ ތެރޭގައި ނިންމުމަށާއި ،އެ ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ކޮމިޝަނުގެ ފަރާތުން
މިނިސްޓްރީ އޮފް ޖެންޑަރ ،ފެމެލީ އެންޑް ސޯޝަލް ސަރވިސްއަށް ހުށަހެޅި ހުށަހެޅުމާގުޅިގެން މީގެތެރެއިން ބައެއް ހުށަހެޅުން ފުރިހަމައަށް ތަންފީޒުކޮށްފައިވެއެވެ.
އަދި ފުރިހަމައަށް ތަންފީޒުވެފައިނުވާ ހުށަހެޅުންތައް ކޮމިޝަނުގެ ފަރާތުން ދަނީ މޮނިޓަރކުރަމުންނެވެ.
މ ކޮމިޝަނުން ބެލި މައްސަލައަކާ
ނ މުހިންމުކަމަށް ި
•ޚާއްސަ ރައްކާތެރިކަމަށް ބޭނުންވާ މީހުންގެ ދަފްތަރު ރަށްރަށުގެ ކައުންސިލްތަކުން އެކުލަވާލާފައިވޭތޯ ބެލު ް
ނ މިކަން ތަންފީޒުކުރެވިފައިވާކަމަށް
ހޅި ހުށަހެޅުމާގުޅިގެ ް
ގުޅިގެން ފާހަގަކުރެވިފައިވާތީ މިކަން ބެލުމަށް ކޮމިޝަނުގެ ފަރާތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަ ެ
ލޯކަލް ގަވަރމެންޓް އޮތޯރިޓީއިން ކޮމިޝަނަށް މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ.
5.1.14
5.1.15
ސަ ދަރ ން ރީ ޖަނަ ލް އޮފީހަ ށް ހު ށަ ހަ ޅާފައި ވާ މަ އް ސަ ލަ ތަ ކުގެ ތަ ފާ ސް ހި ސާ ބު
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ކޮމިޝަނުގެ ސަދަރން
ރީޖަނަލް އޮފީސް (އެސް.އާރު.އޯ) އަށް މި އަހަރުގެ ނިޔަލަށް
ޙައްޤެއް ގެއްލިފައިވާކަމަށް ބުނެ ( 51ފަންސާސް އެކެއް)
މައްސަލައެއް ހުށަހަޅާފައިވެއެވެ .އަދި ކޮމިޝަނުން
އިސްނަގައިގެން ބެލުމަށް 21މައްސަލަ ލޮޖްކުރެވިފައިވެއެވެ.
ކޮމިޝަނަށް ހުޅަހެޅުނު މައްސަލަތަކުގެ ތެރެއިން މިހާތަނަށް
( 4ހަތަރު) މައްސަލަ ބަލައި ނިންމާފައިވެއެވެ .އަދި
ނިންމި
ބެލުމަށް
އިސްނަގައިގެން
ކޮމިޝަނުން
މައްސަލަތަކުގެ ތެރެއިން ( 1އެކެއް) މައްސަލަ ބަލައި
ނިމިފައިވެއެވެެ.
ކޮ މިޝަ ނު ން ބަ ލަ މުން ދާ މަ އް ސަ ލަ ތަ އް ތަ ޙްޤީޤުކުރު މަ ށް ގެ ނެ ސް ފައި ވާ ބަ ދަ ލު
ކޮމިޝަނުގެ 5ވަނަ ދައުރުގެ މެންބަރުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤް ކުރުމުގައި ދިމާވާ ގޮންޖެހުންތައް ބަލައި ދިރާސާ ކުރުމަށްފަހު ،އިތުރަށް
ހަރުދަނާކުރަންޖެހޭ ކަންކަން ފާހަގަކޮށް ،މިދާއިރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް އަޅައިފައިވެއެވެ .އެގޮތުން ،ކޮމިޝަނުގެ ކޭސް މެނޭޖްމަންޓް ސިސްޓަމް
އެކަށީގެންވާގޮތެއްގައި ބޭނުންކުރެވެމުން ނުދާކަން ފާހަގަކުރެވި ،މި ސިސްޓަމް ރިވިއުކޮށް ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފަށާފައިވެއެވެ .އަދި
ކޭސް ޕްރެސިޑެންސްއަށް މައްސަލަތައް ނިންމުމުގައި ރިޢާއަތްކުރެވެމުން ނުދާތީ ،ކޭސް ޕްރެސިޑެންސްއަށް ރިޢާއަތްކުރެވޭނެ ގޮތްތައް ދެނެގަނެ މިމަސައްކަތް މިހަރުތެރޭގައި
ކުރަންފަށާއި މިކަން އިތުރަށް ހަރުދަނާކުރުމުގެ ކަންކަން ކުރެވިފައިވެއެވެ.
ހަމަމިއާއެކު ،މައްސަލަތަކަށް ބޭނުންވާ މަޢުލޫމާތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ހޯދައި ތަޙުޤީޤްތައް އަވަސް މުއްދަތެއްގައި ނިންމުމަށް ،ސަރުކާރުގެ ބައެއް އިދާރާތަކާއެކު
މަޝްވަރާކުރެވި ކޭސްވޯކަރުން އިދާރާތަކާއެކު ކޮންމެ ހަފްތާއަކު އެއްދުވަހު ބައްދަލުކޮށް ބޭނުންވާ މައުލާތުތައް ހޯދުމުގެ މަސައްކަތް ކުރަންފަށާފައިވެއެވެ .އަދި އެންޓި ޓޯޗަރ
ޤާނޫނު 3102ގެ ދަށުން ކޮޝަނުން ކުރާ ތަޙޫޤީގުތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެއްބާރުލުން މައްސަލަ ކުރިއަށްދާ މަރުހަލާގެ ތެރޭގައިވެސް ހޯދޭނެ އިންތިޒާމް
ހަމަޖައްސާފައިވެއެވެ.
35
ކޮމިޝަންގެ ތަހުޤީގުތަކަށް ފަންނީ ދާއިރާތަކުން ބޭނުންވާ ލަފައާއި އިރުޝާދު ހޯދުމަށް އެކި މުއައްސަސާތަކާއެކު މަޝްވަރާކުރަން ފަށާފައިވެއެވެ .އަދި މުވައްޒަފުން
ބިނާކުރަން ޖެހޭ ދާއިރާތަށް ދެނެގަނެ އެކަމަށް ބޭނުން��ާ އިންތިޒާމްތައް ހަމަޖެއްސުމަށް ފަށާފައިވެއެވެ.
36