‫‪ 5.1.12.4‬ޤާނޫނުއަސާ ސީގެ ‪ 32‬ވަނަ މާއްދާގައި ދަޢުލަތުގެ ހުއްދައެއް ކުރީން ހޯދުމަކާނުލައި ސުލްޙަވެރިކަމާއެކު‬ ‫އެއްވެއުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވުން‬ ‫•‬ ‫•‬ ‫ފގދގ‪ 2020‬ވަނަ އަހަރު‪ ،‬ޢާއްމު ރައްޔިތުންނާއި‪ ،‬ބިދޭސީ މަސައްކަތްތެރިންނާއި‪ ،‬އިދިކޮޅު ކޯލިޝަނުން ބާއްވާފައިވާ ޖުމްލަ ‪ 5‬މުޒާހަރާއެއް ފީލްޑަ ް‬ ‫ށ‬ ‫ޒިޔާރަތްކޮށް މޮނީޓަރ ކޮށްފައިވެއެވެ‪ .‬މިގޮތުން މުޒާހަރާކުރި ސަރަޙައްދުތަކުގައި މޮނީޓަރިންގ ޓީމްތައް ޙަރަކާތްތެރިވެގެންނާއި‪ ،‬މީޑިއާ މޮނީޓަރކޮށްގެން‬ ‫އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ރިޕޯޓެއް ތައްޔާރުކޮށްފައިވެއެވެ‪ .‬ކޯވިޑް‪ -19‬އާ ގުޅިގެން ސަރުކާރު ބަންދުވެފައިވުމާއި ‪ 2020‬އޭޕްރީލް ‪ 15‬ވަނަ ދުވަހު‬ ‫މާލެ ސިޓީ ލޮކްޑައުން ކުރުމާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އެހެން އަހަރުތަކަށްވުރެ މުޒާހަރާތަށް މަދުކަމުގައި ފާހަގަވެއެވެ‪ .‬ވ‬ ‫•‬ ‫•‬ ‫•‬ ‫‪ 2020 5.1.13‬ވަނަ އަ ހަ ރު ގެތެ ރޭ ގަ އި ކޮ މިޝަ ނު ން ބަ ލާފައި ވާ މަ އް ސަ ލަ ތަ ކުގެތެ ރެ އި ން ފާހަގަކުރެ ވުނު‬ ‫ކަ ން ކަ މަ ށް ރި ޢާ ޔަ ތް ކޮ ށް ދަ އު ލަ ތު ގެ އި ދާ ރާ ތަ ކަ ށް އަ ން ގާފައި ވާ އެ ން ގު ން ތަ ކާ އި‬ ‫ހު ށަ ހަ ޅާފައި ވާ ހު ށަ ހެ ޅުން ތަ އް‬ ‫•‬ ‫ފގދގ •ކޯވިޑް‪ -19‬ގެ ޙާލަތާ ގުޅިގެން‪ ،‬އިޢުލާންކުރެވުނު ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތައް ފުރަބަންދުކޮށްފައިވާ ދުވަސްވަރު‬ ‫މާބަނޑުމީހުންނަށް ސިއްޙީ ފަރުވާފޯރުކޮށްދިނުމުގައި ކުރިމަތިވަމުންދިޔަ އެދެވިގެންނުވާ ބައެއް ޙާލަތްތަކަށް ރިޢާޔަތްކޮށް‪ ،‬މިފަދަ ޙާދިޘާތައް ތަކުރާރުވިޔަނުދިނުމަށްޓަކައި ވިހަން‬ ‫ގާތްވެފައި ތިބި މީހުން‪ ،‬އަދި ޚާއްސަކޮށް ހައިރިސްކް ފަރާތްތައް ދުރާލާ ފާހަގަކޮށް‪ ،‬އެކަށީގެންވާ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމް އެ ޙާލަތުގައި ހަމަޖެއްސުމަކީ ވަރަށް‬ ‫މުހިންމުކަމެއްކަމަށް ކޮމިޝަނުން ދެކޭ ހިނދު‪ ،‬މިކަން މިނިސްޓްރީ އޮފް ހެލްތްގެ ސަމާލުކަމަށް ކޮމިޝަނުން ގެނެސްފައިވެއެވެ‪ .‬އަދި މިކަން ކޮމިޝަނުގެ ފަރާތުން މިނިސްޓްރީ‬ ‫އޮފް ހެލްތުގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށް‪ ،‬މިފަދަ ޙާދިޘާއެއް ތަކުރާރުވެފައިވާތީ މިފަދަ ޙާލަތްތައް ތަކުރާރުވުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށާއި‬ ‫އެހެންކަމުން މިފަދަ ޙާދިޘާތައް ތަކުރާރުވިޔަނުދިނުމަށްޓަކައި އެޅެންހުރި އެންމެހާ ފިޔަވަޅުތައް އަވަހަށް އެޅުއްވުމަށް މިނިސްޓްރީ އޮފް ހެލްތްއަށް ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ‪.‬‬ ‫އަދި މިފަދަ ޙާދިޘާތައް ރާއްޖޭގެ އެކި އަތޮޅުތަކުގައި ހިނގާފައިވާތީ‪ ،‬ބަލިވެ އިނުމާއި ވިހެއުމާގުޅިގެން ފަރުވާދިނުމަށްޓަކައި އަތޮޅުތެރޭގައި ހަމަޖައްސާފައިވާ ނިޒާމުގައި އެވަގުތު‬ ‫ބޭނުންކުރަމުންދިޔަ އުޞޫލުތައް ކޮމިޝަނުން ރިވިއުކޮށްފައިވެއެވެ‪ .‬ވ‬ ‫‪33‬‬ ‫•‬ ‫ކޯ•ވިޑް‪ -19‬ގެ ޙާލަތުގައި ގިނަ ޢަދަދެއްގެ މަސައްކަތްތެރިންގެ ވަޒީފާތައް ގެއްލި ގިނަ ބައެއްގެ ވަޒީފާތަކަށް ބުރޫއަރަމުންދާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވުމާއެކު މިކަން‬ ‫ލޭބަރ ރިލޭޝަން އޮތޯރިޓީ‪ ،‬މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަދި މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ‪.‬މީގެއިތުރުން‪ ،‬އޭރު ވަޒީފާތައް‬ ‫ގެއްލެމުންދިޔަ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް މިފަދަ ފަރާތްތަކާމެދު ދައުލަތުގެ ފަރާތުން ޢަމަލުކުރަމުންދިޔަގޮތް ކޮމިޝަނުން މޮނިޓަރ ކޮށްފައިވެއެވެ‪ .‬ވ‬ ‫•‬ ‫•ފ‪ 2020‬ޖަނަވަރީ ‪ 19‬އިން ‪ 20‬އަށް ކ‪ .‬ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ކޮމިޝަނުގެ ފަރާތުން ކުރި ޒިޔާރަތަށް ފަހު ކޮމިޝަނުން ފާހަގަކުރެވުނު‬ ‫ކަންކަމުގެމައްޗަށް ރިޢާޔަތްކޮށް ‪ 2020‬ޖަނަވަރީ ‪ 23‬ވަނަ ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ‪ ،‬ފެމެލީ އެންޑް ސޯޝަލް ސަރވިސްއަށް ‪ 2‬ހުށަހެޅ��ން ހުށަހަޅާފައިވެއެވެ‪.‬‬ ‫އަދި މި ހުށަހެޅުންތައް ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ފައިސާ ‪ 2021‬ވަނައަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށް އެ މިނިސްޓްރީގެ ފަރާތުން މި ކޮމިޝަނާ މަޢުލޫމާތު‬ ‫ޙިއްސާކޮށްފައިވެއެވެ‪ .‬ވ‬ ‫•މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެދަށުގައި ބަންދުގައިހުރި ފަރާތަކަށް އޭނާގެ ޞިއްޙީ ޙާލަތާ ގުޅިގެން ޑޮކްޓަރު ލިޔެދީފައިވާ ބައެއް ތަކެތި އާސަންދައިގެތެރެއިން‬ ‫ހަމަޖެހޭނެގޮތެއް ނެތުމުން‪ ،‬އޭނާގެ އަމިއްލަ ޚަރަދުގައި ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާތީ‪ ،‬މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ދަންނަވައި އެ‬ ‫ސަރވިސްގެ ޚަރަދުގައި އެފަރާތަށް ބޭނުންވާ އާލާތް ފޯރުކޮށްދެވިފައިވެއެވެ‪ .‬އަދި މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް‬ ‫ކޮމިޝަނުގެ ފަރާތުން ހުށަހެޅުން ހުށަހަޅާފައިވެއެވެ‪.‬‬ ‫•ޑޮކްޓަރުން ބަލިމީހުން ބެލުމަށްފަހު ދޭ ބޭސް ސިޓީ ނުވަތަ ލިޔުމުގައި ބަލިމީހާގެ ޙާލަތު ރަގަޅަށް ބަޔާންކޮށްފައި ނުހުންނަކަން މި ކޮމިޝަނުން ބަލާފައިވާ ބައެއް މައްސަލަތަކުން‬ ‫ފާހަގަކުރެވިފައިވާތީ‪ ،‬ބޭސް ސިޓީތަކުގައި ނުވަތަ ބަލިމީހާ ބެލުމަށްފަހު ދޭ ލިޔުމުގައި ބަލިމީހާގެ ޙާލަތު ރަގަޅަށް ބަޔާންކުރުމާއެކު ޑޮކްޓަރު ބަލިމީހާއަށް ދޭ ހުރިހާ‬ ‫އިރުޝާދެއްވެސް ހިމެނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް އެންގުމަށް ކޮމިޝަނުގެ ފަރާތުން އެ ސަރވިސްއަށް ދެންނެވުމާއެކު‬ ‫މިފަދައިން ޢަމަލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެދަށުން މަސައްކަތްކުރާ ހުރިހާ ޑޮކްޓަރުންނަށް އެންގުމަށް ކޮމިޝަނުގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތަށް‬ ‫ދަންނަވާފައިވެއެވެ‪.‬‬ ‫•މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި މަސައްކަތްކުރާ ޑޮކްޓަރުން އެ ސަރވިސްގެ ބެލުމުގެދަށުގައި ބަންދުގައި ތިބޭ ފަރާތްތައް ޚާއްޞަ ޑޮކްޓަރަށް ދެއްކުމަށް ދޭ‬ ‫ރިފަރަލްއާ އެއްގޮތަށް ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުން ލަސްވަމުންދާކަން ކޮމިޝަނުން ބަލާފައިވާ ބައެއް މައްސަލަތަކުން ފާހަގަކުރެވިފައިވާތީ‪ ،‬ރޫޓިން އަދި އަރޖެން ް‬ ‫ޓ‬ ‫ރިފަރަލްއެއް ދީފިނަމަ އެ ރިފަރަލްއަށް އެންމެ ލަސްވެގެން ބަލިމީހާ ޑޮކްޓަރަށް ދައްކާނެ ވަކި މުއްދަތެއް ހިމެނޭގޮތަށް ޑޮކްޓަރުންގެ ރިފަރަލްތަކާ ގުޅިގެން ޢަމަލުކުރާނެ‬ ‫ވަކި އުޞޫލެއް އެކުލަވާލުމަށް ކޮމިޝަނުގެ ފަރާތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށަހަޅާފައިވެއެވެ‪.‬‬ ‫‪34‬‬

Select target paragraph3