ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1515މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން
2022ވަނަ އަހަރު ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކސްގައި ރާއްޖޭގެ ރޭންކްވަނީ 87އަށް ދަށްވެފައެވެ .މި ރިޕޯޓު ގެ މުއްދަތުގައި
ފާސްކޮށްފައިވާ ޤާނޫނު ނަންބަރު ( 11/2022ހެއްކާބެހޭ ޤަނޫނު) ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް މަގުފަހިވެއެވެ .މިކަމާއި
ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހުރިއްޔާއާއި ހިއްސާކޮށްފައިވާއިރު ،މި ޤާނޫނަށް އަލުން އިސްލާހު ގެންނަން
ރައީސް ނިންމާފައިވެއެވެ .ޖެނުއަރީ 2023ގައި ހެއްކާބެހޭ ޤާނޫނަށް އަމަލުކުރަން ފަށާއިރު ،ޤާނޫނަށް މި އިސްލާހު ގެނެސްފައިނުވާކަން
ފާހަގަކުރަމެވެ.
ނޫސްވެރިން ލިޔާލިޔުންތަކާ ގުޅިގެން ފުރައްސާރަކުރުމާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވެއެވެ .ނޫސްވެރިންނަށް ބިރުދެއްކުމާއި
ނޫސްވެރިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ފާހަގަކުރަމެވެ.
202222222ވަނަ އަހަރު ވޯލްޑް ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖޭގެ ރޭންކް ވަނީ 87އަށް ދަށްވެފައެވެ .މި ރިޕޯޓު ގެ
މުއްދަތުގައި ފާސްކޮށްފައިވާ ޤާނޫނު ނަންބަރު ( 11/2022ހެއްކާބެހޭ ޤަނޫނު) ން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް
މަގުފަހިވެއެވެ .މިކަމާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކޮށްފައިވާއިރު ،މި ޤާނޫނަށް
އަލުން އިޞްލާޙު ގެންނަން ރައީސް ނިންމަވާފައިވެއެވެ .ޖަނަވަރީ 2023ގައި ހެއްކާބެހޭ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު،
ޤާނޫނަށް މި އިޞްލާޙު ގެނެސްފައި ނުވާކަން ފާހަގަކުރަމެވެ.
22223ނޫސްވެރިން ލިޔާލިޔުންތަކާ ގުޅިގެން ފުރައްސާރަކުރުމާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވިފައިވެއެވެ .ނޫސްވެރިންނަށް ބިރުދެއްކުމާއި
ނޫސްވެރިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބެލުމަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުން ނުލިބޭކަން ފާހަގަކުރަމެވެ.
22224މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ދިނުމާ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު
އަސާސީއިންނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުވެފައިވާ ޙައްޤުތަކެވެ .މަޢުލޫމާތު ދިނުމާއި
މަޢުލޫމާތު ހޯދުމުގެ ޙައްޤު ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުތެރޭގައި ކޮށްފައިވެއެވެ.
ނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެކި އެކި
ބަދަލުތައް އައިސްފައިވާއިރު ،ބައެއް ބަދަލުތަކުގެ ސަބަބުން މި ޙައްޤު ހަނި ކުރުމަށް މަގުފަހިވެފައިވެއެވެ.
15.15.1މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިގަތުން
22225ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ރިޕޯޓު ،2022ގެ މުއްދަތުގައި ޤާނޫނު ނަންބަރު ( 1/2014މަޢުލޫމާތު ހޯދައި ލިބިގަތުމުގެ
ޙައްޢުގެ ޤާނޫނުގެ) ދަށުން 202ޝަކުވާ އާއި 39އިލްތިމާސްއާއެކު ،ޖުމުލަ 241މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ
އޮފީސް (އައިކޮމް) އިން ބަލާފައިވެއެވެ.
218
އައިކޮމް އަށް ހުށަހެޅުނު މައްސަލަތަކަކީ އިންފޮމޭޝަން އޮފިސަރު ޖަވާބު ނުދީގެން
ހުށަހަޅާ މައްސަލަތަކާއި މުރާޖަޢާ ކޮމިޓީގެ ނިންމުން ނުލިބިގެން ހުށަހަޅާ މައްސަލަތަކާއި މުރާޖަޢާ ކޮމިޓީގެ ނިންމުމާ މެދު
ހިތްހަމަނުޖެހޭތީ ހުށަހަޅާ މައްސަލަތައްކަން ފާހަގަކުރެވުނެވެ.
219
22226މި މުއްދަތުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެއްވެސް އިދާރާއަކަށް ފިޔަވަޅުއަޅާފައި ނެތްނަމަވެސް
ރަގަޅުކުރަންޖެހޭ 143ކަމެއް އެކި އިދާރާތަކަށް އަންގާފައިވާކަން ލިބުނު މަޢުލޫމާތުން ފާހަގަކުރެވުނެވެ.
220
78
ހިއުމަން ރައިޓްސް ރިޕޯޓް 2022