ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
22221ސައިބަރ ކްރައިމްގެ ތެރޭގައި ފަރުދުންގެ ޒާތީ މަޢުލޫމާތާއި އެމީހުންގެ އަމިއްލަ ޑޭޓާ އެމީހުންގެ ރުހުން ނެތި ނަހަމަގޮތުގައި
އިންޓަނެޓްގެ ޒަރީޢާއިން ބޭނުންކުރުމާއި ހާމަކުރުމުގެ ކުށް ހިމެނެއެވެ .ކަން މިހެން އޮތްއިރުގައި ޤާނޫނު ނަންބަރު 12/2020
(މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގައި ވެސް މުދާ ގަންނަ ފަރާތްތަކާއި
ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޒާތީ މަޢޫލާމާތު ހިމާޔަތް ކުރެވޭނެ ކަމަށް އެއްވެސް މާއްދާއެއްގައި ބަޔާންކޮށްފައިނުވާކަން
ފާހަގަކުރެވިފައިވެއެވެ .މިޤާނޫނުގައި މިހެން ބަޔާންކުރެވިފައި ނެތުމުގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތް ހޯދާ ގިނަ ފަރާތަތަކަށް
ލިބިދޭންޖެހޭ ރައްކާތެރިކަން ނުދެވި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޒިންމާދާރު ކުރެވެންނެތްކަން ފާގަހަކުރެވިފައިވެއެވެ.
1515މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން
ހިއުމަން ރައިޓްސް ރިޕޯޓް 2022
77