ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1414އަމިއްލަ މުދަލާއި ޒާތީ މިނިވަންކަން
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ،ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި،
ގޯތި ގެދޮރާއި ،އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަން ބަޔާންކޮށްފައިވެއެވެ .ފަރުދުންގެ
ޒާތީ މަޢުލޫމާތު ޒަމާނީ އެކި އެކި އުކުޅުތައް ބޭނުންކޮށްގެން ހޯދައި އާންމުކުރުން އިތުރުވަމުން އަންނައިރު އެފަދަ ޢަމަލުތައްކުރާ މީހުން
ޒިންމާދާރު ކުރުމަށްޓަކައި ސައިބަރ ކްރައިމްއާބެހޭ ޤާނޫނެއް އެކުލަވާލަންޖެހެއެވެ.
21217ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ،ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި،
ގޯތި ގެދޮރާއި ،އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަންކަން ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ޤާނޫނުގެ 41ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކަސްޓަމަރެއްގެ ހުއްދައެއް ލިބިގެން
މެނުވީ ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ އެއްވެސް
މަޢުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެން ނުވާނޭކަން ބަޔާންކޮށްފައިވެއެވެ .ހަމައެހެންމެ ،ފަރުދުންގެ ،ޒާތީ
މަޢުލޫމާތު ޒަމާނީ އެކި އެކި އުކުޅުތައް ބޭނުންކޮށް ހާމަކުރާ ފަރާތްތަކަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން ޒިންމާދާރު ކުރަންޖެހޭ
ފަރާތްތަކަށް ސައިބަރ ކުރައިމްއާބެހޭ ޤާނޫނެއްގެ ބޭނުންތެރިކަން ބޮޑެވެ.
21218އަމިއްލަ މުދަލާއި ޢާއިލާގެ ޒާތީ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 24ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން ،ކޮންމެ މީހެއްގެ ޒާތީ އަދި ޢާއިލީ ދިރިއުޅުމާއި ،ގޯތި ގެދޮރާއި ،އަނެކުންނާ ކުރާ ޒާތީ މުވާޞަލާތުތަކަކީ
ޙުރުމަތްތެރިވެގެންވާ ކަންކަމާއި ތަންތަނެވެ .އަދި މި ބުނެވުނު ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ އަނެކުންގެ ޒިންމާއެކެވެ.
21219ދިވެހިރާއްޖޭގެ ބޭންކިންގ އާ ބެހޭ ޤާނޫނުގެ 41ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ކަސްޓަމަރެއްގެ ހުއްދައެއް
ލިބިގެން މެނުވީ ކަސްޓަމަރުންގެ އެކައުންޓުތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި އަދި ސޭފް ޑިޕޮސިޓް ބޮކްސްތަކާބެހޭ
އެއްވެސް މަޢުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކޮށްގެންނުވާނެއެވެ .ބޭންކިން މުއާމަލާތަކީ ކޮންމެ މީހެއްގެވެސް
ޒާތީ މަޢުލޫމާތަކަށްވެފައި އެމަޢުލޫމާތުގެ ނާޒުކުކަމުގެ ސަބަބުން ،އެފަދަ މަޢުލޫމާތެއް ތަޙްޤީޤުކުރުމުގެ ޤާނޫނީ ބާރު ލިބިފައިވާ
އިދާރާއެއްގެ ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ލިޔުމަކުން ހާމަކުރުމަކީ އެމީހެއްގެ ޒާތީ މިނިވަންކަމުގެ ޙައްޤަށް އުނިކަމެއް
އަތުވެދާނެ ކަމެއްކަމަށް ފާހަގަކުރެވެއެވެ .އެހެންކަމުން އެފަދަ މަޢުލޫމާތެއް ކޯޓުގެ އަމުރެއްގެ ދަށުން މެނުވީ ހާމަނުކުރުމަކީ
ޒާތީ ދިރިއުޅުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށް ބޭނުންތެރިކަމެއް ކަމުގައި ފާހަގަކުރެވެއެވެ .މިގޮތަށް ބޭންކިންގ އާ ބެހޭ
ޤާނޫނުގައި ބަޔާންކޮށްފައި އޮތުމުގެ ސަބަބުން ޑޮކްޓްރިން އޮފް ކޮންފިޑެންޝަލިޓީ އާއި ޤާނޫނު އަސާސީގެ 24ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ކަންކަމާ ތަޢާރަޟްވާނެކަން ފާހަގަކުރެވިފައިވެއެވެ.
22220ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ޑޭޓާ ޙިމާޔަތްކުރުމަށާއި ޒާތީ މަޢުލޫމާތު ޙިމާޔަތްކުރުމަށް ޚާއްޞަ ޤާނޫނެއް އެކަށައެޅިފައި
ނުވެއެވެ .ފަރުދުންގެ ޒާތީ މަޢުލޫމާތު ޒަމާނީ އެކި އެކި އުކުޅުތައް ބޭނުންކޮށް ހާމަކުރާ ފަރާތްތަކަށާއި އެފަދަ ޢަމަލުތަކުގެ ސަބަބުން
ޒިންމާދާރު ކުރަންޖެހޭ ފަރާތްތަކަށް ސައިބަރ ކުރައިމްއާބެހޭ ޤާނޫނެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ 2023-2018ސައިބަރ ކްރައިމާބެހޭ ބިލެއް ހިމެނިފައިވީ ނަމަވެސް މިއަދާ ހަމަޔަށް މި
ބިލް މަޖިލީހަށް ހުށައެޅިފައި ނުވާކަން ފާހަގަކުރެވެއެވެ.
76
ހިއުމަން ރައިޓްސް ރިޕޯޓް 2022