‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ފުލުހުންނާއި ހަތިޔާރު އެޅި ސިފައިންނަށް ޔޫނިއަން އުފެއްދުމުގެ ޙައްޤެއް ނުލިބެއެވެ‪ .‬އަދި‪ ،‬ގައުމަށް އެންމެ ބޮޑު ފައިދާ ހޯދާ‬ ‫ޓުއަރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ޢަމަލީގޮތުން ހަޅުތާލުކުރުން މަނާކުރެވިފައިވާއިރު‪ ،‬ހަމައެފަދައިން‪ ،‬ހޮސްޕިޓަލްތަކާއި‬ ‫ޞިއްޙީ މަރުކަޒުތަކާއި‪ ،‬ކަރަންޓް ކުންފުނިތަކާއި‪ ،‬ފެން ފޯރުކޮށްދޭ ފަރާތްތަކާއި‪ ،‬މުވާސަލާތީ ޚިދުމަތްދޭ ފަރާތްތަކާއި‪ ،‬ޖަލު‬ ‫ގާޑުންނާއި‪ ،‬އެއަރ ޓްރެފިކް ކޮންޓްރޯލަރުންނަށްވެސް ހަޅުތާލުކުރުމުގެ ޙައްޤު ލިބިދީފައިނުވާކަން ފާހަގަކުރެވިފައވެއެވެ‪.‬‬ ‫‪216‬‬ ‫‪21214‬ސުލޭމާނިއްޔެ މޯލްޑިވްސް ނަމަކަށް ކިޔާ ޖަމްޢިއްޔާއަކުން ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ހިންގަމުންދާކަމަށްބުނެ މި ކޮމިޝަނަށް‬ ‫ހުށަހެޅި މައްސަލައެއް މި ކޮމިޝަނުން ބަލައި ތަޙްޤީޤުކޮށްފައިވެއެވެ‪ .‬މި މައްސަލައާ ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއި‬ ‫ކޮމިޝަނާއެކު ބައްދަލުވުމެއް ބާއްވާފައިވެއެވެ‪ .‬އަދި ކޮމިޝަނުން މި މައްސަލަ ބަލަމުންދަނިކޮށް ސުލޭމާނިއްޔެ މޯލްޑިވްސް އިން‬ ‫އެ ޖަމްޢިއްޔާ އުވާލުމަށް މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްއަށް ހުށަހަޅައިފައިވެއެވެ‪.‬‬ ‫‪21215‬މި ރިޕޯޓުގެ މުއްދަތުގައި އެއްވެ އުޅުމުގެ މިނިވަންކަމާގުޅޭ ‪ 6‬މައްސަލަ ކޮމިޝަނުން ތަޙްޤީޤު ކުރުމަށް ނިންމާފައިވެއެވެ‪ .‬މި‬ ‫‪ 6‬މައްސަލައިގެ ތެރެއިން ‪ 2‬މައްސަލައެއް ކޮމިޝަނުން އިސްނަގައިގެން ތަޙްޤީޤުކުރުމަށް ނިންމާފައިވެއެވެ‪ .‬މި މައްސަލަތަކުގެ‬ ‫ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅުންހުރި ‪ 1‬މައްސަލައާއި‪ ،‬ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ގުޅުންހުރި ‪ 5‬މައްސަލަ‬ ‫ހިމެނެއެވެ‪ .‬މި މައްސަލަތަކުގެ ތެރެއިން ‪ 5‬މައްސަލައިގެ ތަޙްޤީޤު ދަނީ ކުރަމުންނެވެ‪ .‬އެއްވެއުޅުމުގެ މިނިވަންކަމާގުޅޭގޮތުން‬ ‫ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކަށް ރިޢާޔަތްކުރާއިރު‪ ،‬އެއްވުން ރޫޅާލުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލު ކުރާއިރު‬ ‫ޙާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ‪ .‬މި މައްސަލަތަކުގެ ތަޙްޤީޤުތަކުގައި އެއްވުންތައް ކުރިއަށް‬ ‫ދާއިރު‪ ،‬އެއްވުންތައް ކުރިއަށް ދާގޮތާއި‪ ،‬އަދި އެ އެއްވުމެއް ފުލުހުން ރޫޅާލާއިރު ވީޑިއޯ ރެކޯޑިންގ ހަދާފައި ނުހުންނަކަމާއި‪،‬‬ ‫މުޒާހަރާތަކާއި އެއްވުންތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދާމީހުންނަށް ލިބިފައިވާ އަނިޔާތަކާ ގުޅޭ‬ ‫މަޢުލޫމާތު ލިޔެކިޔުމުން ބަލަހައްޓާފައި ނުވާކަމާއި‪ ،‬މިފަދަ މައްސަލަތަކާ ގުޅިގެން ކޮމިޝަނުގެ ތަޙްޤީޤުތަކަށް ބޭނުންވާ މަޢުލޫމާތު‬ ‫ލިބުމުގައި ދަތިތަކެއް ހުރިކަންވެސް ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪217‬‬ ‫‪21216‬ވީމާ‪ ،‬ޓޭރޭޑް ޔޫނިއަންގެ ގޮތުގައި ޖަމާޢަތްތައް އެކުލަވާލައި މަސައްކައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން‬ ‫އިންޑަސްޓްރިއަލް ރިލޭޝަން އާގުޅޭ ޤާނޫނެއް އެކުލަވައިލުމުގެ މުހިއްމުކަން ފާހަގަކުރަމެވެ‪ .‬އަދި ޤާނޫނު ނަންބަރު ‪3/2022‬‬ ‫(ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ޖަމްޢިއްޔާތަކުގެ ހިންގާ ކޮމިޓީގެ އެންމެ އިސް މަގާމުތަކުގައި ހަމަޖައްސަންވާނީ ދިވެހި‬ ‫ރައްޔިތެއްކަމުގައި ބަޔާންކޮށްފައި އޮތުމުން‪ ،‬ހިޖުރަވެރި މަސައްކަތްތެރިންނަށް ޖަމްޢިއްޔާ ޖަމާޢަތްތައް އެކުލަވާލުމުގެ ފުރުޞަތު‬ ‫ހަނިވެފައިވާކަން ފާހަގަކުރެވިފައިވެއެވެ‪.‬‬ ‫‪1414‬އަމިއްލަ މުދަލާއި ޒާތީ މިނިވަންކަން‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪75‬‬

Select target paragraph3