ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
1313ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން
ޤާނޫނުއަސާސީގެ 30ވަނަ މާއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ،ޖަމްއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ މީހަކަށް
ލިބިގެންވެއެވެ .ހަމަ މިފަދައިން ،ޤާނޫނު ނަންބަރު ( 3/2022ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ޖަމްޢިއްޔާތައް އެކުލަވާލުމުގެ
ފުރުޞަތު ކޮންމެ ފަރާތްތަކަށްވެސް ލިބިދީފައިވެއެވެ .މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ދީނީ ހަރުކަށި ފަރާތްތަކުން މަދަނީ ޖަމިއްޔާތަކަށް
އަމާޒުކޮށް އިންޒާރުދީ ސޯޝަލް މީޑިއާގައި ބައެއް ޖަމުޢިއްޔާ އުވައިލަން ގޮވައިލައި ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެއެވެ .ޤާނޫނު
އަސާސީގައި މަސައްކަތްތެރިންނަށް ޖަމިއްޔާ ޖަމާއަތްތައް އުފެއްދުމުގެ މިނިވަންކަން ކަނޑައަޅާފައި ވީނަމަވެސް ،އެއްވެސް ތަފާތުކުރުމެއްނެތި
ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމަށާއި ،މިފަދަ ޖަމާއަތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ވަކި ގާނޫނެއް އެކުލަވައިލެވިފައި ނުވާކަމާއި،
ޖަމިއްޔާ ޖަމާއަތްތަކަށް ނިސްބަތްވުމާއި ،ހަޅުތާލުކުރުމުގެ ޙައްޤު ބައެއް ސެކްޓާތަކުގެ މުވައްޒަފުންނަށް ހަނިކުރެވިފައިވެއެވެ.
20209ޤާނޫނުއަސާސީގެ 30ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ،ޖަމްޢިއްޔާ ޖަމާޢަތްތައް ހެދުމުގެ މިނިވަންކަން ކޮންމެ
މީހަކަށް ލިބިގެންވެއެވެ .އެގޮތުން ،އިޤްތިޞާދީ ،އިޖްތިމާޢީ ،ތަޢުލީމީ ،ޘަޤާފީ މަޤްޞަދުތަކަށްޓަކައި ،ޖަމްޢިއްޔާ ނުވަތަ ޖަމާޢަތް
އުފައްދައި ،އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުގައި ބައިވެރިވުމުގެ ޙައްޤާއި ،މަސައްކަތްތެރީންގެ ޖަމްޢިއްޔާތައް އުފެއްދުމާއި،
އެފަދަ ޖަމްޢިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ޙައްޤު ލިބިދީފައިވެއެވެ.
213
21210މަދަނީ ޖަމްޢިއްޔާތަކަށް އަމާޒުކޮށް އެކްޓިވިސްޓުންނާއި ދީނީ ހަރުކަށި ފަރާތްތަކުން ދޭ އިންޒާރުތަކާ ގުޅިގެން އެ ފަރާތްތައް
ރައްކާތެރިކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވެއެވެ 2021 .ވަނަ އަހަރުގެ އޮގަސްޓުމަހު ޓްރާންސްޕޭރެންސީ
މޯލްޑިވްސްއާ ދެކޮޅަށް އަމާ��ުކޮށް ސޯޝަލް މީޑިއާ ކެމްޕޭނެއް ހިންގާފައިވެއެވެ .މިފަދަ ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވަނީ،
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އިޢުލާން ކުރުމާ
ގުޅިގެންނެވެ .މިކެމްޕޭނުގައި ސަރުކާރުން މަދަނީ ޖަމްޢިއްޔާތަކާ ގުޅިގެން ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު ސެކިއުލަރ
ކުރަން އުޅޭކަމަށް ތުހުމަތުކޮށް ،ޓްރާންސްޕޭރެންސީ މޯލްޑިވްސް އުވާލަން ގޮވާލައި ކެމްޕޭން ކުރިއަށް ގެންގޮސްފައިވާކަން
ފާހަގަކުރެވިފައިވެއެވެ.
214
21211ޤާނޫނު ނަންބަރު ( 3/2022ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ޖަމްޢިއްޔާތައް އެކުލަވާލުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށް
ލިބިދީފައި ވީނަމަވެސް ،ޖަމްޢިއްޔާތައް ހިންގާ ކޮމިޓީގެ އެންމެ އިސް ދެ މަޤާމުގައި އަދި ފައިސާއާބެހޭ ކަންކަމުގައި އެންމެ އިސް
ފަރާތަކަށް ހަމަޖައްސަންވާނީ ދިވެހި ރައްޔިތެއްކަމުގައި ބަޔާންކޮށްފައި އޮތުމުން ،ބިދޭސީ ފަރާތްތަކަށް ޖަމްޢިއްޔާތައް އެކުލަވާލުމުގެ
ފުރުސަތު އޮތްނަމަވެސް އެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ލިބުމުގައި ހުރަސްތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވެއެވެ.
21212ޤާނޫނު އަސާސީގައި މަސައްކަތްތެރިންނަށް ޖަމްޢިއްޔާ ޖަމާޢަތްތައް އުފެއްދުމުގެ މިނިވަންކަން ކަނޑައަޅާފައި ވީނަމަވެސް،
އެއްވެސް ތަފާތުކުރުމެއްނެތި ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމަށާއި ،މިފަދަ ޖަމާޢަތްތަކުގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ވަކި
ގާނޫނެއް އަދިވެސް އެކުލަވާލެވިފައި ނުވެއެވެ .ނަތީޖާއެއްގެ ގޮތުން ޝަރުޢީ މަރުޙަލާތަކުގައި ޓްރޭޑް ޔޫނިއަންތައް ރަސްމީ
ސިފައެއްގައި ބަލައިގަތުމަށް ދެކޮޅުހަދާކަން ފާހަގަކުރެވިފައިވެއެވެ.
215
21213ޖަމްޢިއްޔާ ޖަމާޢަތްތަކަށް ނިސްބަތްވުމާއި ،ހަޅުތާލުކުރުމުގެ ޙައްޤު ބައެއް ސެކްޓަރތަކުގެ މުވައްޒަފުންނަށް ހަނިކުރެވިފައިވެއެވެ.
74
ހިއުމަން ރައިޓްސް ރިޕޯޓް 2022