ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
20200ހިއުމަން ޓްރެފިކިންގ މައްސަލަތައް ތަޙްޤީޤުކުރުމުގައި ޝާމިލްވާ ޕޮލިސް އޮފިސަރުންގެ ޢަދަދު މަދުވުމުގެ ސަބަބުން ތަޙްޤީޤު
މަރުހަލާ ދިގުލައިގެންގޮސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާއިރު ހެކިން ޤައުމުން ފުރައިގެން ދިޔުން
ނުވަތަ ވިސްނުން ބަދަލުވުން ހިމެނޭކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ .ހަމައެހެންމެ ،ވިޓްނަސް
ޕްރޮޓެކްޝަން ފްރޭމްވާރކް ނެތުމަކީ ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ގޮތުގައި ދެނެގަތުމަށް ބޭނުންވާން
ފަސްޖެހޭ ސަބަބެއްކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފާހަގަކޮށްފައިވެއެވެ .މީގެ އިތުރުން ވެސް ޝަރީޢަތް
ލަސްވުމުގެ ސަބަބުން ގިނަ ހެކިންގެ އެއްބާރުލުން ނުލިބުމާއި މިދާއިރާއިން ޚާއްޞަ ތަމްރީން ލިބިފައިވާ ޕްރޮސެކިއުޓަރުން
މަދުކަން ވަނީ ފާހަގަކޮށްފައެވެ.
11.11.11ޓްރެފިކްކުރެވޭ މީހުންކަމުގައި ބެލެވޭ މީހުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް
20201މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުގައި އެންޓި ޓްރެފިކިންގ އިން ޕަރސަންސް އޮފީސް ޤާއިމުކޮށް ދައުލަތުގެ ބަޖެޓުން
އޮފީސް ހިންގުމުގެ ޚަރަދާއި އެކްޝަން ޕްލޭން ތަންފީޛުކުރުމުގެ މަސައްކަތްކުރަމުންދެއެވެ.
208
ޝެލްޓަރގެ ޚިދުމަތްތައް (ގެސްޓް ހައުސްތަކުގައި) ފޯރުކޮށްދީ
209
މިނިސްޓްރީ އޮފް ޑިފެންސުން
އަދި ޝެލްޓަރ ސަރވިސް ރެގިއުލޭޝަން ރިވައިސް ކުރުމަށް
މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
20202ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީން ވަނީ ވިކްޓިމް ސަޕޯޓް އަދި ޝެލްޓަރ ގައިޑްލައިނެއް
އެކުލަވާލާފައެވެ.
210
އެންޓި ޓްރެފިކިންގ އޮފީހުގެ ފަރާތުން ޝެލްޓަރގެ ޚިދުމަތްތަކުގެ އިތުރުން ޞިއްޙީ ފަރުވާއާއި ހެލްތް
އެޑިޔުކޭޝަން ،ކައުންސިލިންގ އަދި ތަރުޖަމާނުންގެ ޚިދުމަތްތައް ޓްރެފިކްކުރެވޭ މީހުންނަށް ދަނީ ފޯރުކޮށްދެމުންނެވެ .މިގޮތުން
މިރިޕޯޓުގެ މުއްދަތުގެ ނިޔަލަށް ޓްރެފިކްވެފައިވާ ،ތައިލެންޑްގެ 5އަންހެނުންނަށް ބޯހިޔާވަހިކަމުގެ ޚިދުމަތް އެންޓި ޓްރެފިކިންގ
އޮފީހުން ފޯރުކޮށްދީފައިވެއެވެ .މި 5އަންހެނުންނަކީ ވެސް މަޖުބޫރުކުރުވައިގެން ހަށިވިއްކުމުގެ ޝިކާރައަކަށްވެފައިވާ
އަންހެނުންނެވެ.
20203ޓްރެފިކް ކުރެވޭ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ޢަމަލުކުރާނެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރތައް ނެތުމަކީ
ގޮންޖެހުމެއްކަމަށް އެންޓި ޓްރެފިކިންގ އިން ޕާރސަން އޮފީހުން ފާހަގަކޮށްފައިވެއެވެ .އެހެންނަމަވެސް އެ ފަރާތުން މިނިސްޓްރީ އޮފް
ހެލްތާއެކު ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖަރއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
20204ޓްރެފިކްކުރެވޭ މީހުންކަމަށް ބެލެވޭ މީހުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލަރުންނާއި ސައިކޮލޮޖިސްޓުންގެ
ޚިދުމަތްތައް ފަސޭހައިން ލިބެން ނެތުމަކީވެސް އެންޓި ޓްރެފިކިންގ އިން ޕާރސަންސް އޮފީހަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ.
ސަބަބަކީ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާ އަދި ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެހީތެރިކަން
ފޯރުކޮށްދިނުމުގައި މި ދާއިރާއަށް އަހުލުވެރިވެފައިވާ ،ތަޖުރިބާއާއި ހުނަރުހުރި މީހުން މަދުވުމެވެ .ހަމައެހެންމެ ،ފާއިތުވި
ދުވަސްތަކުގެ ތެރޭގައި ހިއުމަން ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ ޢަދަދު މަތިވެފައިވާއިރު އެފަރާތްތަކުން
ބޭނުންވަނީ އަންހެން ތަރުޖަމާނުންނާ މުޢާމަލާތްކުރަން ކަމުގައިވާތީ މިއީ އެންޓި ޓްރެފިކިންގ އިން ޕާރސަންސް އޮފީހަށް
ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ .އެހެންކަމުން މިކަން ހައްލުކުރުމަށް ތަރުޖަމާނުންނާއި ޖެންޑަރ ސެންސިޓިވިޓީ ކޮމްޕޯނެންޓެއް
ހިމެނޭގޮތަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ޕްލޭންކުރެވިފައިވާ ކަމުގެ މަޢުލޫމާތު އެންޓި ޓްރެފިކިންގ އިން
ޕާރސަންސް އޮފީހުން ހިއްސާކޮށްފައިވެއެވެ .ހަމައެހެންމެ އާންމު ގޮތެއްގައި ޓްރެފިކްކުރެވޭ ކަމުގައި ބެލެވޭ މީހުންނަށް ޤާނޫނީ
އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް އެންޓި ޓްރެފިކިންގ އިން ޕާރސަންސް އޮފީހުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
202120205ވަނަ އަހަރުގެ އިންސާނީ ޙައްޤުތަކާބެހޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މިއަހަރުގެ ރިޕޯޓުގައި ޖުމްލަ ގޮތެއްގައި
ހިއުމަން ރައިޓްސް ރިޕޯޓް 2022
71