‫ތަޢާރަފު‬ ‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ‪ 190‬ވަނަ މާއްދާއާއި‪ ،‬ޤާނޫނު ނަންބަރު‬ ‫‪( 6/2006‬ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން‪ ،‬ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ ‪ 5‬މެންބަރުންގެ‬ ‫މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ‪ .‬ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނުގެ މަޤްޞަދަކީ އިސްލާމީ ޝަރީޢަތާއި‪ ،‬ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ‬ ‫ޤާނޫނުއަސާސީއާއި‪ ،‬ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން ދިވެހިރާއްޖެއިން ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާ‬ ‫ގޮތުގެމަތިން‪ ،‬ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި‪ ،‬އެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމާއި‪ ،‬އިންސާނީ‬ ‫ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާޢަތްތަކަށް އެހީތެރިވެ‪ ،‬ހިތްވަރުދިނުމެވެ‪ .‬ހިއުމަން ރައިޓްސް ކޮމިޝަނަކީ‪،‬‬ ‫އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވާ ދެމެހެއްޓުމަށް މަސައްކަތްކުރާ ސަރަޙައްދީ ޖަމްޢިއްޔާއެއް‬ ‫ކަމުގައިވާ‪ ،‬އޭޝިއާ ޕެސިފިކް ފޯރަމް (އޭ‪.‬ޕީ‪.‬އެފް) ގެ މެންބަރެކެވެ‪ .‬އަދި ހިއުމަން ރައިޓްސް ކޮމިޝަނަކީ‪ ،‬އ‪.‬ދ‪ .‬ގެ އިންސާނީ ޙައްޤުތައް‬ ‫ކުރިއެރުވުމަށް ޖެނީވާގައި ޤާއިމުވެފައިވާ މެކޭނިޒަމްގެ ތެރޭގައިވާ ގްލޯބަލް އެލަޔަންސް އޮފް ނެޝަނަލް ހިޔުމަން ރައިޓްސް އިންސްޓިޓިއުޝަންސް‬ ‫(ޖީ‪.‬އޭ‪.‬އެން‪.‬އެޗް‪.‬އާރް‪.‬އައި)ގައި ހިމެނި‪ ''B'' ،‬ސްޓޭޓަސް ލިބިފައިވާ މުއައްސަސާއެކެވެ‪.‬‬ ‫އަނިޔާކުރުން މަނާކުރުމާއި ހުއްޓުވުމާއި‪ ،‬ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި‪ ،‬އިންސާނީ ކަރާމާތް ގެއްލޭފަދަ‬ ‫އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ ދަށުން އެކުލަވާލާފައިވާ އިޚްތިޔާރީ މުޢާހަދާ‪ ،‬އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ‬ ‫ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވެފައިވާ ދައުލަތްތަކުން އެ ދައުލަތެއްގެ ބާރު ހިނގާ ސަރަޙައްދުގައި އަނިޔާވެރި‪،‬‬ ‫ލާއިންސާނީ ނުވަތަ ދަށު ދަރަޖައިގެ ޢަމަލުތައް ހުއްޓުވުމަށް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން‪.‬ޕީ‪.‬އެމް)އެއް ޤާއިމުކުރުމަށް ލާޒިމުކުރެއެވެ‪.‬‬ ‫‪ 14‬ސެޕްޓެންބަރު ‪ 2005‬ގައި އޮޕްކެޓްގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ގުޅިގެން‪ ،‬ދިވެހިރާއްޖޭގެ އެން‪.‬ޕީ‪.‬އެމް‪.‬އަކީ ހިއުމަން ރައިޓްސް ކޮމިޝަން‬ ‫ކަމުގައި ޑިސެންބަރު ‪ 2007‬ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ހަމަޖައްސަވާފައެވެ‪ .‬މީގެއިތުރުން‪ 2013 ،‬ވަނަ އަހަރު‪ ،‬ޤާނޫނު ނަންބަރު‬ ‫‪( 13/2013‬އެންޓި ޓޯޗަރ ޤާނޫނު)ގެ ‪ 44‬ވަނަ މާއްދާގެ (ނ) ގެދަށުން‪ ،‬ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއަކީ ހިއުމަން ރައިޓްސް‬ ‫ކޮމިޝަން ކަމުގައި ކަނޑައަޅާފައިވެއެވެ‪.‬‬ ‫ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނަށް ގެނެވުނު ‪ 2‬ވަނަ އިޞްލާޙުގެ ‪ 20‬ވަނަ މާއްދާގެ (ތ)ގައި‪ ،‬އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް‬ ‫ހިތާ މިންވަރު ބަލައި މޮނިޓަރކޮށް‪ ،‬އެ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރ��ޕޯޓެއް އެކުލަވާލައި ޝާއިޢުކުރުމަކީ ހިޔުމަން ރައިޓްސް‬ ‫ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަން ބަޔާންކޮށްފައިވެއެވެ‪.‬‬ ‫މި ރިޕޯޓަކީ ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ ‪ 20‬ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އެކުލަވާލާ ދިވެހިރާއްޖޭގެ‬ ‫އިންސާނީ ޙައްޤުތަކުގެ ހާލަތު ބަޔާންކުރާ ރިޕޯޓެކެވެ‪ .‬މި ރިޕޯޓުގައި ހިމަނާފައިވާނީ ‪ 1‬އޮކްޓޫބަރު ‪ 2021‬އިން ‪ 31‬އޮގަސްޓު ‪ 2022‬ގެ ނިޔަލަށް‬ ‫ފާހަގަކުރެވުނު ކަންކަމެވެ‪.‬‬

Select target paragraph3