ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
18186ވަޒީފާދޭ ފަރާތުން މުސާރަ ނުދިނުމުގެ މައްސަލަތައް ބަންގްލަދޭޝް މަސައްކަތްތެރިންނަށް ތަކުރާރުކޮށް ކުރިމަތިވާކަން
ފާހަގަކުރެވެއެވެ.
182
މިގޮތުން ބައެއް ބަންގްލަދޭޝް މަސައްކަތްތެރިންނަށް މުސާރަ ނުދީ ދިގު މުއްދަތަކަށް މަސައްކަތްކުރުވުމަށްފަހު
ކުޑަ މުސާރައެއް ދީފައިވާކަން ފާހަގަކުރެވެއެވެ.
183
ވަޒީފާދޭ ފަރާތުން އެއްބަސްވެފައިވާ މުސާރަ ނުލިބުމުން ބަންގްލަދޭޝް
މަސައްކަތްތެރިން އެމީހުން ކޮމިޝަންގެ ގޮތުގައި ދެއްކި ފައިސާ ހޯދުމަށްޓަކައި ކޮންމެ މަސައްކަތެއް ކުރަންވެސް ތިބެނީ
މަޖުބޫރުވެފައި ކަން ފާހަގަކުރެވެއެވެ.
184
މިކަމުގެ ސަބަބުން ބައެއް ބަންގްލަދޭޝް މަސައްކަތްތެރިން މިހާރު މަސައްކަތްކުރަމުން
ދަނީ އަމިއްލައަށް ވަޒީފާ ހޯދައިގެން ނުވަތަ އެމީހުން ދިވެހިރާއްޖެއަށް އަދާކުރުމަށް އައި ވަޒީފާގައި ނޫންކަން ފާހަގަކުރެވެއެވެ.
185
މިކަމުގެ ސަބަބުން ބައެއް ބަންގްލަދޭޝް މަސައްކަތްތެރިންނަށް ރަސްމީ ލިޔެކިޔުމެއްނެތި މަސައްކަތްކުރުމަށް މަޖުބޫރުވެފައިވެއެވެ.
11.11.3ރަސްމީ ލިޔެކިޔުން
18187ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓް ރައްކާތެރިކުރުމުގެ ނިޔަތުގައި ވަޒީފާދޭ ފަރާތްތަކުން ބަލަހައްޓަމުންދާއިރު ބައެއް ބިދޭސީ
މަސައްކަތްތެރިންގެ ޕާސްޕޯޓް ވަޒީފާދިން އޭޖަންސީއިން އެމީހުންގެ ރުހުމަކާނުލާ އަތުލާކަމަށް ފާހަގަކުރެވެއެވެ.
186
18188އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަނުން ޝާއިޢުކޮށްފައިވާ މައިގްރޭޝަން އިން މޯލްޑިވްސް 2018ގައި
ފާހަގަކޮށްފައިވާ ގޮތުން ބިދޭސީންނަށް ވަޒީފާދޭ ބައެއް ފަރާތްތަކުން މަސައްކަތްކުރުމަށް ބޭނުންވާ ޢަދަދަށްވުރެ ގިނައިން ބިދޭސީ
މަސައްކަތްތެރިން މި ގައުމަށް ގެނައުމަށް ހޯދާ ހުއްދަ އެހެން ވަޒީފާދޭ ފަރާތްތަކާ ސަބްކޮންޓްރެކްޓްކުރުމުގެ ސަބަބުން ބިދޭސީ
މަސައްކަތްތެރިންގެ ނާޖާއިޒު މަންފާ ހޯދުމުގެ ފުރުޞަތު ބޮޑުވެއެވެ.
187
މިގޮތުން ވަޒީފާދޭ ފަރާތުން ދޭ އުޖޫރައަށްވުރެ ރަނގަޅު
އުޖޫރައެއް ލިބޭނެކަމުގެ އުންމީދުގައި ބައެއް ބިދޭސީ މަސައްކަތްތެރިން ވަޒީފާދޫކޮށްފައި ދާކަން ފާހަގަކުރެވެއެވެ.
188
އަދި މިގޮތަށް
އެހެން ވަޒީފާދޭ ފަރާތެއް ހޯދައިގެންދާއިރު ބިދޭސީ މަސައްކަތްތެރިން އެމީހުންގެ ރަސްމީ ލިޔެކިޔުމުގެ ކަންކަން ހަމަޖެއްސުމަށް
އަމިއްލައަށް ފައިސާ ދައްކާކަން ބައެއް ބިދޭސީ މަސައްކަތްތެރިން ފާހަގަކޮށްފައިވެއެވެ .މިފަދަ ބައެއް ހާލަތުގައިވެސް ރަސްމީ
ލިޔެކިޔުމުގެ ކަންކަން މަދުން ނަމަވެސް ހަމަޖެހިފައިނުވާކަން ފާހަގަކުރެވެއެވެ.
189
18189ދިވެހިރާއްޖޭގައި ޞައްޙަ ލިޔެކިޔުމެއްނެތި 63000ބިދޭސީ މަސައްކަތްތެރިން ތިބިކަމަށް ލަފާކުރެވޭކަމަށް 2019ވަނައަހަރު
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
190
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން 19ސެޕްޓެންބަރު 2019
ގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށާފައިވެއެވެ.
191
ބިދޭސީންގެ ސެލްފް ރެގިއުލަރައިޒޭޝަން ޕްރޮސެސް މިނިސްޓްރީ
އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުއްޓާލާފައިވިޔަސް މިހާރު ބިދޭސީން ރެގިއުލަރައިޒްކުރަމުން ދަނީ އެމްޕްލޯޔަރުންގެ ފަރާތުން
އަންނަ ރިކުއެސްޓްތައް މެދުވެރިކޮށް ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިގޮތުން މިހާތަނަށް ޖުމްލަ 43787މީހުން ރެގިއުލަރައިޒްކުރުމަށް ރެޖިސްޓަރކޮށްފައިވާއިރު މީގެ ތެރެއިން ރެޖިސްޓަރީ
ކޮށްފައި ވަނީ 44%މީހުންނެވެ .އަދި ބިދޭސީން އަމިއްލައަށް އެދިގެން އަނބުރާ ޤައުމަށް ފޮނުވާލާފައިވަނީ 8938
މީހުންނެވެ .ރެގިއުލަރައިޒޭޝަން ޕްރޮގްރާމް (ރަޖިސްޓްރޭޝަން މަރުހަލާ)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ 43،787
ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 3،828ބިދޭސީ މަސައްކަތްތެރިންނަކީ އެއްވެސް އައިޑެންޓިފިކޭޝަން ޑޮކިއުމެންޓެއް
ނެތް ފަރާތްތައް ކަމަށްވާތީ ވަޒީފާދޭނެ ފަރާތެއް މެދުވެރިކޮށް ރެގިއުލަރައިޒޭޝަނަށް އެދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް
ޑިވެލޮޕްމަންޓުން އެމީހުންނަށް އަންގާފައިވެއެވެ.
192
ހިއުމަން ރައިޓްސް ރިޕޯޓް 2022
67