ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ދާއިރާ 2020
މެނުފެކްޗަރިން
9,835
ހޮޓަލާއި ރެސްޓޯރެންޓް
10,568
ހޯލް ސޭލް އެންޑް ރީޓެއިލް ޓްރޭޑް؛ މޮޓޯ ވެހިކަލް ،މޮޓޯ ސައިކަލް &
11,190
އަމިއްލަ ގޭތެރޭގެ ތަކެތި މަރާމާތުކުރުން
ޓުއަރިޒަމް
24,749
ކޮންސްޓްރަކްޝަން
52,369
10,000 20,000 30,000 40,000 50,000 60,000
0
އިންޑަސްޓްރީތަކުގައި އެކްސްޕެޓްރިއޭޓް އެމްޕްލޯއިމަންޓް
175
18184ބިދޭސީން ދިވެހިރާއްޖެއަށް އަންނަނީ އެމީހެއްގެ ގައުމެއްގައި ގާއިމުކޮށްފައިވާ އޭޖަންސީތައް މެދުވެރިކޮށްގެންކަމާއި ޖުމްލަ
ގޮތެއްގައި ވަކި ސިނާއީ ޕްރޮޖެކްޓެއްގެ މަސައްކަތްކުރުމަށް ދިވެހިރާއްޖެއަށް އައިސްފައިވާ ބިދޭސީ މަސައްކަތްތެރިން އެމީހުން
ދިވެހިރާއްޖޭގައި ކުރާނެ މަސައްކަތަކީ ކޮބައިކަން ދުރާލާ ބިދޭސީ މަސައްކަތްތެރިންނާ ހިއްސާކޮށްފައިވެއެވެ.
176
ކަންމިހެން އޮތްއިރު
އިމާރާތް ކުރުމުގެ މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން ޚާއްޞަކޮށް ބަންގްލަދޭޝް މަސައްކަތްތެރިންނަށް ބޮޑު މުސާރައެއް
ލިބޭނެކަމަށް ވައުދުވެ އެމީހުންގެ އަތުން ކޮމިޝަންގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ
ފާހަގަކުރެވިފައިވެއެވެ.
177
އެގައުމުތަކުގެ އޭޖެންޓުން ނަގާކަން
މިގޮތުން އާންމު ގޮތެއްގައި ބަންގްލަދޭޝް އޭޖެންޓުން ފައިސާ ނަގާކަމާއި (200,000–70,000
އިން ފެށިގެން 2ލައްކަ ޓަކާ) މިފައިސާ ބިދޭސީ މަސައްކަތްތެރިން ހޯދަނީ ބިމާ އަދި އަތުގައި ހުންނަ މުދާ ވިއްކައިގެންކަން
ފާހަގަކުރެވިފައިވެއެވެ.
178
އަދި ބައެއް ހާލަތްތަކުގައި ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝް މަސައްކަތްތެރިންވެސް
''އޭޖެންޓުން''ގެ ގޮތުގައި މަސައްކަތްކޮށް ބަންގްލަދޭޝް މަސައްކަތްތެރިންގެ އަތުން ކޮމިޝަންގެ ގޮތުގައި ފައިސާނަގާކަން
ފާހަގަކުރެވިފައިވެއެވެ.
179
ބަންގްލަދޭޝް މަސައްކަތްތެރިންނަށް ވައުދުވެފައިވާ ވަޒީފާއާ ތަފާތު ވަޒީފާއެއް އަދާކުރަންޖެހޭކަން
އެނގެނީ އެމީހުން ދިވެހިރާއްޖެއަށް އައުމުންކަމަށް ފާހަގަކުރެވިފައިވެއެވެ.
180
11.11.2މުސާރަ
18185ދިވެހިންނަށް ސަރުކާރުން ކަނޑައަޅާފައިވާ އެންމެ ކުޑަ އުޖޫރައަށްވުރެ އިމާރާތް ކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ
މުސާރަ ކުޑަކަން ފާހަގަކުރެވެއެވެ.
181
ޤާނޫނު ނަންބަރު ( 22/2020ވަޒީފާއާބެހޭ ޤާނޫނަށް 6ވަނަ އިޞްލާޙު ގެނައުމުގެ
ޤާނޫނު) ގެ ދަށުން ބިދޭސީއެއްނަމަ ،އެންމެ ކުޑަ އުޖޫރަ ފޯރުކޮށްދޭންވާނީ މި ޤާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 02
އަހަރު ދުވަހުގެ ތެރޭގައި ކަމުގައި ކަނޑައެޅުނެވެ .ނަމަވެސް ޤާނޫނު ނަންބަރު ( 15/2022ވަޒީފާއާބެހޭ ޤާނޫނަށް 7ވަނަ
އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ 62ވަނަ މާއްދާއަށް ގެނެވުނު އ��ޞްލާޙުގައި ބިދޭސީންނަށް އެންމެ ކުޑަ އުޖޫރަ ދިނުމަށް
ބަޔާންކުރެވިފައިވާ މުއްދަތު އުނިކޮށް އިޤްތިޞާދީ އަދި ފުދުންތެރިކަމަށް ރިޢާޔަތްކޮށް މިނިސްޓަރު ވަކި ތާރީޚެއް ކަނޑައެޅުމަށް
ބަޔާންކޮށްފައިވެއެވެ .ވީމާ ،ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައެޅުން ލަސްވުމަކީ ބިދޭސީ މަސައްކަތްތެރިން ލައްވާ އެކަށީގެންވާ
މިންވަރަށްވުރެ ކުޑަ އުޖޫރައެއްގައި މަސައްކަތްކުރުވުމަށް ފުރުޞަތު ބޮޑުވެގެންދާނެ ކަމެއްކަމުގައި ދެކެމެވެ .އަދި ވަޒީފާގެ
މާހައުލުގައި ބިދޭސީ މަސައްކަތްތެރީންނާމެދު ކުރެވޭ ތަފާތުކުރުންތައް އިތުރުވެގެންދާނެ ކަމެއްކަމުގައިވެސް ދެކެމެވެ.
66
ހިއުމަން ރައިޓްސް ރިޕޯޓް 2022