‫ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް‬ ‫ގޮތުން ހަރަކާތްތެރިވުމަށް މަގުފަހިކުރުމުގެ ގޮތުން ޑޭކެއަރ ސެންޓަރުތައް އަތްފޯރާފަށުގައި ހިންގުމަށް ދައުލަތުން ކުރިއަށް‬ ‫ގެންގޮސްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއް ނެރެވިފައިނުވާކަން ފާހަގަކުރެވެއެވެ‪ .‬އެހެންކަމުން އަންހެނުން މަސައްކަތުގެ‬ ‫މައިދާނުގައި ދެމިތިބުމަށް ހުރަސްއެޅިގެންދެއެވެ‪.‬‬ ‫‪162‬‬ ‫‪17173‬އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީގައި ހިންގާ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓްގެ‬ ‫ދަށުން ‪ 2021‬ވަނަ އަހަރުން ‪ 2022‬ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ޑޭކެއަރއަށް ތަނެއް ހޯދުމުގެ މަސައްކަތް‬ ‫ކުރެވިފައިވެއެވެ‪.‬‬ ‫‪163‬‬ ‫މިގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވެއެވެ‪.‬‬ ‫‪164‬‬ ‫ގްރޭޓަރ މާލެ‬ ‫ސަރަޙައްދުގައި ޑޭކެއަރގެ ޚިދުމަތް ޤާއިމުކުރުމަށް ތަނެއް ނުލިބުމުގެ ސަބަބުން އެސްޖީއައިއައި ޕްރޮޖެކްޓުން ޑޭކެއަރގެ ޚިދުމަތް‬ ‫ޤާއިމުކުރުމުގެ މަސައްކަތް ވަނީ އުނިކުރެވިފައެވެ‪.‬‬ ‫‪165‬‬ ‫ޑޭކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތުގެ މާހައުލެއްގައި‬ ‫ޑޭކެއަރ ސާވިސް ސްޕޭސްގެ މިނިމަމް ސްޓޭންޑަޑެއް ފާސްކޮށް އަދި މަސައްކަތުގެ މާހައުލުގައި ކުޑަކުދިން ބެލެހެއްޓުމަށް‬ ‫އިރުޝާދުތައް ހިމެނޭގޮތަށް އަތްމަތީ ފޮތެއް ޝާއިޢުކޮށްފައިވެއެވެ‪.‬‬ ‫‪166‬‬ ‫‪ 2022‬ވަނައަހަރުގެ ނޮވެންބަރު މަހުގައި ސްޓެލްކޯއިން‬ ‫ވަނީ އެންމެ ފުރަތަމަ ޑޭކެއަރ ޚިދުމަތްތައް ޤާއިމުކޮށްފައެވެ‪.‬‬ ‫‪167‬‬ ‫‪17174‬ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ‪ 2020‬އަދި ‪ 2021‬ވަނައަހަރު ބަލިވެއިނުމާ ގުޅިފައިވާ ސަބަބަކާ ހުރެ ވަޒީފާއިން‬ ‫ވަކިކޮށްފައިވާކަމަށް ބުނެ މައްސަލައެއް ހުށަހަޅާފައިނުވާކަން ފާހަގަކުރެވެއެވެ‪ .‬އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ އަންހެނުންގެ‬ ‫ނިސްބަތް އިތުރުކުރުމަށް ސަރުކާރުގައި ވަޒީފާއަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ‪ 6‬މަސްދުވަހުގެ މެޓަރނިޓީ‬ ‫ލީވް މުސާރައާއެކު ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ‪.‬‬ ‫‪168‬‬ ‫ސަރުކާރުން މިގެނައި ބަދަލާ ގުޅިގެން އަދި ޤާނޫނު ނަންބަރު‪:‬‬ ‫‪( 2/2008‬ވަޒީފާއާބެހޭ ޤާނޫނު) ގައި މިކަމާ ގުޅޭގޮތުން އިޞްލާޙެއް ހިމަނާފައި ނުވާކަން ފާހަގަކުރަމެވެ‪.‬‬ ‫‪17175‬ޤާނޫނު ނަންބަރު ‪( 8/2009‬ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން‬ ‫ސްކީމްގައި ބައިވެރިވުމަކީ ‪ 16‬އަހަރާއި ‪ 65‬އަހަރާ ދެމެދުގެ މުވައްޒަފުންނަށް ލާޒިމު ކަމެކެވެ‪ .‬އަމިއްލަ މަސައްކަތްތެރިންނާއި‬ ‫މަސްވެރިންނާއި ދަނޑުވެރިންނަށް މި ސް��ީމުގައި ބައިވެރިވުމަކީ އިޚްތިޔާރީ ކަމެކެވެ‪ .‬އަމިއްލަ މަސައްކަތްތެރިންނަށް ޕެންޝަން‬ ‫ސްކީމުގައި ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ފަސޭހައިން އޮންލައިންކޮށް ރަޖިސްޓްރީ‬ ‫ކުރުމާއި ކޮންޓްރިބިއުޝަން އޮޕްޝަންތައް ތަޢާރަފްކުރުން އަދި ވޮލަންޓަރީކޮށް ބައިވެރިވުމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ‬ ‫ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ‪.‬‬ ‫‪17176‬އަމިއްލަ މަސައްކަތްތެރިންގެ ތެރެއިން މަސައްކަތްކުރުމަށް ވަކިތަނެއް ކަނޑައެޅިފައިނުވާ އަދި އެއްވެސް އިޖްތިމާޢީ‬ ‫ރައްކާތެރިކަމެއްނެތި މަސައްކަތްކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން‬ ‫ކުރިއަށް ގެންގޮސްފައިވާ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ ‪ 2019‬ގައި ފާހަގަކޮށްފައިވެއެވެ‪ .‬މިއީ ގިނަ‬ ‫ފަހަރު ޕެންޝަން‪ ،‬މުސާރައާއި އިނާޔަތެއް ލިބޭ ގޮތަށް ޗުއްޓީ ދެވޭނެ ފަދަ ނިޒާމެއް ނެތި މަސައްކަތް ކުރާ މީހުންކަން‬ ‫ފާ ހަ ގަ ކޮ ށް ފަ އި ވެ އެ ވެ‪.‬‬ ‫‪169‬‬ ‫‪17177‬ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ‪ 2019‬ވަނަ އަހަރު ޝާއިޢުކޮށްފައިވާ އެމްޕްލޯއިމަންޓް އިން ޓުއަރިސްޓް‬ ‫ރިސޯޓްސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ޓުއަރިޒަމް އިންޑަސްޓްރީގައި ބައިވެރިވާ އަންހެނުންގެ ނިސްބަތަކީ ‪3%‬‬ ‫އެވެ‪.‬‬ ‫‪170‬‬ ‫އަންހެނުންނަށް ރިސޯޓުތަކުގައި ވަޒީފާއަދާކުރުމުގައި ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ކޮންމެ ދުވަހަކު ރިސޯޓުތަކަށް‬ ‫ވަޒީފާއަދާކުރުމަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުންނާއި ސަގާފީ ގޮތުންނާއި މުޖުތަމަޢުން އަންހެނުންގެ ދައުރު‬ ‫ކަނޑައަޅާފައި އޮންނަ ގޮތްތައް ހިމެނޭކަން ފާހަގަކޮށްފައިވެއެވެ‪.‬‬ ‫‪171‬‬ ‫ހިއުމަން ރައިޓްސް ރިޕޯޓް ‪2022‬‬ ‫‪61‬‬

Select target paragraph3