ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
9 .9ތިމާވެށި ރައްކާތެރިކުރުމުގެ ޙައްޤު
މިވަގުތު ރާއްޖޭގެ 40ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ވަނީ ގާއިމްކޮށްފައިއެވެ .ގަވާއިދު ނަންބަރު ( 109-R/2021ގަވާއިދު
ނަންބަރު 58-R/2013ކުނި މެނޭޖްކުރުމާބެހޭ ގަވައިދަށް 5ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު)އާ ގުޅިގެން 2022ވަނަ އަހަރުގެ ޖޫން
މަހުން ފަށައިގެން ގޭބީސީތަކުން ނެރޭ ކުނި ހަތަރު ބަޔަކަށް ބައިކޮށްގެން ނެރުމަށް ވަނީ އަންގާފައިވެއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށާއި އެ އަސަރުތަކަށް ދިވެހިރާއްޖެ ހޭނުވުމަށް މަސައްކަތް
ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް އެކްޝަން ޕްލޭންގައި މަސްވެރިކަމާއި ،ފަތުރުވެރިކަމުގެ ދާއިރާ ،އިޤްތިސާދު ،ކާބޯތަކެތި އަދި
ސިއްހަތާއި ގުޅޭ ލަނޑުދަނޑިތައް ހިމަނާފައިވާއިރު ،ކްލައިމެޓް އެކްޝަން ޕްލޭން ގައި ޖެންޑަރ-ރެސްޕޮންސިވް އެލިމެންޓްތައް ހިމެނިފައި
ނުވާކަން ފާހަގަކުރަމެވެ.
15159ޤާނޫނު ނަންބަރު ( 4/93ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 6ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ގޮތުން ،ހިންގަމުންދާ ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ނޭދެވޭ އަސަރެއް ފޯރާކަމަށް ފެނިއްޖެ
ހިނދެއްގައި ،އެޕްރޮޖެކްޓެއް ހުއްޓުވުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް ލިބިގެންވާ ކަމުގައި ބަޔާންކޮށްފައިވެއެވެ.
16160ފައިބަރު މަސައްކަތް ކުރުމުގައި ހުންނަންޖެހޭ ޞިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާ ބެހޭ ޤަވާޢިދުގެ ޑްރާފްޓަށް ކޮމިޝަނުން
ހުށަހެޅި ހުށަހެޅުންތަކުގައި މި ޤަވާޢިދުގެ 3ވަނަ މާއްދާގައި މި ޤަވާޢިދުގެ މަޤްޞަދު ބަޔާންކޮށްފައިވާއިރު ،އޭގެތެރޭގައި ތިމާވެށްޓާއި
އެ ތަންތަނުގައިވާ ދިރުންތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ހިމެނިފައިނުވާތީ ،މި ބައި އިތުރުކުރުމަށާއި ،ފައިބަރު
މަސައްކަތުން އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތާލެވޭކަން ކަށަވަރުކުރުން ހިމެނުމަށް ކޮމިޝަނުން ވަނީ ހުށަހަޅާފައެވެ .މި
ޤަވާޢިދު އަދި މިހާތަނަށް ފާސްކޮށް ގެޒެޓްކޮށްފައި ނުވާކަން ވަނީ ފާހަގަކުރެވިފައެވެ.
9.19.1މޫސުމަށް އަންނަ ބަދަލުތައް
16161ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ ގުޅިގެން ޖައްވު ހޫނުވުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނެ އެއްބަޔަކީ
ރާއްޖެ ފަދަ ތިރި ކުދި ޖަޒީރާ ގައުމުތަކެވެ 1978 .ވަނަ އަހަރާއި 2018ވަނައަހަރާ ދެމެދު ރާއްޖޭގެ ހޫނު މިން 0.8
ޑިގްރީ ސެލްސިޔަސްއަށް މަތިވެފައިވާއިރު،
144
މޫސުމީ ބަދަލުތަކާ ގުޅިގެން
2030ވަނައަހަރާއި 2050ވަނައަހަރާ ދެމެދު
1.5ޑިގްރީ ސެލްސިއަސްއަށް ޖައްވު ހޫނު ވެގެންދާނެކަމަށް ލަފާކުރެވިފައިވެއެވެ.
145
މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް
ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމާއެކު ރަށް ގިރުމާއި ،މުރަކަ ފަރުތައް ހަލާކުވުމާއި،
ވާރޭވޭހޭ މިންވަރާއި ދުވަސްވަރަށް ބަދަލުއައުމާއި ،ފެންބޮޑުވުމާއި އުދަ އެރުން ހިމެނެއެވެ .މިފަދަ ހާދިސާތަކަކީ އޭގެ ސަބަބުން
ވަކިވަކި މީހުންގެ ދިރިއުޅުމަށާއި ރާއްޖޭގެ އިޤްތިޞާދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ހާދިސާތަކެވެ .��އެހެންކަމުން ،މޫސުމަށް
އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތް ކުރުމަކީ މުހިއްމުކަމެކެވެ.
އެގޮތުން ،ގައުމީ ސިޔާސަތުތަކާއި ސްޓްރެޓެޖީތަކާއި ޕްލޭންތައް އެކުލަވާލުމުގައި މޫސުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް
އެފަދަ ޕްލޭންތަކުގެ ހުރިހާ ހަރުފަތެއް ،މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހުރަސްތައް ކުޑަކުރެވޭނެ ފަދަ ގޮތަކަށް ބައްޓަންކުރުމަކީ
މުހިއްމު ކަމެއްކަމުގައި ފާހަގަކުރަމެވެ.
16162މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި އެ އަސަރުތަކަށް ދިވެހިރާއްޖެ ހޭނުވުމަށް
ހިއުމަން ރައިޓްސް ރިޕޯޓް 2022
57