ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
5 .5އުނގެނުމުގެ ޙައްޤު
ތައުލީމީ ދާއިރާއަށް ދައުލަތުން ބޮޑު ބަޖެޓެއް ކަނޑައަޅައި ފާއިތުވި 10އަހަރު ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް
ކޮށްފައިވާކަމާއި ސަރުކާރުން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ އާއި ފެސިލިޓީސް ރަނގަޅުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް
ކޮށްފައިވާކަން ފާހަގަކުރެވެއެވެ .ފަންނީ އަދި މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިވާ ކުދިންގެ ނިސްބަތް މަދުކަން
ފާހަގަކުރެވެއެވެ .އެހެންކަމުން ،ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދޭ ތަޢުލީމީ ނިޒާމު ތަރައްޤީކުރުމަށް އަޅާ ފިޔަވަޅުތައް އިތުރަށް
ހަރުދަނާ ކުރަންޖެހިފައިވާކަން ފާހަގަކުރެވެއެވެ .ކުދިންނަށް ކުރިމަތިވާ ގަނާކުރުމުގެ މައްސަލަތަކާއި އަނިޔާގެ މައްސަލަތަކާއި ނަފްސާނީ
އަދި އެހެނިހެން މައްސަލަތަކުގައި އެހީތެރިވުމުގެ ދައުރު އަދާކުރުމަށް ކައުންސެލަރުންގެ ދައުރަކީ މުޙިންމު ދައުރެއްކަމަށްވާއިރު ގިނަ
ސްކޫލްތަކުން ކައުންސެލިންގެ ހިދުމަތްތައް ލިބެން ނުހުންނަކަން ފާހަގަކުރެވެއެވެ.
އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ވަކިން ހާއްސަކޮށް އަތޮޅުތެރޭގެ ސްކޫލުތަކަށް ކުރިމަތިވާ
ގޮންޖެހުންތަކުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ވަސީލަތްތައް ނެތުމުގެ މައްސަލަ ފާހަގަކުރެވެއެވެ .ހުރިހާ ކުދިން ޝާމިލްކޮށްގެން
ތަޢުލީމު ފޯރުކޮށްދިނުމުގައި ޓީޗަރުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭ ސަބަބުތަކުގެ ތެރޭގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ
ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ހުނަރު ބިނާކުރުމަށް އެކަށީގެންވާ ތަމްރީން ލިބިފައިނެތުމާއި ،ޕެރާ-ޓީޗަރުން ނެތުމާއި އެސިސްޓިވް
ޓެކްނޮލޮޖީގެ ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައިނެތުން ހިމެނެއެވެ .ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަތީ ތަޢުލީމު
ފުރުޞަތުތައް ތަނަވަސްކުރުމުގެ ގޮތުން ވަކިން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.
9090ޤާނޫނު އަސާސީގެ 36ވަނަ މާއްދާގެ ދަށުން އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ކޮންމެ މީހަކަށް
ލިބިގެންވެއެވެ .ހަމަ އެހެންމެ ،ޤާނޫނީ އޮނިގަނޑުގެ ތެރެއިން ވެސް ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކަށްމެ އެއްވެސް
ތަފާތުކުރުމ��އް ނެތި ،އުނގެނުމުގެ ޙައްޤު ކަށަވަރުވެފައިވާއިރު ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމާއި ތަރުބިއްޔަތާބެހޭ
ކަންކަން އުނގަންނައި ދިނުމަކީ އެކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.
9191ދިވެހިރާއްޖޭގައި ދިރިއުޅޭ ،ޢުމުރުން 4އަހަރުން ފެށިގެން 16އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ ،މަޖުބޫރު ތަޢުލީމު ލާޒިމުވާނެ
ކުއްޖެއްކަމަށް ޤާނޫނު ނަންބަރު ( 24/2020ތަޢުލީމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވެއެވެ .ޖުމްލަ 273ސްކޫލެއްގައި (މާލޭގެ
38އަދި އަތޮޅުތެރޭގެ )235
ގެންދެއެވެ.
71
ޖުމްލަ 94192ދަރިވަރުން (މާލޭގައި 36341އަދި އަތޮޅުތެރޭގައި )57851ކިޔަވަމުން
މީގެ ތެރޭގައި ހިމެނެނީ 48171ފިރިހެން ދަރިވަރުންނާއި 46021އަންހެން ދަރިވަރުންނެވެ.
72
9292ސްކޫލްތަކުގައި ކިޔަވައި ދެމުންދާ 91%ޓީޗަރުންނަކީ ތަމްރީންލިބިފައިވާ ޓީޗަރުންކަން ފާހަގަކުރެވެއެވެ .އަދި ތަމްރީން
ލިބިފައިވާ ޓީޗަރުންނާއި ދަރިވަރުންގެ ރޭޝިއޯއަށް ބަލާއިރު މާލޭގައި ކޮންމެ 20ދަރިވަރަކަށް ތަމްރީން ލިބިފައިވާ ޓީޗަރެއް
ހުންނައިރު އަތޮޅުތެރޭގައި ކޮންމެ 60ދަރިވަރަކަށް ތަމްރީން ލިބިފައިވާ 7ޓީޗަރުން ތިބެއެވެ.
73
9393ތައުލީމީ ދާއިރާއަށް ދައުލަތުން ބޮޑު ބަޖެޓެއް ކަނޑައަޅައި ފާއިތުވި 10އަހަރު ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑެތި ހޭދަތަކެއް
ކޮށްފައިވާކަމާއި ސަރުކާރުން ސްކޫލްތަކުގެ އިންފްރާސްޓްރަކްޗާ އާއި ފެސިލިޓީސް ރަނގަޅުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް
ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
74
އެހެންނަމަވެސް އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތަކާ ގުޅިގެން
ކުރިމަތިވާ ދަތިތަކުގެ ތެރޭގައި އެކަށީގެންވާ ލައިބްރަރީ ،ސޭފް އޯޕަން ޕްލޭ އޭރިއާ ،ކެމިކަލްސް ރައްކާކުރުންފަދަ ކަންކަމުގައި
ދަތިތައް ކުރިމަތިވާކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން 2019ވަނަ އަހަރު ތައްޔާރުކޮށްފައިވާ އެޑިޔުކޭޝަން ސެކްޓަރ
ހިއުމަން ރައިޓްސް ރިޕޯޓް 2022
37