ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ވަރަށް ބޮޑަށް ބާކީކުރެވިފައިވާކަން ފާހަގަކުރެވެއެވެ .އެގޮތުން ،ނުކުޅެދުންތެރިކަން ހުންނަ އަންހެނުން އިޤްތިޞާދީ ގޮތުން
ބާރުވެރިކުރުމަށް ސްޓްރެޓެޖީތަކެއް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގައި ހިމަނާފައިވީ ނަމަވެސް ،އިޤްތިޞާދީ ގޮތުން
އަންހެނުން ބާރުވެރިކުރުމަށް ހިންގާ ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުން ބައިވެރިކުރުމަށް އެކަށީގެންވާވަރަށް
މަސައްކަތްކޮށްފައި ނެތްކަން ފާހަގަކުރެވުނެވެ .ކުޅިވަރު އަދި އެހެނިހެން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ނުކުޅެދުންތެރިކަން
ހުންނަ އަންހެނުންނަށް ކޯޓާއެއް ކަނޑައަޅާފައި ނުވާތީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްޞަކޮށްފައިވާ ފުރުޞަތުތައް
ގިނައިން ނުކުޅެދުންތެރިކަން ހުންނަ ފިރިހެނުންނަށް ލިބިގެންދާކަން ފާހަގަކުރެވުނެވެ .ވަޒީފާ އަދާކުރާ ނުކުޅެދުންތެރިކަން ހުންނަ
މީހުންގެ ޢަދަދު ނިސްބަތުން ވަރަށް ދަށްކަން ( )25%ފާހަގަކުރެވުނެވެ .ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ދިރިއުޅުން
ބިނާވެފައިވަނީ ބެލެނިވެރިއެއްގެ މައްޗަށް ބަރޯސާވެގެންކަމަށް ވުމުން ،މިނިވަންކަންމަތީ ދިރިއުޅުމަށް ދަތިތަކެއް ހުރިކަމާއި،
މިގޮތަށް ދިރިއުޅުން ބައްޓަން ކޮށްފައިވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޢާއިލާ މީހުންނާއި ބެލެނިވެރިން އެފަރާތްތަކުގެ
ރައްކާތެރިކަމަށް ވިސްނާފައިކަން ފާހަގަކުރެވުނެވެ.
4.44.4އަންހެނުންނަށް ކުރާ އަނިޔާ
6565ވޭތުވެދިޔަ 2އަހަރު ތެރޭގައި ދައުލަތުގެ މުއައްސަސާތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ކަންބޮޑުވާ މިންވަރަށް
އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތައް ގިނަކަން ފާހަގަކުރަމެވެ.
20216666ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ ،ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް އަންހެނުންނަށް އަނިޔާކޮށްގެން
428މައްސަލަ ހުށަހަޅާފައިވާއިރު 2022 ،ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް 336މައްސަލަ ހުށަހަޅާފައިވެއެވެ.
މިއީ މި ދެ އަހަރު ތެރޭގައި މިނިސްޓްރީއަށް ހުށަހެޅުނު އަނިޔާގެ މައްސަލަތަކުގެ 88%އެވެ.
41
އަންހެނަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ -ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ މައްސަލަތައް
89%
87%
13%
11%
2021
2022
ފިރިހެނުން
އަންހެނުން
6767ގެވެށި އަނިޔާކޮށްގެން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އަށް 2021ވަނަ އަހަރުން ފެށިގެން 2022ވަނައަހަރުގެ
އޮގަސްޓު މަހާ ހަމައަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 77އިންސައްތަ މައްސަލައަކީ އަންހެނުންނަށް ގެވެށި
އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ.
42
އަދި މީގެތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ
އަދި ބިރު ދެއްކުމުގެ މައްސަލަތައް ކަން ފާހަގަކުރެވިފައިވެއެވެ.
43
މީގެތެރެއިން އެންމެ ގިނައިން ގެވެށި އަނިޔާގެ ޢަމަލު
ހިންގާފައިވަނީ ކައިވެނި ކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހުންކަން ފާހަގަކުރެވިފައިވެއެވެ.
44
30
ހިއުމަން ރައިޓްސް ރިޕޯޓް 2022